ރާއްޖެެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވޭހި ބައެއް ރަށްތަކުގައި ފެން ބޮޑުވެއްޖެ އެވެ.
ރާއްޖެެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވޭހި ބައެއް ރަށްތަކުގައި ފެން ބޮޑުވެއްޖެ އެވެ.
ހއ. އުލިގަމު ކައުންސިލުން ބުނީ އެ ރަށަށް މިހާރު ވެސް މެދު ނުކެނޑި ވާރޭ ވެހޭއިރު ރަށު ތެރޭގައި ފެންބޮޑުވެފައިވާ ކަމަށެވެ. މި ހާލަތުގައި އިންޖީނު ގެއަށް ފެން ވަދެދާނެ ކަމުގެ ބިރު އޮތުމުން، މަގުތަކުގައި ފެން ހިންދަން ވެލި ބަސްތާ ޖަހަމުން އަންނަ ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލްގެ ނައިބު ރައީސް އިމާދު އަބްދުﷲ ވިދާޅުވި. ގޮތުގައި ބައެއް ގެތަކަށް ފެންވަދެ، ހިފައި ގެންގުޅޭ ސާމާނުތަކަށް ވަނީ ގެއްލުން ލިބިފަ އެވެ.
"މި ރަށުގައި ފެންބޮޑުވެއްޖެއްޔާ އެންމެ ބޮޑު ނުރައްކަލެއް ވަނީ އިންޖީނު ގެއަށް. އެއީ އެންމެ އަޑި ސަރަަހައްދުގައި ހުންނާތީ. އިންޖީނުގެއަށް ފެން ވަނަ ނުދޭން ކައުންސިލާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރަމުން އަންނަނީ،" އޭނާ ވިދާޅުވި އެވެ.
ހުޅަނގު މޫސުމާ އެކު މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވެފައި ވާއިރު މޫސުމާ ބެހޭ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ނ. އަތޮޅާ ހަަމައަށް މިރޭ އޮރެންޖް އެލާޓް ނެރެފަ އެވެ. އެ އެލާޓްގައިވާ ގޮތުން އެ ހަތަރު އަޅުގައި ވެސް އާއްްމު ގޮތެއްގައި ބޯކޮށް ވާރޭ ވެހި ފެންބޮޑާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ހއ. އުލިގަމުގައި ފެންބޮޑުވެފައި
މެޓް އޮފީހުގެ އެސިސްޓަންޓް މީޓިއޮރޮލޮޖިސްޓް އަބްދުﷲ ހާފިޒު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑު ސަރަހައްދުތަކަށް މޫސުން ގޯސް ވާނެ ކަމަށެވެ. މިއީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި މާދަމާގެ ނިޔަލަށް އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް މޫސުން މާ ބޮޑަށް ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10-20 މޭލުގެ ދެމެދުގައި ވައި ޖެހޭނެ އެވެ. އަދި ކަނޑުގަދަވާނެ ކަމަށާއި އެކަމަށް ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދޭން އޭނާ އިލްތިމާސްކުރެއްވި އެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ބެލެވެ އެވެ.
"މާދަމާ އިން ފެށިގެން ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅު ވާނެ ކަމަށް ބެލެވޭ، މުޅި ރާއްޖެއަށް ރަނގަޅުވާނީ އާދިއްތަ ދުވަހުން ފެށިގެން،" ހާފިޒު ވިދާޅުވި އެވެ.
ފެންބޮޑުވާނެ ކަމަށް ލަފާކޮށް ހުވަދުއަށް އޮރެންޖު އެލާޓް
ވިއްސާރަވުމުގެ ކުރިން ދުރާލާ އަންގާފައިވާނެ: މެޓް
ތޫފާންގެ ބާރުގަދަ ވެއްޖެ: މެޓް
ގިނައިން ވާރޭ ވެހުނު ކަމުގެ ރެކޯޑު ދިއްފުއްޓަށް
ފެން ހިންދާ ޕަމްޕް 72 ރަށަކަށް ފޮނުވައިފި
ވިއްސާރައިގެ ގެއްލުންތަކުން ރައްކާތެރިވާން އޮޕަރޭޝަނެއް
މާލޭގެ ގޭގޭގައި ނަޖިސް ލީކުވެ ދިރިއުޅުމަށް ދަތިވެއްޖެ
މިއަދު ވެސް ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް!
މިއީ އިރުވައި މޫސުން ފެށުން އެންމެ ލަސްވި ފަހަރު!
އާ އަހަރު ބަންދުގައި މޫސުން ގޯސް