Roadha Mihaaru
އެމްޕީއެލްގެ މައްޗަށް ކުރި އަމުރު އިސްތިއުނާފަށް

މެރީޑިއަމް ނޫން ބައެއްގެ އަތުން ތެޔޮ ނުހޯދަން އެމްޕީއެލްގެ މައްޗަށް ކުރި އަމުރު އިސްތިއުނާފަށް ހުށަހަޅައިފި

17 އޮކްޓޯބަރ 2016

މެރީޑިއަމް ކުންފުނި ފިޔަވައި އެހެން ބައެއްގެ އަތުން ތެޔޮ ނުގަތުމަށް އަންގައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މައްޗަށް ނެރުނު އަމުރު އިސްތިއުނާފް ކުރަން އެމްޕީއެލް އިން ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މެރީޑިއަމް ކުންފުނި ފިޔަވައި އެހެން ބައެއްގެ އަތުން ތެޔޮ ނުގަތުމަށް އަންގައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މައްޗަށް ނެރުނު އަމުރު އިސްތިއުނާފް ކުރަން އެމްޕީއެލް އިން ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދުގެ މަސްލަހަތު އޮންނަ މެރީޑިއަމް ކުންފުނި ފިޔަވައި އެހެން ބައެއްގެ އަތުން ތެޔޮ ނުގަތުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރުނީ އެމްޕީއެލްއަށް ބޭނުންވާ ތެޔޮ ހޯދަން މެރީޑިއަމާ އެކު އެއްބަސްވުމަށް ފަހު އެހެން ބަޔަކާ ހަވާލުކޮށްގެން އެމްޕީއެލް އިން ތެޔޮ ހޯދަމުންދާތީ އެ މައްސަލަ މެރީޑިއަމުން ކޯޓަށް ހުށަހެޅުމުންނެވެ.

މިދިޔަ ހަފުތާގައި ނެރުނު އަމުރުގައި އެމްޕީއެލް އަށް އަންގާފައި ވަނީ މައްސަލަ ނިމެންދެން، މެރީޑިއަމް ފިޔަވައި އެހެން ބައެއްގެ އަތުން ތެޔޮ ނުގަތުމަށެވެ. އެ އަމުރު އިސްތިއުނާފް ކުރަން މިހާރު ހުށަހަޅާފައިވާ ކަން އެމްޕީއެލް އިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އެމްޕީއެލް އިން ބުނެފައިވާ ގޮތުގައި މެރީޑިއަމް އަތުން ތެޔޮ ގަތުން ހުއްޓާލީ އެ ކުންފުންޏަށް މިލިއަން ރުފިޔާއިން ގެއްލުންވާތީ އާއި މެރީޑިއަމުން ތެޔޮ ސަޕްލައިކުރުމުގައި އޮޅުވާލައި، ތެޔޮ ސަޕްލައިކުރާ މިންވަރު ޔަގީން ނުކުރެވޭތީ ކަމަށެވެ. އެކަމަކު އެ ތުހުމަތުތައް މެރީޑިއަމުން ދޮގު ކުރެއެވެ.