Roadha Mihaaru
ދެން ބާޒާރަށް ދެވޭނީ ހަފުތާއަކު އެއް ފަހަރު

ލޮކްޑައުން އިތުރަށް ހަރުކަށި ކޮށްފި؛ ދެން ބާޒާރަށް ދެވޭނީ ހަފުތާއަކު އެއް ފަހަރު

15 މެއި 2020

ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ކޮންމެ ގެ އަކުން ވެސް މިއަދުން ފެށިގެން ބާޒާރަށް ނުކުމެވޭނީ ހަފުތާއަކު އެއް ފަހަރު ކަމަށް ފުލުހުން ކަނޑައަޅައިފި އެވެ.

މިއީ ކޮރޯނާވައިރަސް އިން ފެތުރޭ ކޮވިޑް-19 ގެ ސާޖެއް ނުވަތަ ކުއްލި އިތުރުވުމެއް މި ދެ ހަފުތާގައި އަތުވެދާނެ ކަމަށް ސިއްހީ މާހިރުން ގަބޫލު ކުރައްވާތީ އެޅި ފިޔަވަޅެއް ކަމަށް ފުލުހުންގެ އިދާރާ އިން ބުނެ އެވެ.

މާލެތެރެއަށް ކޮރޯނާވައިރަސް ފެތުރެން ފެށުމުން، މިދިޔަ މަހުގެ 15 ގައި މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ ލޮކްޑައުންކޮށް، ކޮންމެ ގެއަކުން ކޮންމެ ހަފުތާ އަކު ތިން ދުވަހުން އެއް ދުވަހު ބާޒާރަށާއި އެހެނިހެން ބޭނުމަށް އެކަކަށް ނުކުމެވޭ ގޮތަށް ފުލުހުން ހަމަޖައްސައި ދިނެވެ. އެކަމަށް އެދި ޚާއްސަ ފޯމު ފުރަން ޖެހެނީ ޕޮލިސް ޕޯޓަލް މެދުވެރިކޮށެވެ. އެ ފޯމު ފުރުމުން ފުލުހުންގެ ހުއްދައެއް ކޮންމެ މީހެއްގެ ފޯނަށް ވެސް ލިބޭނެ އެވެ. އެ މީހަކަށް ބޭރުގައި ހަރަކާތްތެރިވެވޭނީ ވަކި ވަގުތަކަށް، ވަކި ސަރަހައްދުތަކެއްގަ އެވެ.

ފުލުހުން މިއަދު ބުނީ، ކުރީގެ އުސޫލު ބަދަލުކޮށް، ދެން ބާޒާރަށް ދާން ނުކުމެވޭނީ ހަފުތާއަކު އެއްފަހަރު ކަމަށެވެ. ކޮންމެ ގެ އަކަށް ވެސް ކަނޑައަޅާފައިވާ އާ ގަޑިތައް، ފޯނަށް ފޮނުވާ އާ މެސެޖަކުން އެނގޭނެ ކަމަށް ފުލުހުން ބުންޏެވެ.

އެ ގޮތަށް އަމަލު ކުރޭތޯ ފުލުހުން އައީ ބަލަމުންނެވެ. އެގޮތުން ބާޒާރަށް ގޮސް ފިހާރަތަކުގެ ކިއޫގައި ތިބޭ މީހުންނާ ސުވާލުކޮށް، ޚާއްސަ ހުއްދަ އޮތްތޯ ބަލަ އެވެ. އެ ހުއްދަ ނެތް މީހުން ގެ އަށް ފޮނުވަމުން ދިޔަ އެވެ.

ފުލުހުން މިއަދު ބުނީ، ކުރީގެ އުސޫލު ބަދަލުކޮށް، ދެން ބާޒާރަށް ދާން ނުކުމެވޭނީ ހަފުތާއަކު އެއްފަހަރު ކަމަށެވެ. ކޮންމެ ގެއަކަށް ވެސް ކަނޑައަޅާފައިވާ އާ ގަޑިތައް، ފޯނަށް ފޮނުވާ މެސެޖަކުން އެނގޭނެ ކަމަށް ފުލުހުން ބުންޏެވެ.

"އަލުން ރެޖިސްޓަ ކުރައްވަން ނުޖެހޭނެ،" ފުލުހުން ބުންޏެވެ.

ފުލުހުންގެ ޓުވީޓް

ފުލުހުންގެ މި ފިޔަވަޅާ އެކު، ބެލެވޭ ގޮތުގައި މި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބޭރުތެރޭގައި އާންމުން އުޅުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރާނެ އެވެ.

ފުލުހުން މިހާރު ވަނީ ދަންވަރު 1 ން ހެނދުނު 9 އާ ދެމެދު އާންމުންނަށް ސިނަމާލެ ބްރިޖަށް އެރުން ވެސް މަނާކޮށްފަ އެވެ. މި ފިޔަވަޅުތަކާ އެކު، ބެލެވޭ ގޮތުގައި މި ދެ ހަފުތާގައި މިފަދަ ބައެއް ކަންކަން ކަމާ ބެހޭ އިދާރާތަކުން ދާނީ ލޮކްޑައުންގެ މުއްދަތުގައި ވަރުގަދަ ކުރަމުންނެވެ.

ރާއްޖެ އިން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ތަފާތު ފިޔަވަޅުތައް އެޅުމަށްޓަކައި މިދިޔަ މަހުގެ 15 ން ފެށިގެން މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފަ އެވެ. ކޮންމެ 14 ދުވަހަކުން އެޗްޕީއޭ އިން ލޮކްޑައުން އިތުރު ކުރަމުން ގޮސް އެންމެ ފަހުން ކަނޑައަޅާފައިވާ ގޮތުން ނަމަ އެ މުއްދަތު ހަމަވާނީ މި މަހުގެ 28 އަށެވެ.

ފުލުހުން މިހާރު ވަނީ ދަންވަރު 1 ން ހެނދުނު 9 އާ ދެމެދު އާންމުންނަށް ސިނަމާލެ ބްރިޖަށް އެރުން ވެސް މަނާކޮށްފަ އެވެ. މި ފިޔަވަޅުތަކާ އެކު، ބެލެވޭ ގޮތުގައި މި ދެ ހަފުތާގައި މިފަދަ ބައެއް ކަންކަން ކަމާ ބެހޭ އިދާރާތަކުން ދާނީ ލޮކްޑައުންގެ މުއްދަތުގައި ވަރުގަދަ ކުރަމުންނެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ ކޮވިޑް-19 ގެ 982 މީހަކު ފެނިފަ އެވެ. އޭގެ ތެރެއިން ރަނގަޅުވީ 46 މީހެކެވެ. ހަތަރު މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ.