Roadha Mihaaru
ޒަކާތުގެ ގޮތުގައި 2.5 މިލިއަނަށްވުރެ ގިނަ ރުފިޔާ

ފިތުރު ޒަކާތުގެ ގޮތުގައި 2.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

17 މެއި 2020

ފިތުރު ޒަކާތުގެ ގޮތުގައި 2.5 މިލިއަނަށް ވުރެ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފިތުރު ޒަކާތުގެ ގޮތުގައި 2.5 މިލިއަނަށް ވުރެ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ރޭ ބުނެފި އެވެ.

ތަފާސްހިސާބުތަކާއެކު އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ މި އަހަރުގެ ރަމަޟާން މަހުގެ 16 ވަނަ ދުވަސް ކަމަށްވާ، މެއި 9 އާ ހަމައަށް މާލެ އިން ޒަކާތުގެ ގޮތުގައި 2،579،857ރ. ލިބިފައިވާ ކަމަށެވެ. އެ އަދަދަކީ، މިދިޔަ އަހަރުގެ ރަމަޟާން މަހުގެ 16 ވަނަ ދުވަހާ އަޅާ ބަލާއިރު 304،392ރ. ގެ އިތުރުވުމެއް ކަމަށް ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މިއަހަރު މާލެ ސަރަހައްދުގައި ފިތުރު ޒަކާތް ދައްކަން ހަމަޖައްސާފައިވަނީ އޮންލައިން ކޮށެވެ. އޮންލައިންކޮށް، ހަތަރު ވަސީލަތެއް މެދުވެރިކޮށް ޒަކާތް ދެއްކޭނެ އެވެ. އެއީ؛

1- ދިރާގު ޕޭ އެންޑް ލައިފް ސްޓައިލް އެޕްލިކޭޝަނާއި އެސްއެމްއެސް މެދުވެރިކޮށް

2- އުރީދޫ އެމް ފައިސާ އެޕްލިކޭޝަނާއި އެސްއެމްއެސް މެދުވެރިކޮށް. 3- މޯލްޑިވްސް އިސްލާމިކް ބޭންކުގެ "ފައިސާ ނެޓް" އަދި މޯބައިލް ބޭންކިން "ފައިސާ މޮބައިލް މެދުވެރިކޮށް. 4- 4- ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓުން.

ވޭތުވެދިޔަ ތިން އަހަރު ފިތުރު ޒަކާތުގެ ގޮތުގައި މާލެއަށް ލިބިފައިވާ ފައިސާގެ އަދަދު ވެސް ހާމަކޮށްފައި ވެ އެވެ. އެގޮތުން 2017 ވަނަ އަހަރު 4،452،975ރ. ލިބުނުއިރު 2018 ވަނަ އަހަރު އެ އަދަދު ވަނީ 4،487،804. ލިބިފަ އެވެ.

ފިތުރު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު ލިބުނު އަދަދު ވަނީ، އޭގެ ކުރީ ދެ އަހަރާ އަޅާ ބަލާއިރު ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ޒަކާތުގެ ގޮތުގައި މާލެއަށް 5.6 މިލިއަން ރުފިޔާ ލިބިފައި ވެ އެވެ.

ފަގީރުންގެ މުޅި ރާއްޖެއިން ރަޖިސްޓަރީވެފައިވަނީ 8،764 މީހުންނެވެ. މާލެ އިން ރަޖިސްޓްރީވި މީހުންގެ އަދަދު އުޅެނީ 1،717 ގަ އެވެ.

ފިތުރު ޒަކާތަކީ ރޯދަ މަހާ ބައްދަލުވި ކޮންމެ މުސްލިމެއްގެ ވާޖިބުވެގެންވާ، އިސްލާމް ދީނުގެ ރުކުނެކެވެ. ފިތުރު އީދު ނަމާދުގެ ކުރިން ޒަކާތް ދައްކަންޖެހޭނެ އެވެ.