ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާގެ އިތުރު 719 މީހަކު އެ ގައުމުގެ މަނަވަރެއްގައި މިއަދު ފުރައިފި އެވެ.
05 ޖޫން 2020
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާގެ އިތުރު 719 މީހަކު އެ ގައުމުގެ މަނަވަރެއްގައި މިއަދު ފުރައިފި އެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ މީހުން އަނބުރާ އެ ގައުމަށް ގެންދަނީ ދިޔަ މަހުގެ ކުރީކޮޅު ފެށި "ވަންދޭ ބާރަތު" އޮޕަރޭޝަންގެ ދަށުންނެވެ. ކޮވިޑް-19 އާ ގުޅިގެން އެކި ގައުމުތަކުގައި ތާށިވެފައި ތިބި އިންޑިއާގެ މީހުން ގައުމަށް ގެންދިއުމަށް އިންޑިއާގެ ސަރުކާރުން ވަނީ ޚާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ.
އިންޑިއާގެ މީހުން އަނބުރާ ގައުމަށް ގެންދާއިރު އިސްކަންދެނީ މާބަނޑު މީހުންނާއި މެޑިކަލް އިމަޖެންސީ ކުރިމަތިވެފައިވާ މީހުންގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނަށެވެ. އިންޑިއާގެ އަސްކަރީ މަނަވަރުތަކުން މިހާތަނަށް 1،400 މީހުން ރާއްޖެ އިން ގެންގޮސްފައި ވާއިރު، ވައިގެ މަގުން 300 އަށް ވުރެ ގިނަ މީހުން ގެންދިޔަ އެވެ.
The first batch of passengers embark #INSJalashwa !@MEAIndia @indiannavy pic.twitter.com/QHLqIYYhrV
— India in Maldives (@HCIMaldives) June 5, 2020
އިންޑިއަން ހައި ކޮމިޝަން އިން މިއަދު ކުރި ޓްވީޓެއް
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުގެ ޑެޕިއުޓީ ހައި ކޮމިޝަނަރު ޝްރީ ރޯހިތު ރަތޭޝް "މިހާރު" އަށް ވިދާޅުވީ، މިއަދު ފުރި މަނަވަރު ދަތުރުކުރާނީ ޓެމިލްނާޑޫ އަށް ކަމަށެވެ. މާލެ އިން މީގެ ކުރިން ފުރި އިންޑިއާގެ މަނަވަރުތައް ދަތުރުކޮށްފައި ވަނީ ކޮޗިންއަށެވެ. މި
މިއަދު ފުރި މީހުންނަށް ވެސް އެ މީހުން ބޭނުން ތަނަކަށް ދިއުމުގެ ފުރުސަތު ދޭނީ އެހެން ފަހަރުތަކެކޭ އެއްގޮތަށް ކަރަންޓިން ފެސިލިޓީއެއްގައި 14 ދުވަހަށް ބޭތިއްބުމަށް ފަހު އެވެ.
"މިއަދު ފުރި މަނަވަރުގައި ގިނައިން ދިޔައީ ޓެމިލްނާޑޫ މީހުން ކަމަށް ވުމުން އެ މަނަވަރު ދަތުރުކުރާނީ އެ ސްޓޭޓުގެ ތޫތުކޮޑީ އަށް،" ރޯހިތު ވިދާޅުވި އެވެ.
މި މަހުގެ 16، 17 އަދި 18 ގައި ވައިގެ މަގުން ވެސް އިތުރު ބަޔަކު ގެންދާނެ ކަމަށް ރޯހިތު އިއްޔެ ވިދާޅުވި އެވެ. "ވަންދޭ ބާރަތު" އޮޕަރޭޝަންގެ އިތުރުން، ރާއްޖެގައި ހިންގާ ކުންފުނިތަކުގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުން އެ ގައުމަށް ގެންދިއުމުގައި ޗާޓަރު ފްލައިޓުތައް ހަމަޖެއްސުމުގައި ވެސް ހައި ކޮމިޝަނުން އަންނަނީ އެހީވަމުންނެވެ. މިދިޔަ ދެ ދުވަހު 342 އިންޑިއާ މީހަކު ޗާޓަރު ފްލައިޓުގައި އެ ގައުމަށް އަނބުރާ ގޮސްފައި ވެ އެވެ.
އިންޑިއާގެ ގާތްގަނޑަކަށް 27،000 މީހުން އެކި ދާއިރާތަކުގައި ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ކަމަށް އިންޑިއަން ހައި ކޮމިޝަނުން ބުނެފައި ވެ އެވެ. އޭގެ ތެރޭގައި ޓީޗަރުންނާއި ސިއްހީ މަސައްކަތްތެރިންނާއި ލޭބަރުން ހިމެނެ އެވެ.
ކޮވިޑް-19 އަށް އިންޑިއާގެ 190 މީހަކު މިހާތަނަށް ރާއްޖެ އިން ޕޮޒިޓިވް ވެފައި ވެ އެވެ.
އިންޑިއާގެ އިތުރު 155 މީހަކު ގައުމަށް ފޮނުވައިފި
ޗާޓަރު ފްލައިޓުތަކުގައި 342 އިންޑިއާ މީހަކު ފުރައިފި
އިންޑިއާގެ އިތުރު 153 މީހަކު ގައުމަށް ފޮނުވައިފި
އިތުރު 588 މީހުންނާ އެކު އިންޑިއާ މަނަވަރު ފުރައިފި
އިތުރު 202 މީހުންނާއެކު އިންޑިއާގެ މަނަވަރު ފުރައިފި
ފުރަތަމަ ބުރުގައި 700 މީހުން އިންޑިއާ އަށް ގެންދާނެ
އާޓިފިޝަލް ބީޗުގައި ހަމަނުޖެހުން ހިންގި ބިދޭސީން ޑީޕޯޓު
އިންޑިއާގެ ލޭބަރުންގެ މައްސަލަ އެލްއާރުއޭ އިން ބަލަނީ
ހާލުގައި ޖެހުނީ އިންޑިއާގެ ރެނާޓަސްގެ ލޭބަރުން!
އިންޑިއާގެ ލޭބަރުންތަކެއް ރާއްޖޭގައި ހާލުގައި ޖެހިފައި