Roadha Mihaaru
އެޗްޕީއޭގެ އިރުޝާދުތަކަށް އާންމުން ކަމޭހިތި: ޝީނާ

ބަލި މިވަރަށް ކޮންޓްރޯލްވީ އާންމުންގެ އެއްބާރުލުން ލިބުމުން: ޑރ. ޝީނާ

28 މެއި 2020

ކޮވިޑް-19 ރާއްޖޭގައި ފެތުރޭ މިންވަރު މިހާރު ދަށް ކުރެވިފައި ވަނީ ކަމާ ބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް އާންމުން ބޯލަނބައި ފުރިހަމަ އެއްބާރުލުން ދިނުމުން ކަމަށް، މި ބައްޔާ ގުޅޭ ގޮތުން ސަރުކާރަށް ލަފާ ދެއްވާ ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ މިރޭ ވިދާޅުވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮވިޑް-19 ރާއްޖޭގައި ފެތުރޭ މިންވަރު މިހާރު ދަށް ކުރެވިފައި ވަނީ ކަމާ ބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް އާންމުން ބޯލަނބައި ފުރިހަމަ އެއްބާރުލުން ދިނުމުން ކަމަށް، މި ބައްޔާ ގުޅޭ ގޮތުން ސަރުކާރަށް ލަފާ ދެއްވާ ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ މިރޭ ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހުގެ 15 ގައި މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި އިއުލާންކޮށްފައިވާ ލޮކްޑައުން އަށް ދޭ ލުއިތައް އިއުލާން ކުރުމަށް ބޭއްވި މީޑިއާ ބްރީފިންގައި، ރާއްޖެ އިން ކޮވިޑް-19 ފެނުނު ފަހުން މިހާތަނަށް އެ ބަލި ފެތުރިފައިވާ އިންފެކްޝަން ރޭޓުތައް ޑރ. ޝީނާ ހިއްސާ ކުރެއްވި އެވެ. އެގޮތުން، ބަލި ފެތުރިދާނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ ބަލި ފެތުރިފައިވާ މިންވަރު ވަރަށް ބޮޑަށް ދަށްކަން އޭނާ ފާހަގަކުރެއްވި އެވެ.

ޝީނާ ވިދާޅުވި ގޮތުގައި، ކޮވިޑް-19 ގައި ހޮސްޕިޓަލުގައި އެޑްމިޓްކުރާނެ ކަމަށް ލަފާކުރި އަދަދަށް ވުރެ އެޑްމިޓްކުރި މީހުންގެ އަދަދު ވެސް މިހާރު ދަށެވެ.

ބަލި ފެންނަ މިންވަރު މަދުވެ، މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގެ ލޮކްޑައުން އަށް އަދިވެސް ވަރަށް ބޮޑަށް ހިފެހެއްޓިފައިވާ ލުއިތަކެއް ދޭން ނިންމާފައިވާއިރު، ޑރ. ޝީނާ ވިދާޅުވީ ބަލި އެންމެ ބޮޑަށް ފެތުރިދާނެ ކަމަށް ލަފާކުރީ ގިނަ ބަޔަކު އުޅޭ ތަންތަނުގައި ކަމަށެވެ. ވަކިން ހާއްސަކޮށް ބިދޭސީން ދިރިއުޅޭ ތަންތަނުގެ ވާހަކަ ފާހަގަކުރައްވައި ޑރ. ޝީނާ ވިދާޅުވި ގޮތުގައި، އެ ތަންތަން މޮނިޓާކޮށް، ހެދި އެންޓި ބޮޑީ ޓެސްޓުތަކުން، ގިނަ މީހުންގެ ގައިން އެންޓި ބޮޑީސް ފެނިފައިވެ އެވެ. އެހެންވެ، އެ މީހުންގެ ގައިން ކޮވިޑް-19 އެހެން މީހުންނަށް ފެތުރުމުގެ ފުރުސަތު ކުޑަ ކަމަށް ޝީނާ ވިދާޅުވި އެވެ. މިހާރު މި ބަލީގެ ކޭސް ރިޕޯޓުތަކުން ދައްކާ ގޮތުން ގިނައިން ފެންނަނީ ގޭބީސީތަކުން ކަމަށް ވިދާޅުވި އެވެ.

