ރާއްޖޭގެ ކުރެހުންތެރިޔާ އަލީ ޝިމްހާގް ކުރެހުމެއް ވަގަށް ނަގައި، ބޭނުންކުރި މައްސަލާގައި އެމެރިކާގެ މިއުޒިޝަން އާރޮން ކާޓާގެ މައްޗަށް ދައުވާކުރަން އެމެރިކާގެ ކޯޓަކަށް ހުށަޅައިފި އެވެ.
11 މެއި 2020
ރާއްޖޭގެ ކުރެހުންތެރިޔާ އަލީ ޝިމްހާގް ކުރެހުމެއް ވަގަށް ނަގައި، ބޭނުންކުރި މައްސަލާގައި އެމެރިކާގެ މިއުޒިޝަން އާރޮން ކާޓާގެ މައްޗަށް ދައުވާކުރަން އެމެރިކާގެ ކޯޓަކަށް ހުށަޅައިފި އެވެ.
ޝިމްހާގް ޑިޖިޓަލް އާޓްސް ކަލެކްޝަންގައިި ހިމެނޭ ސިންގާއެއްގެ މޫނު ސިފަކޮށްދޭ ކުރެހުން އެމެރިކާގެ މަޝްހޫރު މިއުޒިކް ބޭންޑް "ބެކްސްޓްރީޓް ބޯއިޒް" ގެ މެމްބަރުންގެ ތެރޭގައި ހިމެނޭ ނިކް ކާޓާގެ ކޮއްކޮ ވަގަށް ނަގައި އަމިއްލަ އެއްޗެއްގެ ގޮތުގައި ބޭނުންކުރި މައްސަލަ ފަަޅާއެރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
My case against Aaron Carter has been officially filed in the US and my legal team @liebowitzlaw @HamzaKhalyl @ShaiShahid will be pursuing action against him. No artist should have to back down if their work is being misused by someone else. (1/2) pic.twitter.com/4s0Zj6AwFU
— Shimhaq (@shimhaq) May 10, 2020
މި މައްސަލަ ހޫނުވެ، އާރޮންއާ ދެކޮޅަށް އޮންލައިން ކެމްޕޭނެއް ޝިމްހާގްގެ ދިފާއުގައި ހިންގަން ފެށުމުން އާރޮން ވަނީ އޭނާގެ އިންސްޓަގްރާމުން ކުރެހުން ޑިލީޓްކޮށްލައިފަ އެވެ. ނަމަވެސް އޭރު ވެސް ޝިމްހާގް ވަނީ އޭނާގެ ހުއްދަ ނެތި ފިކުރީ މުދަލަކަށް އަރައިގެންވާތީ ދައުވާކުރާނެކަމުގެ އިންޒާރު ދީފަ އެވެ.
ޝިމްހާގް ކުރި ޓްވީޓްތަކެއްގައި ބުނީ ކުރެހުމުގެ މައްސަލާގައި އާރޮންގެ މައްޗަށް ދައުވާކުރަން މި މަހުގެ 5 ވަނަ ދުވަހު ހުށަހެޅީ ނިއު ޔޯކްގެ ލޯ ފާމެއް ކަމަށްވާ ލީބޯވިޒް ލޯ ފާމް މެދުވެރިކޮށް ކަމަށެވެ.
އަދި މި މައްސަލާގައި ޝިމްހާގް ފަރާތުން ދައުވާގައި ލީބީވިޒާ އެކު ވަކީލުންގެ ގޮތުގައި މަސައްކަތްކުރާނީ ހަމްޒާ ޚަލީލާއި އައިޝަތު ޝައިފާ ޝާހިދު ކަމަށް ޝިމްހާގެވެ.
ޝިމްހާގެ ޓްވީޓްގައި ވަނީ ކުރެހުންތެރިންގެ މަސައްކަތްތައް އޮންލައިން ޕްލެޓްފޯމްތަކުގައި ހުރުމަކީ އެ އެއްޗެހި ހުއްދަ ނެތި ނަގައި ބޭނުންކޮށް، ނާޖާއީޒު ގޮތުގައި ބޭނުން ހިފަން ޖެހޭ ސަބަބެއް ނޫން ކަމަށް ބުނެފަ އެވެ. އަދި އާޓިސްޓުންނަށް އެ މީހުންގެ ހައްގު ލިބެން ޖެހޭނެ ކަމަށާއި ހައްގު ހޯދަން މަސައްކަތް ވެސް ކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
މުއްސަނދި ގައުމުތަކުގެ ވެރިން އިލެކްޓްރޯނިކް ކުނިބުނިން
ބުޝްގެ ފޮތެއް، ހިޖުރަކުރާ މީހުންގެ ވާހަކަ އަށް
އާރޮން ކާޓާ އަށް ކުރާ ދައުވާ ކާމިޔާބުކުރެވޭނެ: ވަކީލުން
ކުރެހުން ވަގަށްނެގި މައްސަލަ ޝިމްހާގު ކާމިޔާބުކޮށްފި!
94 އަހަރުގެ މިނީ މައުސް އަށް އާ ލުކެއް
12 އަހަރުގެ އިލަސްޓްރޭޓަރަކަށް ނައިކީގެ ޑީލެއް
ކޮފީއެއް ނޫން، އެކަމަކު ކޮފީގެ ރަހަ
ސޯސް ޕެކެޓް ކަނޑަން ހާއްސަ ޑިވައިސްއެއް
އެޕަލްގެ ކާރު މި އަހަރު އިއުލާނުކޮށްފާނެ
އެމެރިކާގެ އޮލިމްޕިކް ޓީމްގެ ޔުނިފޯމްގައި އޭސީ!