މި އަހަރުގެ ފިތުރު ޒަކާތް ދެކުމަށް ކަސްޓަމަރުންނަށް ލުއި ގޮތެއް ހޯދައިދިނުމަށް ދިރާގުން އެކި ޕްލެޓްފޯމުތައް ހުޅުވާލައިފި އެވެ.
18 މެއި 2020
މި އަހަރުގެ ފިތުރު ޒަކާތް ދެކުމަށް ކަސްޓަމަރުންނަށް ލުއި ގޮތެއް ހޯދައިދިނުމަށް ދިރާގުން އެކި ޕްލެޓްފޯމުތައް ހުޅުވާލައިފި އެވެ.
ދިރާގުން ހުޅުވާލި މި ފުރުސަތުގައި އެކުންފުނީގެ "ދިރާގު ޕޭ" އާއި "ދިރާގު ނައު" ބޭނުން ކޮށްގެން ޒަކާތް ދެއްކޭނެ އެވެ. އަދި ކުރީ އަހަރުތަކޭ ވެސް އެއްފަދައިން އެސްއެމްއެސް ބޭނުންކޮށްގެން ޒަކާތް ދެއްކޭ އިންތިޒާމް ވެސް އެ ކުންފުުނިން ވަނީ ހަމަޖައްސައިފަ އެވެ.
ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދައްކާ ކަސްޓަމަރުންނަށް https://www.dhiraagu.com.mv/ocs/service_zakath.aspx ލިންކު މެދުވެރިކޮށް ފައިސާ ދެއްކޭނެ އެވެ. ޒަކާތް ދެއްކުމުގެ ކުރިން ދިރާގު ޕޭ ވޮލެޓުގައި ނުވަތަ އެކައުންޓުގައި ފައިސާ ހުރިތޯ ޗެކު ކުރުމަށް ފަހު ފައިސާ ނެތް ނަމަ ދިރާގު ޕޭ އެޕްލިކޭޝަނާއި އެކުންފުނީގެ ވެބްސައިޓު މެދުވެރިކޮށް ފަސޭހަކަމާއެކު ބޭންކު ޓްރާންސްފާ ކޮށްލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
އެ ކުންފުނިން އަލަށް ތައާރަފު ކުރި ދިރާގު ނައު އެޕްލިކޭޝަން މެދުވެރިކޮށް ޒަކާތް ދައްކާ ކަސްޓަމަރުންނަށް އެޕް ސްޓޯރާއި ޕްލޭ ސްޓޯރުން އެ އެޕްލިކޭޝަން ހިލޭ ޑައުންލޯޑްކޮށްލެވޭނެ ކަމަށް ދިރާގުން ބުންޏެވެ. މި އެޕް މެދުވެރިކޮށް ޒަކާތް ދެއްކުމަށް، އެކަމަށް ކަނޑައަޅާފައިވާ ޓެބަށް ފިއްތާލުމަށްފަހު، އޭގައި ހިމެނޭ ބައިތައް ފުރިހަމަ ކޮށްލުމުން ފައިސާ ދެއްކޭނެ އެވެ. މި އެޕް މެދުވެރިކޮށް ފިތުރު ޒަކާތްދެއްކޭނީ ވެސް ދިރާގު ޕޭ ކަސްޓަމަރުންނަށެވެ. ނައު އެޕް މެދުވެރިކޮށް ޒަކާތުގެ އިތުރުން، ސަދަގާތް ފައިސާ ވެސް ދެއްކޭނެ ކަމަށް ދިރާގުން ބުންޏެވެ.
މީގެ އިތުރުން އެސްއެމްއެސްގެ ޒަރީއާއިން ޒަކާތް ދައްކަން ބޭނުންވާ ކަސްޓަމަރުންނަށް *454*5# އަށް ގުޅާލުމުން ޒަކާތް ދައްކާލެވޭނެ އެވެ. ދިރާގުގެ ކަސްޓަމަރުންނަށް ފިތުރު ޒަކާތް ދެއްކޭނެ އެންމެ ފަހު ތާރީހަކީ އަންނަ ބުދަ ދުވަހުގެ ހަވީރު 6:00 އެވެ.
ދިރާގުން ބުނީ އެ ކުންފުނީގެ ޕްލެޓްފޯމުތަކުން ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖެއްސި މި ދަނޑިވަޅު އެކި އެކި ކަންކަމުގައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ ކަމަށެވެ. އަދި މިގެ ސަބަބުން އެކުންފުނީގެ ކަސްޓަމަރުންނަށް ޒަކާތް ދެއްކުމުގައި ލުއިފަސޭހަ ވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ދިރާގުން ހަނދާން ކޮށްދެނީ ފިތުރު ޒަކާތް ދައްކަން
ދިރާގު ޕޭ މެދުވެރިކޮށް ފަސޭހަކަމާއެކު ޒަކާތް ދެއްކޭނެ
އޮފީސް ނެޓްބޯޅަ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު
ޒަކާތާ ގުޅޭ ބިލް މަޖިލީހުން ފާސްކޮށްފި
ދިރާގު ކަސްޓަމަރުންނަށް ލަންކާއަށް ހިލޭ ގުޅޭނެ
ދެ ލޯންޗު ހޯދުން ދެ ގުނަކޮށްދޭ އޮފާ ހަމަވަނީ
ޑީޖީޖީ އާއި މެގަޗިޕުން އޭލިއަންވެއާ ގޭމިން ބަންޑްލްއެއް
ދިރާގު ޕޭ ކަސްޓަމަރުންނަށް މާދަމާ 1ރ. އަށް ކޮފީއެއް
ޒާތީ މައުލޫމާތެއް ހާމަވިނަމަ މާފަށް އެދެން: ޝަހީމް
އެހީ ނުވިކަމަށް ބުނުމުން ހާމަކުރީ ޒާތީ މައުލޫމާތު!