Roadha Mihaaru
ވެންޓިލޭޓަރުގެ އެންމެ ކުޑަ އަގު ހުށަހެޅީ އެސްޓީއޯ

ވެންޓިލޭޓަރު ގެންނަން އެންމެ ކުޑަ އަގާ އެކު ތިން ގޮތެއް ހުށަހެޅިން: އެސްޓީއޯ

11 މެއި 2020

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް 145 ވެންޓިލޭޓަރު ގެންނަން ސަރުކާރުން ހުޅުވާލުމުން އެންމެ ހެޔޮ އަގު ހުށަހާފައިވާނީ މެޑްޓެކް ކަމަށް ބުނަމުން ދިޔަ ނަމަވެސް އެސްޓީއޯއިން އެކަން މިރޭ ދޮގުކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް 145 ވެންޓިލޭޓަރު ގެންނަން ސަރުކާރުން ހުޅުވާލުމުން އެންމެ ހެޔޮ އަގު ހުށަހާފައިވާނީ މެޑްޓެކް ކަމަށް ބުނަމުން ދިޔަ ނަމަވެސް އެސްޓީއޯއިން އެކަން މިރޭ ދޮގުކޮށްފި އެވެ.

އެސްޓީއޯ އަށް އެ ޕްރޮޖެކްޓް ނުދީ ދިވެހި އަމިއްލަ ދެ ކުންފުންޏަކާއި ދުބާއީ ކުންފުންޏަކަށް ދިން މައްސަލަ ވަނީ ބޮޑުވެފަ އެވެ. އަވަސް ކުރުމުގެ ގޮތުން މި މަސައްކަތް ހަވާލުކުރީ ބިޑްކުރުމަކާ ނުލައި، "ސިންގަލް ސޯސް ޕްރޮކިއުމަންޓް" އުސޫލުންނެވެ. އެ މައްސަލަ ބޮޑުވެފައިވަނިކޮށް، މިއަދު އާންމުވި ލިޔެ ކިޔުންތަކުން ދައްކާގޮތުގައި ވެންޓިލޭޓަރު ގެންނަން އެންމެ ހެޔޮ އަގެއް ހުށަހެޅީ އެ ޕްރޮޖެކްޓް ހަވާލުކޮށްފައިވާ މެޑްޓެކް މޯލްޑިވްސް އާއި ނާޑް ކުންފުނިންނެވެ. އަދި އެ ޑޮކިއުމެންޓް ބުނާގޮތުން އެންމެ ބޮޑު އަގެއް ހުށަހަޅާފައި ވަނީ އެސްޓީއޯއިންނެވެ.

Ventilator ah emme kuda agu hushahelhee Medtec in

Ventilator ah emme kuda agu hushahelhee Medtec in

The most trusted news source in the Maldives

Mihaaru

އެންމެ ކުޑައަގު ހުށަހެޅީ މެޑްޓެކްއިން ކަމަށް ބުނުން

އެކަމަކު އެސްޓީއޯގެ ސްޕޯކްސްޕާސަން އަބްދުﷲ މުހައްމަދު، މިރޭ "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ކުންފުނިން ހެލްތު މިނިސްޓްރީ އަށް ތިން މެނުފެކްޗަރާއެއްގެ އަގު ހުށަހެޅި އެވެ. އެއީ ސްވިޑްންގެ ބްރޭންޑަކާއި ޖަރުމަނުގެ ބްރޭންޑެއްގެ އިތުރުން އެމެރިކާގެ ޖެނެރަލް އިލެކްޓްރިކް ކުންފުނީގެ ވެންޓިލޭޓަރުތަކުގެ އަގުތައް ކަމަށް އަބްދުﷲ ވިދާޅުވި އެވެ.

އޭގެ ތެރެއިން ސްވިޑްންގެ ބްރޭންޑެއްގެ ވެންޓިލޭޓަރެއް، 30 ދުވަހާއި 45 ދުވަހާ ދޭތެރޭގައި ގެނެސްދޭން އެސްޓީއޯއިން ހުށަހެޅި އަގަކީ 206،000ރ. އެވެ. މި އަގު ހުށަހަޅާފައި ވަނިކޮށް އެސްޓީއޯ އަށް މި އެއްޗެހި ގެންނަން ނުދިން ސަބަބެއް އަދި ނޭނގެ އެވެ.