ޝީނާ ވިދާޅުވީ އާންމުންގެ ތެރޭގައި ބަލި ފެތުރޭ މިންވަރު ދަށްވުމުގެ އެންމެ މައިގަނޑު އެއް ސަބަބަކީ އެޗްޕީއޭގެ އިރުޝާދުތަކަށް އާންމުން ކަމޭހިތައި، ބޯލެނބުން ކަމަށެވެ.

"މީގެ އެންމެ މުހިންމު ކަމަކީ އާންމުން ވަރަށް ބޮޑަށް އެޗްޕީއޭއިން ދިން އިރުޝާދުތަކަށް ކަމޭ ހިތައިފި. އެގޮތަށް ދެއްވާ އިރުޝާދުތަކާ އެއްގޮތަށް މަސައްކަތް ކޮށްފި. އެއީ ކަންނޭނގޭ އެ ވަރަށް އިންފެކްޝަން ރޭޓު ދަށް ކުރެވުމުގެ ސަބަބަކީ،" އޭނާ ވިދާޅުވި އެވެ.

ޝީނާ ވިދާޅުވި ގޮތުގައި، ކޮވިޑް-19 ގައި ހޮސްޕިޓަލުގައި އެޑްމިޓްކުރާނެ ކަމަށް ލަފާކުރި އަދަދަށް ވުރެ އެޑްމިޓްކުރި މީހުންގެ އަދަދު ވެސް މިހާރު ދަށެވެ. ނަމަވެސް ލޮކްޑައުން އަށް ލުއިތަކެއް ދިނުމާ އެކު، އަތުވެދާނެ ހާލަތަކަށް ބަލައި މިހާރު ވެސް ކަމާގުޅޭ ފަރާތްތައް ތިބީ ތައްޔާރަށް ކަމަށް ވިދާޅުވި އެވެ.

ޝީނާ ވިދާޅުވީ އާންމުންގެ ތެރޭގައި ބަލި ފެތުރޭ މިންވަރު ދަށްވުމުގެ އެންމެ މައިގަނޑު އެއް ސަބަބަކީ އެޗްޕީއޭގެ އިރުޝާދުތަކަށް އާންމުން ކަމޭހިތައި، ބޯލެނބުން ކަމަށެވެ.

ބަލި ފެތުރިފައިވާ މިންވަރު ދަށްވުމާ އެކު، އާންމުންގެ ތެރޭގައި އެންޓި ބޮޑީ ހުރި މިންވަރުގެ އިތުރުން ސިއްހީ ނިޒާމު މިހާރު ވަރުގަދަވެ، ބަލި މީހުންނަށް ފަރުވާދެވޭނެ ފުރިހަމަ ނިޒާމެއް ގާއިމްވެފައި އޮތުމަކީ ލޮކްޑައުން އަށް ލުއިދޭ ސަބަބުތަކެއްގެ ކަމަށް ހެލްތު މިނިސްޓްރީގެ ކުރީގެ ޑިރެކްޓަ ޖެނެރަލް ޝީނާ ވިދާޅުވި އެވެ.

މާލެއިން ކޮވީޑް-19 ފެނި އޭޕްރިލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ފުލް ލޮކްޑައުންއެއްގައި އޮންނަތާ ދޮޅު މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، މިހާރު ރާއްޖެއިން ފެނިފައި ވަނީ މިބަލީގެ ޖުމްލަ 1،457 މީހުންނެވެ. އޭގެ ތެރެއިން 242 މީހުން ރަނގަޅުވެފައިވާއިރު މަރުވެފައި ވަނީ ފަސް މީހުންނެވެ.

ދުނިޔޭގެ އެންމެ ބައިބޯ ސިޓީ، މާލެއިން މި ބަލި ފެނުނު އިރު ދުވާލަަކު 100 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވަމުން ދިޔަ ނަމަ ވެސް މިހާރު އެ އަދަދު މަދުވެ ދުވާލަކު 50 ކޭސް ވެސް ހަމަ ނުވެ އެވެ. ބަލި ޖެހިފައިވާ މީހުންނަށް ބަލާއިރު އެ މީހުންގެ ކޮންޓެކްޓްސްވެސް ވަރަށް ބޮޑަށް ދަށްކުރެވިފައިވާކަން އެޗްޕީއޭއިން ފާހަގަކުރެ އެވެ.