Roadha Mihaaru
މީދޫން ގެއްލިގެން ހޯދި މީހާ ފެނިއްޖެ

މީދޫން ގެއްލިގެން ހޯދި މީހާ ފެނިއްޖެ

06 ޖޫން 2020

އައްޑޫ މީދޫން ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ ރޭ ފެނިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ މީދޫން ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ ރޭ ފެނިއްޖެ އެވެ.

މީދޫ ވެހި، މަރިޔަމް މަނިކުފާނު 52، ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ ރޭ 7:40 ހާއިރު އެވެ. އޭނާ ގެއްލިގެން ހޯދާ ވާހަކަ މަރިޔަމްގެ ކުއްޖަކު ފޭސްބުކްގައި ރޭ ނުވައެއް ޖަހާކަންހާ އިރު އާންމު ކުރުމާ އެކު، އެ ވާހަކަ ނޫސްތަކަށް ވެސް އެރިތާ މާ ގިނަ އިރުތަކެއް ނުވަނީސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި މަރިޔަމް ފެނުނު އިރު، ހާލު ރަނގަޅަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހާމައެެއް ނުކުރެ އެވެ.

މަރިޔަމްގެ އާއިލާ އިން ބުނީ އޭނާ ގެއްލިގެން ރިޕޯޓްކުރީ ހެނދުނު ގެއިން ނުކުމެގެން ދިޔަ ގޮތަށް ޚަބަރެއް ނުވެ ލަސްވާން ފެށުމުން ކަމަށެވެ.

އެނގިފައިވާ ގޮތުގައި އޭނާ ގެއިން ނުކުމެގެން ދިޔައީ އާއިލާގެ ބަޔަކާ ދެމެދު އިއްޔެ ހެނދުނު ހިނގި އަރައިރުމަކަށް ފަހު، ހިތްހަމަ ނުޖެހިގެންނެވެ.