ބޭ އޮފް ބެންގަލް ސަރަހައްދުގައި އުފެދިފައިވާ ތޫފާނު އަމްޕަންގެ ސަބަބުން މިދިޔަ ހަފުތާގައި ރާއްޖެ އަށް އާދަޔާ ހިލާފަށް ވައި ގަދަވެ ކަނޑު ގަދަވި ނަމަވެސް އެ ތޫފާނު ރާއްޖެއާ ދުރަށް ގޮސްފައި ވާތީ އޭގެ އަސަރު ދެން ނުކުރާނެ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.
20 މެއި 2020
ބޭ އޮފް ބެންގަލް ސަރަހައްދުގައި އުފެދިފައިވާ ތޫފާނު އަމްޕަންގެ ސަބަބުން މިދިޔަ ހަފުތާގައި ރާއްޖެ އަށް އާދަޔާ ހިލާފަށް ވައި ގަދަވެ ކަނޑު ގަދަވި ނަމަވެސް އެ ތޫފާނު ރާއްޖެއާ ދުރަށް ގޮސްފައި ވާތީ އޭގެ އަސަރު ދެން ނުކުރާނެ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.
މެޓް އޮފީހުގެ އެސިސްޓަންޓް މީޓިއޮރޮލޮޖިސްޓް އަބްދުﷲ ހާފިޒު "މިހާރު" އަށް މިހާރު ރާއްޖެ އަށް މި ކުރާ ވިއްސާރަ އަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. ހުޅަނގު މޫސުން މި މަހު ކުރީކޮޅު ފެށިފައި ވާއިރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި، ގުގުރީ ވެސް ހުޅަނގު މޫސުމާއި ގުޅިގެން ކަމަށް ހާފިޒް ވިދާޅުވި އެވެ.
"އަދިވެސް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރާނެ،" ހާފިޒް ވިދާޅުވި އެވެ.
އިންޑިއާ އާއި ބަންގްލަދޭޝްގެ ބޯޑަރު ސަރަހައްދަށް މިއަދު ހަވީރު އަމްޕަން ތޫފާނު އަރާނެ ކަމަށް ބެލެވޭތީ އެ ސަރަހައްދުތަކުގެ މީހުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތް އަންނަނީ އެ ގައުމުތަކުން ކުރަމުންނެވެ.
މެޓް އޮފީހުން ބުނީ މިއަދާއި މާދަމާ ވެސް ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކަށް ވާރޭ ވެހި، ގުގުރުން އެކަށީގެންވާ ކަމަށެވެ. އެ ސަރަހައްދުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ބެލެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަށް އެކަމަށް ހާއްސަ ސަމާލުކަމެއް ދޭން ވަނީ އިލްތިމާސްކޮށްފަ އެވެ.
"އުދަ އެރުން ވެސް އެކަށީގެންވޭ، އެކަމަށް ސަމާލުކަންދޭން ވެސް އެދެން،" ހާފިޒު ވިދާޅުވި އެވެ.
މިދިޔަ ހަފުތާގައި ރާއްޖެއަށް ކުރި ވިއްސާރާގައި އައްޑޫގައި ފެންބޮޑުވެ 600 އަށް ވުރެ ގިނަ ގެއަކަށް ވަނީ ފެންވަދެ، އެކި ވަރުގެ ގެއްލުންވެފަ އެވެ. ވައި ގަދަވުމުގެ ސަބަބުން އެކި ރަށްރަށުގައި ގަސްރުއް ވެއްޓި ގެދޮރަށް ވެސް ގެއްލުންވި އެވެ.
ތޫފާނު ދަނީ ދުރަށް އެކަމަކު ވައި ގަދަވާނެ: މެޓް
މާދަމާއިން ފެށިގެން އަނެއްކާވެސް މޫސުން ގޯސްވާނެ: މެޓް
ތޫފާން ޑާނާ: މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް
މެޓްގެ ވެދާ ރާޑަރު އަލުން ބޭނުންކުރަން ފަށައިފި
ޗާގޯސް ކައިރީ ކޮޅިގަނޑެއް، ރާއްޖެއަށް އަސަރު ނުކުރާނެ
މިއީ މޫސުމީ ވިއްސާރައެއް، ވަކި ތަފާތެއް ނުފެނޭ: މެޓް
ކުރިއަށް އޮތީ މޫސުން ގޯސް ތިން ދުވަސް!
ހއ. އިން ފެށިގެން ތ. އަތޮޅަށް ވައިޓްއެލާޓް ނެރެފި
އަރަބިކަނޑުގައި ބާރުގަދަ ތޫފާނެއް އުފެދިއްޖެ
ކަނޑު ގަދަވެ، ރާޅުތައް ބޮޑުވާނެތީ އިންޒާރެއް