Roadha Mihaaru
ހަމަނުޖެހުންތައް ބަލަން ނިންމުމުން މިނިސްޓަރު ގޯސްވެއްޖެ

މަޖިލީހުގެ ހަމަނުޖެހުންތައް ބަލަން ނިންމުމުން މިނިސްޓަރު ގޯސްވެއްޖެ

05 ޖޫން 2020

ގާނޫނުއަސާސީ އިސްލާހު ކުރުމަށް ހޯމަ ދުވަހުގެ ދަންވަރު މަޖިލީހުގައި ބޭއްވި ޖަލްސާގައި ހިންގި ހަމަނުޖެހުންތައް ފުލުހުން ތަހުގީގުކޮށް އިންސާފު ހޯއްދަވައިދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވުމުން، އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު އެކަމަށް ފާޑުވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ގާނޫނުއަސާސީ އިސްލާހު ކުރުމަށް ހޯމަ ދުވަހުގެ ދަންވަރު މަޖިލީހުގައި ބޭއްވި ޖަލްސާގައި ހިންގި ހަމަނުޖެހުންތައް ފުލުހުން ތަހުގީގުކޮށް އިންސާފު ހޯއްދަވައިދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވުމުން، އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު އެކަމަށް ފާޑުވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަން ހުރަސްއެޅޭ ގޮތަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އަޑުގަދަ ކުރައްވަން ފެއްޓެވެމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އޭނާގެ ނަން އިއްވަވައިފަ އެވެ. އެއާއެކު އެމްޑީޕީގެ މެމްބަރުން އޭނާ މަޖިލީހުގެ ތަޅުމުން ބޭރަށް ނެރެން ކުރި މަސައްކަތުގެ ތެރޭގައި ހަމަނުޖެހުން އުފެދި ޝިޔާމަށް އަނިޔާވި އެވެ. އެ އަނިޔާގައި އޭނާގެ މޭ ކަށިގަނޑާއި މައިބަދައިގައި ރެނދުލާފައިވާ ކަމަށާއި މައްސަލަ ޕޮލިހަށް ހުށަހަޅާފައިވާ ކަމަށް އިދިކޮޅު ޕީޕީއެމުން ވަނީ ބުނެފަ އެވެ.

Majileehuge hamanujehunthah balai insaafu hoadhai dheynan: Minister

Majileehuge hamanujehunthah balai insaafu hoadhai dheynan: Minister

The most trusted news source in the Maldives

Mihaaru

މަޖިލީހުގެ ހަމަނުޖެހުންތައް ތަހުގީގު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވުން

އެ މައްސަލަ ތަހުގީގު ކުރައްވާނެ ކަމަށް މިނިސްޓަރު ރޭ ވިދާޅުވެފައިވަނިކޮށް ހަސަން ލަތީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ކުޑަ ވެސް ތާއީދެއް އެއްވެސް ދާއިރާއަކުން މިނިސްޓަރުގެ އަދާލަތު ޕާޓީ އަށް ލިބި މަޖިލީހުގެ އެންމެ ގޮނޑިއެއް ވެސް ކާމިޔާބު ކުރެވިފައި ނުވާ ކަމަށެވެ. އެކަން އެގޮތަށް އޮއްވައި މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން މިނިސްޓަރު ހުރެގެން ނުވާނެ ކަމަށް އޭނާގެ ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.

މިނިސްޓަރަށް ފާޑުވިދާޅުވެ ހަސަން ލަތީފް ކުރެއްވި ޓްވީޓް

ހަސަން ލަތީފްގެ އެ ޓްވީޓަށް ރިޕްލައި ކުރި ބައެއް މީހުން ހޯމް މިނިސްޓަރަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވެ އެވެ. އަނެއް ބަޔަކު ވަނީ މަޖިލީހުގެ ތެރޭގައި ވެސް ޖިނާއީ ކުށެއް ކުރާނަމަ އެކަން ތަހުގީގު ކުރަން ޖެހޭނެ ކަމަށް ބުނެފަ އެވެ.

މިނިސްޓަރު އިމްރާން ރޭ ވިދާޅުވީ މި ސަރުކާރުން އެންމެ މުހިންމު ކަމެއް ދީފައިވާ އެއް ކަމަކީ ދައުލަތުގެ މުއައްސަސާތައް މިނިވަންކަމާ އެކު ހިންގުން ކަމަށެވެ. މިނިވަން މުއައްސަސާތައް ހިންގުމުގެ ތެރެއަށް ސަރުކާރުން ނުވަންނާނެ ކަމަށް ވިދާޅުވި އެވެ.

އެކަމަކު މަޖިލީހުގައި ހިނގައިދިޔަ ހަމަނުޖެހުން ބަލައިދޭން ހުށަހަޅާފައިވާތީ، އޮންނަ އުސޫލުން ފުލުހުން އެކަން ތަހުގީގު ކުރާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

"އެކަންކަމުގައި އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުއެޅުން އެއީ އަޅުގަނޑު ގަބޫލު ކުރާގޮތުގައި ފުލުހުންގެ މައްޗަށް އޮތް ޒިންމާއެއް. އެހެންކަމުން އިންސާފުވެރިގޮތުގައި އެ މައްސަލަތައް ބަލައި ތަހުގީގު ކުރެވި އޭގައި ލިބިދޭން ޖެހޭ ހައްގު ކޮންމެ ފަރާތަކަށްވެސް އެންމެ ހައްގު ގޮތުގައި ލިބިދިނުމަށް މަސައްކަތް ކުރުން އަޅުގަނޑުގެ ހިތުން މިއީ އަޅުގަނޑުމެން މިކުރާ މަސައްކަތް،" މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރު ކޯލިޝަންގެ ވެސް މައި ޕާޓީ އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ޝިޔާމާ ދެމެދު ހިނގި އެ ހަމަނުޖެހުންތަކުގައި އެމްޑީޕީގެ މެމްބަރުންނަށް ވެސް އަނިޔާވެފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ޝިޔާމަށް އަނިޔާވީ އެ ރޭ ދަންވަރު 1:30 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި އަޑުގަދަ ކުރަން ފެއްޓުމުން އޭނާގެ ނަން އިއްވައި މަޖިލީހުން ނެރުމުގެ ތެރޭގަ އެވެ. ޝިޔާމްގެ ނަން އިއްވުމުން ވެސް އޭނާ މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިނުގަތުމުން ނަޝީދު ހެއްދެވި ގޮތަކީ ޝިޔާމް ނެރުމަށް އެމްޑީޕީގެ މެމްބަރުންނަށް އެންގެވީ އެވެ. އެއާއެކު، މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ޝިޔާމް ވަށައިލައި އޭނާ މަޖިލީހުން ނެރުމަށް މަސައްކަތް ފެއްޓެވި އެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މެމްބަރެއްގެ ނަން ރިޔާސަތުން އިއްވައިފި ނަމަ އެ މެމްބަރަކު މަޖިލީހުން ނެރުމުގައި އިސްކޮށް ހުންނަވާނީ ސާޖަންޓް އެޓް އާމްސް އެވެ. އެކަމަކު، އެ ރޭގެ ޖަލްސާގައި ފެނުނީ ޝިޔާމް ގަދަކަމުން މަޖިލީހުން ނެރުމަށް އެމްޑީޕީގެ މެމްބަރުން އުޅުއްވި ތަނެވެ.