Roadha Mihaaru
ސަރުކާރުގެ ނިންމުމަށް މާލިއްޔަތު ކޮމިޓީން ތާއީދުކޮށްފި

އާ ސީޕްލޭން ޓާމިނަލް ދޫކުރަން ސަރުކާރުން ނިންމި އުސޫލަށް މާލިއްޔަތު ކޮމިޓީން ތާއީދުކޮށްފި

18 ފެބުރުއަރީ 2020

އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް ޖާގަ ދޫކުރުމަށް ސަރުކާރުން ނިންމާފައިވާ އުސޫލަށް، އެކަން ހިނގި ގޮތް ބެލި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ތާއީދުކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް ޖާގަ ދޫކުރުމަށް ސަރުކާރުން ނިންމާފައިވާ އުސޫލަށް، އެކަން ހިނގި ގޮތް ބެލި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ތާއީދުކޮށްފި އެވެ.

ޓީއެމްއޭ އަށް ޓާމިނަލް ދޭން އެމްއޭސީއެލުން އުޅޭ ގޮތާ މެދު މެދު ކަންބޮޑުވުން ފާޅު ކުރައްވައި، ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބު އަބްދުﷲ ހުށަހެޅުއްވި މައްސަލައާ މެދު މާލިއްޔަތު ކޮމިޓީން ގޮތް ނިންމީ ސަރުކާރުގެ ނިންމުން ތަންފީޒު ކުރައްވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އެ ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި ވިދާޅުވެފައި ވަނިކޮށެވެ. ސަރުކާރުގެ ހުށަހެޅުން ރަނގަޅު ކަމަށާއި އެގޮތަށް ކުރިއަށް ދާން ފެންނަ ކަމަށް ކޮމިޓީން ފާސްކުރީ ހަތް މެމްބަރެއްގެ ތާއީދާ އެކުގަ އެވެ.

ސަރުކާރުގެ ނިންމުމަށް ތާއީދު ކުރުމަށް ނިންމި ނަމަވެސް ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދޫކުރުމާ ގުޅޭ ގޮތުން އެމްއޭސީއެލްއާ އެކު ކުރިން ހިންގާފައިވާ މުއާމަލާތްތަކާ މެދު އޮތް ކަންބޮޑުވުންތައް މެމްބަރުން ދޫކޮށެެއް ނުލައްވަ އެވެ. އެ މުއާމަލާތުގައި، ޖިނާއީ ކުށްތަކެއް އެކުލެވޭ ކަމަށް ތުހުމަތު ކުރެވޭތީ، އެ މައްސަަލަ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން ބަލަން ޖެހޭނެ ކަމަށާއި އެ ތަހުގީގު ހިނގާނުހިނގާ ގޮތް މަޖިލީހުން ބަލަން ވެސް ބައެއް މެމްބަރުން ހުށަަހެޅުއްވި އެވެ. ނަމަވެސް، އެކަމަކަށް ކޮމިޓީގެ ރިޔާސަަތުން ވޯޓަކަށް ނާހަ އެވެ.

ފިނޭންސް މިނިސްޓަރު އަމީރު ރޭ ވިދާޅުވީ އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް ޖާގަ ދޭނީ ސަރުކާރުން ނިންމި ގޮތަށް ކަމަށާއި އެކަން އެގޮތަށް އެމްއޭސީއެލްގެ ބޯޑުން ތަންފީޒު ނުކުރާ ނަމަ ބޯޑު ވެސް ބަދަލުކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ސަރުކާރުގެ ނިންމުމަށް ތާއީދު ކުރުމަށް ނިންމި ނަމަވެސް ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދޫކުރުމާ ގުޅޭ ގޮތުން އެމްއޭސީއެލްއާ އެކު ކުރިން ހިންގާފައިވާ މުއާމަލާތްތަކާ މެދު އޮތް ކަންބޮޑުވުންތައް މެމްބަރުން ދޫކޮށެެއް ނުލައްވަ އެވެ. އެ މުއާމަލާތުގައި، ޖިނާއީ ކުށްތަކެއް އެކުލެވޭ ކަމަށް ތުހުމަތު ކުރެވޭތީ، އެ މައްސަަލަ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން ބަލަން ޖެހޭނެ ކަމަށާއި އެ ތަހުގީގު ހިނގާނުހިނގާ ގޮތް މަޖިލީހުން ބަލަން ވެސް ބައެއް މެމްބަރުން ހުށަަހެޅުއްވި އެވެ. ނަމަވެސް، އެކަމަކަށް ކޮމިޓީގެ ރިޔާސަަތުން ވޯޓަކަށް ނާހަ އެވެ.

ސަރުކާރުން ހުށަހަޅާފައިވާ ގޮތް ޓީއެމްއޭއިން ގަބޫލު ނުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ސަރުކާރުގެ ހުށައެޅުން އޮތް ގޮތުން ޓީއެމްއޭއަށް ގެއްލުން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަމީރު ދެއްކެވި ވާހަކަތަކަށް ބަލާއިރު، ޓީއެމްއޭއަށް އާ ޓާމިނަލުން ޖުމްލަ ދެނީ 6،400 އަކަމީޓަރުގެ ޖާގަ އެވެ. ތަފުސީލު ނުދެއްވިޔަސް، އޭގެ ތެރޭގައި ލައުންޖްތައް ހަދަން ހާއްސަ ކޮށްގެން ގާތްގަނޑަކަށް 5،000 އަކަމީޓަރުގެ ޖާގަ ހިމެނޭނެ ކަމަށް ބެލެވެ އެވެ. އަނެއް ބަޔަކީ، ޓާމިނަލްގެ އެހެން ހިދުމަތްތަކަށް ޓީއެމްއޭ އަށް ބޭނުންކުރެވޭނެ ޖާގަ އެވެ.

ޖާގަ ދެނީ އަކަމީޓަރެއް 10.35 ޑޮލަރުގެ ރޭޓުންނެވެ.

އަމީރު ވިދާޅުވި ގޮތުގައި ޖާގަ ދޫކުރަނީ ކުރިއަށް އޮތް ދެ އަހަރު ދުވަހަށެވެ. އޭގެ ފަހުން މުޅި ޓާމިނަލްއާ ހަވާލުވާނީ އެމްއޭސީއެލް ކަމަށް އޭނާ ވިދާޅުވި އެވެ.