Roadha Mihaaru
އުރީދޫން ޑިޖިޓަލްކޮށް ޢީދު ޝޯއެއް ބާއްވަނީ

އުރީދޫން ޑިޖިޓަލްކޮށް އީދު ޝޯއެއް ބާއްވަނީ

24 މެއި 2020

ލޮކްޑައުންގެ ހާލަތުގައި ދިމާވެފައިވާ ގޮންޖެހުންތަކާ އެކު ގޭގައި ތިބެގެން އުފާވެރި، ކުލަގަދަ އީދެއް ފާހަގަ ކުރުމުގެ ފުރުސަތު ފަހި ކުރުމުގެ ގޮތުން އުރީދޫން "އުރީދޫ އީދު ޝޯ 2020" ގެ ނަމުގައި ޑިޖިޓަލް މިއުޒިކް ޝޯއެއް އިންތިޒާމް ކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ލޮކްޑައުންގެ ހާލަތުގައި ދިމާވެފައިވާ ގޮންޖެހުންތަކާ އެކު ގޭގައި ތިބެގެން އުފާވެރި، ކުލަގަދަ އީދެއް ފާހަގަ ކުރުމުގެ ފުރުސަތު ފަހި ކުރުމުގެ ގޮތުން އުރީދޫން "އުރީދޫ އީދު ޝޯ 2020" ގެ ނަމުގައި ޑިޖިޓަލް މިއުޒިކް ޝޯއެއް އިންތިޒާމް ކޮށްފި އެވެ.

ފިތުރު އީދަކީ އާންމު ގޮތެއްގައި އާއިލާއާއި ގާތްތިމާގެ މީހުންނާއި ރައްޓެހިނަށް ޒިޔާރާތްކޮށް، އީދު ސާލާން ބަދަލު ކޮށް، އެންމެން އެއްކޮށް އުފާވެރި ވަގުތުތަކެށް ހޭދަކުރާ ދުވަހެކެވެ.

އުރީދޫ އީދު ޝޯ ގައި ރާއްޖޭގެ މަޝްހޫރު އަދި ކުޅަދާނަ ފަންނުވެރިންތަކެށް ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި ލަވަކިޔުންތެރިން ކަމަށްވާ ޒަކިއްޓެ އާއި އަންޔާ އާއި މީރާ އާއި ޝަންމޫނާއި ހަބޭސް އިންޑީ އާއި ހަބޭސް ތޮލާގެ އިތުރުން އިބްރާހިމް ވަހީދު (ބޮޑުބެ) އަދި ޒަމާނުއްސުރެ ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ ކުޅަދާނަ ގިޓާ ކުޅުންތެރިޔާ ފަސީ ލައިވް ހިމެނެ އެވެ.

Ooredoo Eid Show 2020

Ooredoo Eid Show 2020

އުރީދޫ ޢީދު ޝޯ

އުރީދޫ އީދު ޝޯ ބޭއްވުމަށް ހަމަ ޖެހިފައިވަނީ މިރޭ 9:00 އެއް ޖަހާއިރު އެވެ. މި ޝޯ އުރީދޫގެ ޔޫޓިއުބް ޗެނަލުން ފެންނާނެ އެވެ. އުރީދޫން ވަނީ ގޭގައި ތިބެގެން މި ކުލަގަދަ ޢީދު ޝޯގައި ބައިވެރިވުމަށް އެންމެހާ ފަރާތްތަކަށް ދައުވަތު އަރުވައިފަ އެވެ.

އުރީދޫން ޔޫޓިއިބު މެދުވެރިކޮށް ޝޯއެއް ދައްކާ އިރު އީދާ ދިމާކޮށް ހާއްސަ ޑޭޓާ ޕެކޭޖެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. އެގޮތުން ތިން ދުވަހުގެ މުއްދަތަށް ތިން ޖީބީ ޑޭޓާ 75ރ. އަށް ލިބޭނެ އެވެ