Roadha Mihaaru
ކަދުރު ހޯދަން ސިޓީ ކައުންސިލްގައިި އެދެން ހުޅުވާލައިފި

ކަދުރު ހޯދަން ސިޓީ ކައުންސިލްގައިި ނަން ނޯޓުކުރަން ހުޅުވާލައިފި

20 މެއި 2020

ސައުދީ އަރަބިއާ އިން ރާއްޖެ އަށް ހަދިޔާކުރި ކަދުރުގެ ތެރެއިން މާލޭގެ ގެތަކަށް ބަހަން ހަމަޖައްސާފައިވާ ކަދުރު ހޯދަން ނަން ނޯޓުކުރަން ސިޓީ ކައުންސިލުން މިއަދު ހުޅުވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސައުދީ އަރަބިއާ އިން ރާއްޖެ އަށް ހަދިޔާކުރި ކަދުރުގެ ތެރެއިން މާލޭގެ ގެތަކަށް ބަހަން ހަމަޖައްސާފައިވާ ކަދުރު ހޯދަން ނަން ނޯޓުކުރަން ސިޓީ ކައުންސިލުން މިއަދު ހުޅުވާލައިފި އެވެ.

މި ރޯދަ މަހަށް ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކަދުރުގެ ތެރެއިން، މާލޭގައި ހާލުގައި ޖެހިފައިވާ މީހުންނަށް ޔޫތް މިނިސްޓްރީގެ ވޮލެންޓިއަރުން މެދުވެރިކޮށް ވަނީ ކުރިން ކަދުރު ބަހައިފަ އެވެ. އެ އަށް ފަހު، ބާކީވާ ކަދުރުތައް މާލޭ ސިޓީ ކައުންސިލް މެދުވެރިކޮށް ހުސްވަންދެން ބަހާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ކުރިން އޮތީ ބުނެފަ އެވެ.

ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ މާލެ އާއި ވިލިމާލޭގެ ގެތަކަށް ބެހުމަށް 2،900 ޕެކެޓްގެ ކަދުރު އެ ކައުންސިލްގައި އެބަހުރި ކަމަށާއި އެ ތަކެތި ބަހާނީ އެސްއެމްއެސް މެދުވެރިކޮށް ނަން ނޯޓްކުރާ މީހުންނަށް ކަމަށެވެ. މާދަމާ ރޭ 9:00 އާ ހަމައަށް އެ ކައުންސިލްގެ ނަމްބަރަށް އެސްއެސްއެމްކޮށް، ނަން ނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އިއުލާނުގައިވެ އެވެ.

އެގޮތުން ފުރިހަމަ ނަމާއި އައިޑީކާޑު ނަމްބަރާއި ދިރިއުޅޭ އެޑްރެސް ފަދަ މައުލޫމާތުތައް ހިއްސާ ކުރަންޖެހޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަނީ ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބެހުމަށް ފަހު ބާކީވާ ކަދުރު ހުސް ވަންދެން ކައުންސިލްތަކާ ހަވާލު ކޮށްގެން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ. އެގޮތުން ގިނަ ރަށްރަށަށް ކަދުރު ކުރިން ފޮނުވާފައި ވާއިރު، ހުޅުމާލޭގައި ކަދުރު ބެހުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލު ކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.