Roadha Mihaaru
ދެ ރަށެއްގެ ކަރަންޓުގެ މަސައްކަތަށް ހަ މިލިއަން

އުލިގަމުގައި އިންޖީނުގެ އެޅުމާއި މާޅެންދޫގެ ކޭބަލް ބަދަލުކުރަން ބަޔަކާ ހަވާލުކޮށްފި

17 އޮކްޓޯބަރ 2016

ނ. މާޅެންދޫގެ ކަރަންޓް ކޭބަލް ނެޓްވޯކް ބަދަލުކުރުމަށާއި ހއ. އުލިގަމުގައި އިންޖީނުގެއެއް އަޅަން މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ. މި ދެ މަސައްކަތުގެ ޖުމްލަ އަގު ހަަ މިލިއަން ރުފިޔާ އަށް ވުރެ ބޮޑެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނ. މާޅެންދޫގެ ކަރަންޓް ކޭބަލް ނެޓްވޯކް ބަދަލުކުރުމަށާއި ހއ. އުލިގަމުގައި އިންޖީނުގެއެއް އަޅަން މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ. މި ދެ މަސައްކަތުގެ ޖުމްލަ އަގު ހަަ މިލިއަން ރުފިޔާ އަށް ވުރެ ބޮޑެވެ.

މާޅެންދޫގެ ކަރަންޓް ކޭބަލް ބަދަލުކުރުމުގެ މަސައްކަތް ހަވާލުކުރީ އިންޑިޔާގެ އެމްއެމް އެކްސްޕޯޓް ކުންފުންޏަށެވެ. އެ މަސައްކަތަށް 1.8 މިލިއަން ރުފިޔާ ހަރަދުކުރާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުންޏެވެ. އެ މަސައްކަތް ހަވާލުކުރީ 35 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އުލިގަމުގައި އިންޖީނުގެއެއް އަޅަން ހަވާލުކުރީ ވެލްޑިން އެންޑް ކޮންސްޓްރަކްޝަން ކުންފުންޏަށެވެ. އެ މަސައްކަތް ނިންމަން ހަވާލުކުރީ 196 ދުވަހުގެ ތެރޭގަ އެވެ. އެ މަސައްކަތުގެ އަގަކީ 4.7 މިލިއަން ރުފިޔާ އެވެ.

އުލިގަމުގައި އިންޖީނުގެ އެޅުމުގެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ފެނަކައިގެ އެމްޑީ ޝަރީފް (މ) އަދި ވެލްޑިން ކޮންސްޓްރަކްޝަން ކުންފުނީގެ އެމްޑީ ސޮއިކުރެއްވުމަށްފަހު އެއްބަސްވުން ބަދަލުކުރައްވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް 24 ގަޑިއިރު ކަރަންޓް ޔަގީން ކުރުމަށް ކަމަށެވެ. އެގޮތުން މިއަދު ހަވާލުކުރި ދެ މަސައްކަތަކީ ވެސް އޭގެ ތެރޭގައި ހިމެނޭ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މާޅެންދޫގައި ކަރަންޓު ދެމުން އަންނަނީ އެންމެ ކުރިން ބޭނުންކުރަން ފެށި ކޭބަލްގެ އެހީގައި ކަމަށް ވުމުން އެ ރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރަން ކޮންމެހެން މަސައްކަތް ކުރަންޖެހޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އުލިގަމުގައި އިންޖީނުގެ އެޅުމަށް މީގެ ކުރިން ވެސް މަސައްކަތް ކުރި ކަމަށާއި ނަމަވެސް ބޭނުންވާ ބިން ހަމަޖެހުމުގައި މައްސަލަތަކެއް ދިމާވެގެން އެކަން ދިގުދެމިގެން ދިޔައީ ކަމަށް ޝަރީފް ވިދާޅުވި އެވެ. އެ މައްސަލަތައް ހައްލުކޮށް ހުރިހާ ކަމެއް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.