ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކުރަން ފެށި 7،000 ފްލެޓްތަކަކީ ކުދި ''ކޮތަރުކޮށިތަކެއް" ކަމަށް ވިދާޅުވެ، ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ. ޔާމީންގެ ސަރުކާރުން އޭރު އެންމެ އިސްކަންދިން އެއް ޕްރޮޖެކްޓުގެ ދަށުން އިމާރާތް ކުރަމުން އަންނަ ފްލެޓްތަކުގެ ފޮޓޯއަކާއެކު ނަޝީދު ސޯޝަލް މީޑިއާގައި ލިޔުއްވި ގޮތުގައި އެއީ "ދަރަނީގެ ދަންތުރައިގެ ފޮޓޯ" އެކެވެ.
07 ޖޫން 2020
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކުރަން ފެށި 7،000 ފްލެޓްތަކަކީ ކުދި ''ކޮތަރުކޮށިތަކެއް" ކަމަށް ވިދާޅުވެ، ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ. ޔާމީންގެ ސަރުކާރުން އޭރު އެންމެ އިސްކަންދިން އެއް ޕްރޮޖެކްޓުގެ ދަށުން އިމާރާތް ކުރަމުން އަންނަ ފްލެޓްތަކުގެ ފޮޓޯއަކާއެކު ނަޝީދު ސޯޝަލް މީޑިއާގައި ލިޔުއްވި ގޮތުގައި އެއީ "ދަރަނީގެ ދަންތުރައިގެ ފޮޓޯ" އެކެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި، ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ ހަވާލުކޮށްގެން ފެށި މަޝްރޫއުގައި އިމާރާތް ކުރަމުން އަންނަނީ 25 ބުރީގެ 16 ޓަވަރެވެ.
ފްލެޓްތައް ހެދުމަށް ޗައިނާގެ އެގްޒިމް ބޭންކުން 437 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވާއިރު، އެކަން ކޮށްފައިވަނީ ސަރުކާރުގެ ސޮވެރިން ގެރެންޓީއާ އެކު، ހަ ޕަސެންޓުގެ އިންޓަރެސްޓް ރޭޓްގަ އެވެ. އެގޮތުން ލޯނުގެ 15 ޕަސެންޓް، ފަސް އަހަރުގެ ތެރޭގައި އަދި އަނެއް 85 ޕަސެންޓް 15 އަހަރުގެ ތެރޭގައި ދަައްކަން ޖެހެ އެވެ.
މިއިން ކޮންމެ ފްލެޓެއްގެ ބޮޑު މިނަކީ 550 އަކަ ފޫޓެވެ.
Hulhumale’ flat thah alhaafa evanee 500 aka foot ge kudhi kotharu koshi thakeh gothah. Eygenthaneh hadhan kharadhu koffa vaakamah bunanee aka footakah MVR1900/-. Mihenkamun kuleege gothugai MVR11,000/- jehey. Dhen mi kihineh dhekolhu jahsaanee. Miee e dharaneege dhanthurage photo pic.twitter.com/abxBybAcom
— Mohamed Nasheed (@MohamedNasheed) June 7, 2020
ފްލެޓްތަކުގެ ޑިޒައިނާ މެދު ހިތްހަމަ ނުޖެހިގެން، މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު، އެ ޑިޒައިން ބަދަލުކޮށް ފްލެޓްތަކުގެ އަދަދު މަދުކުރަން ވެސް ނިންމި އެވެ. އެކަމަކު، ފަހުން ނިންމީ ޑިޒައިނަށް އެއްވެސް ބަދަލެއް ނުގެންނާށެވެ.
ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފްލެޓްތައް އިމާރާތް ކޮށްފައި ވަނީ 500 އަކަފޫޓުގެ ކުދި ކޮތަރުކޮށިތަކެއްގެ ގޮތަށް ކަމަށާއި އެއިން ތަނެއް ހަދަން ހަރަދުކުރި ކަމަށް ބުނަނީ އަކަަފޫޓަކަށް 1،900 ރުފިޔާ ކަމަށެވެ. އެހެންވެ، ކުލީގެ ގޮތުގައި 11،000 ރުފިޔާ ޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ދެން މި ކިހިނެއް ދެކޮޅު ޖައްސާނީ. މިއީ ދަރަނީގެ ދަންތުރައިގެ ފޮޓޯ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު އެހެން ވިދާޅުވި ނަމަވެސް، ޕީޕީއެމްއިން ކުރިން ވެސް އަދި މިހާރު ވެސް ބުނަނީ އެއަށް ވުރެ މާ ކުޑަ އަގެއްގައި ފްލެޓްތައް ދޫކުރެވޭނެ ކަމަށެވެ.
ބޯހިޔާވަހިކަމަށް ބޮޑު ހައްލެއް ގެންނަން ޔާމީންގެ ސަރުކާރުން ފެށި ހިޔާ މަޝްރޫ އަށް ހުޅުވާލުމުން 20،000 އަށް ވުރެ ގިނަ މީހުން ފޯމުލި އެވެ. އޭގެ ތެރެއިން ފްލެޓް ލިބޭނެ މީހުންގެ ލިސްޓު ޔާމީންގެ ސަރުކާރުން ވަނީ އާއްމުކޮށްފަ އެވެ. އެކަމަކު އެ ފްލެޓްތައް ދެނީ ބޭއިންސާފުން ކަމުގެ ތުހުމަތާ އެކު މައްސަލަތައް ބަލަން އާ ސަރުކާރުން ކޮމެޓީއެެއް އެކުލަވާލާފައިވާއިރު، ފްލެޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް އަންނަ މަހުގެ ނިޔަލަށް ފައިނަލްކޮށް ނިންމާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ހަރަދުތަކާ އެކު ފްލެޓު 5،600ރ.އަށް ދެވޭނެ
300 ފްލެޓުން ސްޓެލްކޯގެ މުވައްޒަފުންނަށް އުފަލެއް
ފްލެޓްތަކުގެ ފިނިޝިންއަށް 9 މަސް ނުދޭތީ ކަންބޮޑުވެއްޖެ
ހިޔާ ފްލެޓްތަކުގެ ގުރުއަތުލުން ކުރިއަށް
ފަންނީ މީހުން އާ ފްލެޓަށް ހުށަހެޅުމުގެ ފުރުސަތު ދީފި
ހިޔާ ފްލެޓްތަކުގެ ހަތަރު ލިސްޓަށް 3،000 ޝަކުވާ!
ނާޅާކަމަށް އަސްލަމް ވިދާޅުވި ފްލެޓުގެ މަސައްކަތް އެބަދޭ
އިއުލާންކުރި އެއް ކޮޓަރީގެ ފްލެޓްތަކެއް ނާޅާ: އަސްލަމް
ހިޔާ ފްލެޓުތައް ނިމެން އަށް މަސް ނަގާނެ: އަސްލަމް
މިހުރީ ޓަވަރެއްގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން