Roadha Mihaaru
ކާތިކް ބޭނުމީ ދީޕިކާ ކަހަލަ އަންބެއް

ކާތިކް ބޭނުމީ ދީޕިކާ ކަހަލަ އަންބެއް

06 ޖޫން 2020

ހަޔާތުގެ ބައިވެރިއަކަށް ބޭނުންވަނީ ދީޕިކާ ޕަދްކޯން ކަހަލަ އަންބެއް ކަމަށް ބޮލީވުޑްގެ ޒުވާން އެކްޓަރު ކާތިކް އާރިޔަން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހަޔާތުގެ ބައިވެރިއަކަށް ބޭނުންވަނީ ދީޕިކާ ޕަދްކޯން ކަހަލަ އަންބެއް ކަމަށް ބޮލީވުޑްގެ ޒުވާން އެކްޓަރު ކާތިކް އާރިޔަން ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ކުރިއަށް ގެންދިޔަ އިންސްޓަގްރާމް ލައިވް އިންޓަވިއުއެއްގައި ބައިވެރިއަކަށް ބޭނުންވަނީ ކޮން ކަހަލަ މީހެއްތޯ ފޭނަކު ސުވާލުކުރުމުން ކާތިކް ބުނީ އެއީ ދީޕިކާ ކަހަލަ އަންހެނެއް ކަމަށެވެ. އޭނާ ބުނި ގޮތުގައި ދީޕިކާ އަކީ ފިރިއަކަށް ލިބޭނެ އެންމެ ރަނގަޅު އަންބެކެވެ. އަދި ދީޕިކާ ކަހަލަ އަންބަކު ލިބުމަކީ ނަސީބެއް ކަމަށް ވެސް ބުންޏެވެ.

"ދީޕިކާ އަކީ އޭނާގެ ގޮތުގައި ވަރަށް ފުރިހަމަ އަންހެނެއް. އަދި އަހަންނަށް އެނގޭ އޭނާ އަކީ ފިރިމީހާ [ރަންވީރު ސިންގް] ދެކެ ވަރަށް ލޯބިވާ މީހެއް،" ކާތިކް ބުންޏެވެ. "ދީޕިކާ ކަހަލަ އަންބަކު ލިބުމަކީ ފިރިއަކަށް އޭނާގެ ފުރިހަމަ ހައިސިއްޔަތު ވެސް އިހުސާސްކުރެވޭނެ ކަމެއް."

ދީޕިކާ އަށް ތައުރީފުކުރަމުން ގޮސް ކާތިކް ވަނީ ފޭނަކު ކުރި ސުވާލެއްގައި ކެޓްރީނާ ކެއިފާ އެކު ފިލްމަކުން ފެނިދާނެތޯ އެހުމުން އޭނާ އެންމެ ގުޅޭނީ ވެސް ދީޕިކާއާ އެކު ކަމަށް ބުނެފަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޑައިރެކްޓަރު އިމްތިއާޒް އަލީ ވަނީ ކާތިކާއި ދީޕިކާއާ އެކު ފިލްމެއް ހަދަން ނިންމައިފަ އެވެ.

ދީޕިކާ އާއި ރަންވީރު ކައިވެނިކުރީ 2018 ގަ އެވެ. އަދި މި ޖޯޑަކީ ވަރަށް ގިނަ ބަޔަކު ނަމޫނާއަކަށް ވެސް ބަލާ ވަރަށް ލޯބިން އުޅޭ ޖޯޑެކެވެ. ދެ މީހުންގެ ގުޅުން ކިހާ އުފާވެރިކަން އެ މީހުންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވެސް ފާހަގަކުރެވޭނެ އެވެ.

ދީޕިކާ ކަހަލަ އަންބަކަށް ކާތިކް އުންމީދުކުރާ އިރު، އޭނާއާ ބައެއް ބަތަލާއިންނާ އަޅުވާކިޔާފައިވެ އެވެ. އޭގެ ތެރޭގައި ކާތިކާ އެކު "ޕަތީ ޕަތުނީ އޯރް ވޯ" ކުޅުނު އަނަންޔާ ޕާންޑޭ އާއި "ލަވް އާޖް ކަލް" ކުޅުނު ސާރާ އަލީ ޚާންގެ އިތުރުން މިހާރު "ދޯސްތާނާ 2" ގެ ބަތަލާ ޖާންވީ ކަޕޫރް ހިމެނެ އެވެ.