މިދިޔަ އަހަރުގެ ޖުލައި 24 ގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް މަޖިލީހުގެ އިދާރާ އިން ގަދަކަމުން ނެރުނު މައްސަލައިގައި ޒިންމާވާން ޖެހޭ ފުލުހުންނާއި ސިފައިން މަޖިލީހުގެ އިމްތިޔާޒް ކޮމިޓީ އަށް ހާޒިރުކުރަން މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ މިއަދު ހުށަހަޅުއްވައިފި އެވެ.
28 ނޮވެމްބަރ 2018
މިދިޔަ އަހަރުގެ ޖުލައި 24 ގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް މަޖިލީހުގެ އިދާރާ އިން ގަދަކަމުން ނެރުނު މައްސަލައިގައި ޒިންމާވާން ޖެހޭ ފުލުހުންނާއި ސިފައިން މަޖިލީހުގެ އިމްތިޔާޒް ކޮމިޓީ އަށް ހާޒިރުކުރަން މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ މިއަދު ހުށަހަޅުއްވައިފި އެވެ.
ސަރުކާރު ކޯލިޝަންގެ އަޣުލަބިއްޔަތު އޮންނަ އިމްތިޔާޒް ކޮމިޓީއަށް އިންތި ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ އެ ދުވަހު މެމްބަރުން މަޖިލީހަށް ވަންނަވަން މަސައްކަތް ކުރެއްވުމުން އެސްއޯ ފުލުހުންނާއި ސިފައިން އެ މެމްބަރުންގެ ގަޔަށް އަތްލައި، މެމްބަރުންގެ ލޮލަށް ޕެޕާ ސްޕްރޭ ޖަހާފައިވާ ކަމަށެވެ. އަދި މެމްބަރުން މަޖިލީހުގެ އިދާރާ އިން ބޭރުކޮށްލީ "ދަމައި ކޫއްތާފައި" ކަމަށް އެ މައްސަލައިގައިވެ އެވެ.
މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަނުމަށް ވަޑައިގަތުމާއި ގުޅިގެން ފުލުހުންނާއި ދެމެދު ހިނގި ކުރިމަތިލުން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކަމަށް ބުނެ، އެ ދުވަހު މަޖިލީހަށް ވެންނެވުމަށް މަސައްކަތް ކުރެއްވީ މިހާރު ސަރުކާރުގެ ކޯލިޝަންގައި ތިއްބެވި މެމްބަރުންނެވެ. އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އިދިކޮޅު މެމްބަރުން މަޖިލިހަށް ވަންނަވަން އުޅުއްވި ނަމަވެސް، އޭރުގެ ސަރުކާރުގެ އަގުލަބިއްޔަތު އޮތް މަޖިލިހުގެ ރިޔާސަތުން އެ ދުވަހަށް އެއްވެސް ޖަލްސާއެއް އެޖެންޑާކޮށްފައެއް ނުވެ އެވެ.
އިންތި ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވާ ގޮތުގައި މެމްބަރުން މަޖިލީހަށް ވަނުމާއި ނުކުތުމަކީ ކޮންމެ ދުވަހެއްގެ، ކޮންމެ ވަގުތެއްގައި ވެސް ހުއްދަ ކަމެކެވެ. އެހެންވެ، މެމްބަރުން މަޖިލީހަށް ވަނުން މަނާކުރެވޭނެ ގާނޫނީ އެއްވެސް ހަމައެއް ނޯންނާނެ ކަމަށް އެ މައްސަލައިގައިވެ އެވެ. އަދި އެ ދުވަހު މަޖިލީހަށް މެމްބަރުން ނުވަދެވޭނެ ކަމަށް މަޖިލީހުގެ އިދާރާއިން އަންގާފައި ނެތް ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އިންތިގެ ހުށައެޅުއްވުމުގައި ބުނެފައި ވަނީ ސިފައިންނާއި ފުލުހުން މަޖިލީހުގެ އިދާރާ އަށް ވަދެ، މެމްބަރުންގެ ގަޔަށް އަތްލައި، އަނިޔާވެރިވުމުގެ ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށެވެ. އަދި އެ ދުވަހުގެ ފަހުން ވެސް މެމްބަރުންނަށް ހުރަސް އަޅައި، މަޖިލީހުގެ ދޮރާށި މަތިން ބޭރަށް "ހޫރާލުމުގެ" އެތައް އަމަލެއް ސިފައިން ހިންގާފައިވާ ކަމަށް ވެސް އޭގައި ބުނެފައިވެ އެވެ.
އިންތި ވިދާޅުވި ގޮތުގައި ސަލާމަތީ ބާރުތަކުން މެމްބަރުންނާ މެދު އަމަލުކޮށްފައި ވަނީ ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނާ ހިލާފަށެވެ.
އެދުވަހު މަޖިލިސް ތެރޭގަ އާއި ބޭރުގައި ހިނގި ހަމަނުޖެހުންތަކުގައި ބައެއް މެމްބަރުންނަށް އަނިޔާވި އެވެ.
އެ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅި ކަމަށް ބުނެ، ބައެއް މެމްބަރުންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ދައުވާ ވެސް އުފުލި އެވެ. އެކަމަކު ޕީޖީން މިހާރު ވަނީ އެ މައްސަލަތައް އަނބުރާ ނަގައިފަ އެވެ.
ސިފައިންނާއި ފުލުހުންގެ ވެރިން ކޮމިޓީއަށް ހާޒިރުކުރަނީ
ލިޔުންތައް ނުލިބިގެން އާދަމް ޝަރީފާ ސުވާލެއް ނުކުރެވުނު
އެ ދުވަހު ސިފައިންނާއި ފުލުހުން ވެސް ގޯސް
ޝިދާތާގެ ރުޅި އެމްޑީޕީއަށް: ވޯޓަށް އަދާލަތު މުހިއްމުވޭ
ހަމަނުޖެހުންތައް ބަލަން ނިންމުމުން މިނިސްޓަރު ގޯސްވެއްޖެ
18 ވަނަ މަޖިލިހުގެ ފަހު ޖަލްސާ ހޯމަ ދުވަހު
ދައުރު ހަމަވާއިރު،މަޖިލިހުގެ މަސައްކަތްތައް ފުނިޖެހިފައި
ދެ ބިލަށް ވޯޓަށް ނޭހޭތީ ރައީސް ކަންބޮޑުވޭ: ހޫދު
ދައުރުން ބޭރުން ޖަލްސާ ބާއްވަން ތާއީދެއް ނުލިބުނު!
މެމްބަރުން ވަކިވިޔަސް ވޯޓު ގުނާ ގޮތަށް ބަދަލެއް ނާދޭ