Roadha Mihaaru
ޝިޔާމަށް އަނިޔާވި މައްސަލަ: އިމްތިޔާޒު ކޮމިޓީ ބާއްވަނީ

މަޖިލީހުގެ ހަމަނުޖެހުން ހިންގައި، ޝިޔާމަށް އަނިޔާވި މައްސަލައިގައި އިމްތިޔާޒު ކޮމިޓީން ބާއްވަނީ

16 ޖޫން 2020

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން އިއްވައި، އޭނާ މަޖިލީހުގެ ތަޅުމުން ނެރުމުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން، މަޖިލީހުގެ އިމްތިޔާޒުތަކާއި ސުލޫކާ ބެހޭ ކޮމިޓީ މިއަދު ބާއްވަން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން އިއްވައި، އޭނާ މަޖިލީހުގެ ތަޅުމުން ނެރުމުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން، މަޖިލީހުގެ އިމްތިޔާޒުތަކާއި ސުލޫކާ ބެހޭ ކޮމިޓީ މިއަދު ބާއްވަން ނިންމައިފި އެވެ.

ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ބޭއްވި ޖަލްސާގައި ޝިޔާމްގެ ނަން އިއްވުމުން އެމްޑީޕީ މެމްބަރުންތަކެއް އޭނާ މަޖިލީހުން ނެރުމުގައި މެމްބަރުންގެ މެދުގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ޝިޔާމަށް އަނިޔާ ކޮށްފައިވާ ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން ވަނީ ބުނެފަ އެވެ. އެ އަނިޔާތަކާ ގުޅިގެން އިތުރު ފަރުވާއަށް ޝިޔާމް ރާއްޖެއިން ބޭރަށް ދާން ޖެހިދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެ މައްސަލަ ބަލައި ދިނުމަށް އެދި އިމްތިޔާޒު ކޮމިޓީ އަށް ހުށަހެޅުއްވީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ. އެ މައްސަލާގައި ކޮމިޓީ ބައްދަލުވުމެއް މިއަދު މެންދުރު ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.

މަޖިލީހުގައި ހިނގި އެ ހަމަނުޖެހުންތަކަށް ފަހު އިދިކޮޅު މެމްބަރުން ޖަލްސާތަކުގައި ބަައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ. އެއީ އެ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ޔަގީންކަން ނެތުމުން ކަމަށް އިިދިކޮޅު ކޯލިޝަނުން ބުނެ އެވެ.

ޝިޔާމަށް އަނިޔާވި މައްސަލަ ފުލުހުން ވެސް ބަލަމުން އަންނަ އިރު،، އެކަމަށް އިންސާފު ހޯދައި ދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އިމްރާން އެގޮތަށް ވިދާޅުވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ.