Roadha Mihaaru
ކުޑަކުދިންގެ ހިޔާގައި ތުއްތު ކުއްޖަކު މަރުވެއްޖެ

ކުޑަކުދިންގެ ހިޔާގައި ތުއްތު ކުއްޖަކު މަރުވެއްޖެ

17 އޮކްޓޯބަރ 2016

ހުޅުމާލޭ ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުން އައި ހަ މަހުގެ ކުއްޖަކު މިއަދު މަރުވި މައްސަލައެއް ފެންމަތިވެ، އެކަން ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭ ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުން އައި ހަ މަހުގެ ކުއްޖަކު މިއަދު މަރުވި މައްސަލައެއް ފެންމަތިވެ، އެކަން ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ 11:14 ހާއިރު ކުޑަކުދިންގެ ހިޔާއިން ކުއްޖަކު މަރުވެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުން ބުނެ އެވެ. މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ނޭވާ ނުލާތީ ކުއްލިއަކަށެވެ.

ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބޭ ނުވަ އަހަރުން ދަށުގެ ކުދިން ބަލަހައްޓަން ހާއްސަ އެ މަރުކަޒު ހުޅުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެތަން އިމާރާތްކުރީ ޔޫއޭއީގެ ވިޔަފާރިވެރިއެއްގެ ހަރަދުގަ އެވެ. އެ މަރުކަޒުގައި މިހާރު ވެސް 85 ކުދިން އަންނަނީ ބަލަހައްޓަމުންނެވެ.

ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިން ފާރު މަތިން އަރައިގެން ވަގަށް ބޭރަށް ނުކުތުމުގެ މައްސަލަ މި ފަހުން ވަނީ ދިމާވެފަ އެވެ.