Roadha Mihaaru
ފަގީރުންގެ ދަފްތަރުގައި ތިބީ 8،764 މީހުން

ފަގީރުންގެ ގޮތުގައި ރާއްޖެއިން ރަޖިސްޓަރީ ވެފައި ވަނީ 8،764 މީހުން

28 އެޕްރީލް 2020

ފަގީރުންގެ ގޮތުގައި މުޅި ރާއްޖެ އިން ރަޖިސްޓަރީވެފަ އިވަނީ 8،764 މީހުން ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފަގީރުންގެ ގޮތުގައި މުޅި ރާއްޖެ އިން ރަޖިސްޓަރީވެފަ އިވަނީ 8،764 މީހުން ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފަގީރުންގެ ލިސްޓު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އަލުން އަޕްޑޭޓް ކޮށްފައިވާއިރު، އެ ލިސްޓުގައި ހިމެނޭ މީހުންގެ އަދަދު މަދުވެފައިވާ ކަމަށެވެ.

ފަގީރުންގެ ދަފްތަރުގައި ކުރިން 16،209 މީހުން ރަޖިސްޓަރީ ވެފައި ވެ އެވެ. މާލޭގައި ފަގީރުންގެ ގޮތުގައި އޭރު ރަޖިސްޓަރީވެފައި ވަނީ 3،300 މީހުންނެވެ. އެކަމަކު މާލެ އިން ވެސް އެ އަދަދު ވަނީ 1،717 އަށް ދަށްވެފަ އެވެ.

"މި ފަހަރު ފިތުރު ޒަކާތް ދޭނީ މި ލިސްޓަށް،" އޮފިޝަލް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ އޮންލައިންކޮށް ޒަކާތް ބަލައިގަންނަން ފަށައިފަ އެވެ.

ރާއްޖޭގައި ފަގީރެއްގެ ގޮތުގައި ބަލަނީ މީހަކަށް ދުވާލަކު 45ރ. އަށް ވުރެ މަދުން އާމްދަނީ ލިބޭ ނަމަ އެވެ.