ވީހާވެސް ގިނަ ބަޔަކު ދިރާގުގެ ޕްލެޓްފޯމުތައް މެދުވެރިކޮށް ފިތުރު ޒަކާތް ދައްކަން އެ ކުންފުނިން ހަނދާން ކޮށްދީފި އެވެ.
06 މެއި 2021
ވީހާވެސް ގިނަ ބަޔަކު ދިރާގުގެ ޕްލެޓްފޯމުތައް މެދުވެރިކޮށް ފިތުރު ޒަކާތް ދައްކަން އެ ކުންފުނިން ހަނދާން ކޮށްދީފި އެވެ.
މި އަހަރު ފިތުރު ޒަކާތް ދައްކާ މީހުންގެ އަދަދު މަދު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވަނީ ވިދާޅުވެފަ އެވެ.
ދިރާގުގެ ކަސްޓަމަރުންނަށް ތިން ގޮތަކަށް ފިތުރު ޒަކާތް މިހާރު ދެއްކޭނެ އެވެ. އެއީ "ދިރާގު ޕޭ" އާއި "ދިރާގު ނައު" އެޕްލިކޭޝަންގެ އިތުރުން އެސްއެމްއެސް ކޮށްގެންނެވެ.
ދިރާގު ޕޭ އެޕް މެދުވެރިކޮށް ޒަކާތް ދައްކަން ބޭނުންވާ ކަސްޓަމަރުންނަށް https://www.dhiraagu.com.mv/ocs/service_zakath.aspx ލިންކު މެދުވެރިކޮށް ފައިސާ ދެއްކޭނެ އެވެ. ޒަކާތް ދެއްކުމުގެ ކުރިން ދިރާގު ޕޭ ވޮލެޓުގައި ނުވަތަ އެކައުންޓުގައި ފައިސާ ހުރިތޯ ޗެކު ކުރުމަށް ފަހު ފައިސާ ނެތް ނަމަ ދިރާގު ޕޭ އެޕްލިކޭޝަނާއި އެ ކުންފުނީގެ ވެބްސައިޓު މެދުވެރިކޮށް ފަސޭހަކަމާ އެކު ބޭންކު ޓްރާންސްފާ ކޮށްލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގު ޕޭ މެދުވެރިކޮށް އެ ކުންފުނީގެ ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ އިތުރުން އެހެން ނެޓްވޯކުތަކުގެ ކަސްޓަމަރުންނަށް ވެސް ޒަކާތް ދެއްކޭނެ އެވެ.
ނައު އެޕްލިކޭޝަން މެދުވެރިކޮށް ޒަކާތް ދައްކަން ބޭނުންވާ ކަސްޓަމަރުންނަށް އެ އެޕްލިކޭޝަނުގައި ހިމެނޭ "ޑޮނޭޝަން" ބަޔަށް ދިއުމަށް ފަހު ޒަކާތް ދެއްކޭނެ އެވެ.
އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކޭނީ *454*5# އަށް ގުޅައިގެންނެވެ.
އަންނަ ހަފުތާގެ ހުކުރު ދުވަހާ ހަމައަށް ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ޒަކާތުގެ ގޮތުގައި ނެރެން ޖެހޭނީ އެ ރަށެއްގައި އާންމުކޮށް ކައި އުޅޭ ބާވަތަކުން 2.4 ކިލޯގެ އަގެވެ.
ފިތުރުޒަކާތް ދައްކަން ދިރާގުން ތަފާތު ގޮތްތަކެއް
ދިރާގު ޕޭ މެދުވެރިކޮށް ފަސޭހަކަމާއެކު ޒަކާތް ދެއްކޭނެ
އޮފީސް ނެޓްބޯޅަ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު
ޒަކާތާ ގުޅޭ ބިލް މަޖިލީހުން ފާސްކޮށްފި
ދިރާގު ކަސްޓަމަރުންނަށް ލަންކާއަށް ހިލޭ ގުޅޭނެ
ދެ ލޯންޗު ހޯދުން ދެ ގުނަކޮށްދޭ އޮފާ ހަމަވަނީ
ޑީޖީޖީ އާއި މެގަޗިޕުން އޭލިއަންވެއާ ގޭމިން ބަންޑްލްއެއް
ދިރާގު ޕޭ ކަސްޓަމަރުންނަށް މާދަމާ 1ރ. އަށް ކޮފީއެއް
ޒާތީ މައުލޫމާތެއް ހާމަވިނަމަ މާފަށް އެދެން: ޝަހީމް
އެހީ ނުވިކަމަށް ބުނުމުން ހާމަކުރީ ޒާތީ މައުލޫމާތު!