ކުރީގެ ރައީސުންނަށް ދެމުން އަންނަ އިނާޔަތްތައް މުރާޖައާ ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.
17 މެއި 2020
ކުރީގެ ރައީސުންނަށް ދެމުން އަންނަ އިނާޔަތްތައް މުރާޖައާ ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.
ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމާ ބެހޭ ގާނޫނުގެ ދަށުން، ކޮންމެ މަހަކު ޚާއްސަ އިނާޔަތާއި ރާއްޖެ އާއި ރާއްޖެ އިން ބޭރުން ސިއްހީ ޚިދުމަތްތައް ދައުލަތުގެ ޚަރަދުގައި ދިނުމުގެ އިތުރުން ދަތުރުފަތުރާއި ސެކިއުރިޓީ ފޯރުކޮށްދޭން ޖެހެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް މުސާރަ އާއި އިނާޔަތްތަކަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން، ފިނޭންސް މިިނިސްޓަރު އިބްރާހިމް އަމީރު މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައި ވަނީ ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް މުރާޖައާ ކުރުމަށާއި ދައުލަތުން ޚަރަދުކުރާ ގޮތަށް އެއް އިދާރާ އަށް ވުރެ ގިނަ އިދާރާ އިން ޕެންޝަން އިނާޔަތް ހޯދާ މީހުން ކޮންމެވެސް އެއް ސްކީމެއް އިހްތިިޔާރު ކުރަން ޖެހޭ ގޮތް ހެދުމަށެވެ. އެހެންވެ، އެކަމާ ގުޅިގެން ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްދޭން އެދިވަޑައިގަންނަވާ ކަމަށް އެ ސިޓީގައިވެ އެވެ.
ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމާ ބެހޭ ގާނޫނުގައިވާ ގޮތުން، އެއް ދައުރު ރައީސް ކަން ކޮށްފައިވާ ބޭފުޅުންނަށް ކޮންމެ މަހަކު 50،000ރ. ދޭން ޖެހެ އެވެ. އެއް ދައުރަށް ވުރެ ގިނަ ދުވަސް ވަންދެން ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދެނީ 75،000ރ. އެވެ. މީގެ އިތުރުން، ދިރިއުޅޭ ތަނުގެ ޚަރަދަށް ކޮންމެ މަހަކު 50،000ރ. ދޭން ޖެހެ އެވެ. މުޖްތަމައުއަށް ފައިިދާ ހުރި މަސައްކަތެއް ކުރީގެ ރައީސަކު ކުރައްވާ ނަމަ، އެ ކަމަށް އޮފީސް ހިންގުމުގެ ޚަރަދަށް މަހަކު ގިނަވެގެން 175،000ރ. އާ ހަމައަށް ގާނޫނުގެ ދަށުން ލިބިވަޑައިގަންނަވާނެ އެވެ.
ކުރީގެ ރައީސުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.
ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް މުރާޖައާ ކުރަން ސަރުކާރުން އެދުނުއިރު، ކޮވިޑް-19 އާ ގުޅިގެން ރައީސާއި ވަޒީރުންނާއި މަޖިލީހުގެ މެމްބަރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަތައް ވަނީ ކުޑަކޮށްފަ އެވެ. ދައުލަތުން މުސާރަ ދޭ މަގާމުތަކުގެ ތެރެއިން ވަކި މިިންވަރަކަށް ވުރެ ބޮޑު މުސާރަ ލިބޭ މަގާމުތަކުގެ މުސާރަ ވެސް އޮތީ ކުޑަކޮށްފަ އެވެ.
އާޒިމް ވިދާޅުވަނީ މައްސަލައަކީ ބައެއް ވަޒީރުން ކަމަށް
ފައިސާ ޗާޕްކުރުމުގެ ހުއްދައާ މެދު ގޮތެއް ނުނިމުނު؟!
އަންނަ އަހަރުގެ ބަޖެޓް ކުދި ބަދަލުތަކާ އެކު ފާސްކޮށްފި
ގެރެންޓީއާ ނުލައި ފައިސާދޭން ހުއްދައެއް ނުދެން: އަމީރު
އެމްއެމްއޭއިން ފައިސާ ނަގަން ސަރުކާރަށް ހުއްދަދީފި
ނުފަށާ ހުރި ޕީއެސްއައިޕީ ޕްރޮޖެކްޓްތައް މަޑުޖައްސާލައިފި
ސަރުކާރުން ބޭނުންވާ ހުއްދަ ދޭންޖެހޭ: މެމްބަރުން
ސަރުކާރުގެ ހުށަހެޅުމާ މެދު ބަލާނީ އާ ބަޖެޓެއް ގޮތަށް
ޓީއެމްއޭ އިން އަދިވެސް ކުރަނީ ޝަކުވާ
ސަރުކާރުގެ ނިންމުމަށް މާލިއްޔަތު ކޮމިޓީން ތާއީދުކޮށްފި