ކުރިން އެންމެ ހެޔޮ އަގު ހުށަހެޅި ކަމަށް ބުނާ މެޑްޓެކުން ހުށަހަޅާފައިވަނީ ބެލަވިސްޓާ ބްރޭންޑްގެ ވެންޓިލޭޓަރެއް 288،914ރ. އަށް ގެނެސްދިނުމަށެވެ. ގެންނަން ނަގާނެ މުއްދަތަކަށް ހުށަހަޅާފައިވަނީ ހަތް ދުވަހާއި 14 ދުވަހާ ދެމެދުގެ މުއްދަތެކެވެ. ހެލްތު މިނިސްޓްރީން ވަނީ 50 ވެންޓިލޭޓަރު ގެނައުމަށް އެ ކުންފުންޏާ ހަވާލުކޮށްފަ އެވެ. އޭގެ ތެރެއިން 18 ވެންޓިލޭޓަރު މިއަދު ވަނީ ގެނެސްފަ އެވެ.

ދެން އެންމެ ކުޑަ އަގެއް ހުށަހަޅާފައި ވަނީ 20 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށްފައިވާ ނާޑުންނެވެ. އީވްއިން ބްރޭންޑްގެ ވެންޓިލޭޓަރެއް 14 ދުވަސް ތެރޭ ގެނެސްދޭން އެ ކުންފުނިން ހުށަހަޅާފައިވަނީ 351،577ރ. އެވެ. އެހެންކަމުން 20 ވެންޓިލޭޓަރު ރާއްޖެ އަށް ގެންނަން ނާޑް ކުންފުނިން ނަގާ އަގަކީ 7،031،541ރ. އެވެ.

އެސްޓީއޯއިން ދެވަނައަށް ހުށަހެޅީ ޖަރުމަނު ބްރޭންޑެއްގެ ވެންޓިލޭޓަރެއް ގެނައުމަށެވެ. ފަނަރަ ދުވަހާއި 20 ދުވަހާ ދޭތެރޭ މުއްދަތެއްގައި އެ ބްރޭންޑް ވެންޓިލޭޓަރެއް ގެނައުމަށް އެސްޓީއޯއިން ހުށަހެޅީ 424،000ރ. އަށެވެ.

އެމެރިކާގެ ޖެނެރަލް އިލެކްޓްރިކް ބްރޭންޑްގެ ވެންޓިލޭޓަރެއް 65 ދުވަހާއި 80 ދުވަހާ ދޭތެރޭގެ މުއްދަތެއްގައި ގެނައުމަށް އެސްޓީއޯއިން ހުށަހަޅާފައިވާ އަގަކީ 873،000ރ. އެވެ.

އަބްދުﷲ ވިދާޅުވީ މިދިޔަ މަހުގެ ފަހުކޮޅަށް ވެންޓިލޭޓަރުތައް ގެނެސް ދިނުމަށް އެންމެ ހެޔޮ އަގު އެސްޓީއޯއިން ހުށަހެޅުމުން ވެސް އެ ކުންފުންޏަށް އެ ޕްރޮޖެކްޓް ހަވާލު ނުކުރި ސަބަބު ހެލްތު މިނިސްޓްރީން އަދިވެސް އަންގާފައި ނުވާ ކަމަށެވެ. އެކަމަކު އެނގިފައިވާ ގޮތުގައި އެސްޓީއޯ އިން ހުށަހެޅި ތިން ހުށަހެޅުމުގެ ތެރެއިން ދެ ހުށަހެޅުމެއް ބަލައިނުގަތީ ބޭނުންވާ ބާވަތުގެ ވެންޓިލޭޓަރަށް ނުވާތީ އެވެ. އިއްޔެ ހާމަވި އަގުތަކުގައި އެސްޓީއޯ އިން ހުށަހެޅި އަގު ކަމަށް އޮތީ ބަލައިގެން ހުށަހެޅުމުގައި ވެންޓިލޭޓަރު ސަޕްލައިކޮށްދޭނެ ކަމަށް ބުނާ އަގެވެ.

މެޑްޓެކުން މިއަދު 18 ވެންޓިލޭޓަރު ގެނައިއިރު 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކޮށްފައިވާ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން މި މަހުގެ ތެރޭގައި ރާއްޖެ އަށް 45 ވެންޓިލޭޓަރު ގެންނާނެ ކަމަށް ސަރުކާރުން މިރޭ ވަނީ ބުނެފަ އެވެ.

ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރުމުގައި ސަރުކާރުގެ އިސްވެރިންނަށް ފައިދާ ވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭއިރު އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.