ދެކުނުގެ ތިން ސްކޫލެއް ގުޅިގެން އޭ ލެވެލް ދަރިވަރުންނަށް ކިޔަވައިދޭން ފަށައިފި އެވެ.
18 ޖޫން 2020
ދެކުނުގެ ތިން ސްކޫލެއް ގުޅިގެން އޭ ލެވެލް ދަރިވަރުންނަށް ކިޔަވައިދޭން ފަށައިފި އެވެ.
އައްޑޫ ހައި ސްކޫލާއި ގދ. އަތޮޅު ތައުލީމީ މަރުކަޒު އަދި ލ. ގަމުގައި ހުންނަ ހަމަދު ސްކޫލު ގުޅިގެން އެ ތިން ސްކޫލުގެ 388 ދަރިވަރަކަށް އޮންލައިންކޮށް ކިޔަވައިދެމުން އަންނަނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެންނެވެ.
ފައުންޑޭޝަނުން ފެށިގެން ގްރޭޑު 12އާ ހަމައަށް ކިޔަވައިދޭ ހަމަދު ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝައުކަތު ވިދާޅުވީ ހަފުތާއަކު ކޮންމެ ދުވަހަކު ހަތަރު ގަޑިއިރަށް ކިޔަވައިދެމުން އަންނަ ކަމަށެވެ. ކަނޑައަޅާފައިވާ ޝެޑިއުލާ އެއްގޮތަށް ބިޒްނަސް އަދި ސައިންސް ސްޓްރީމްގެ ދަރިވަރުންނަށް ކުރިއަށް އޮތް ތަނުގައި ވެސް އެ ފިލާވަޅުތައް ނެގުން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގުޅިގެން ކިޔަވައިދިނުމުގެ މި ޕްރޮގްރާމުގައި ކިޔަވައިދިނުމުގެ ކަންކަން ރޭވުމުގައި އިސް ރޯލެއް އަދާކުރަނީ، މަތީ ސާނަވީގައި ދުނިޔޭގެ ފެންވަރުން ވެސް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ އައްޑޫ ހައި ސްކޫލުންނެވެ.
"ސްކޫލުތަކުގައި ތިބި ފެންވަރު ރަނގަޅު ޓީޗަރުން ސެޝަންތައް ނަގައިދޭނީ. އެ ސްކޫލަކުން ކިޔަވައިދޭނެ ޓީޗަރުން ކަނޑައަޅާނީ އެ ސްކޫލަކުން. ސްކޫލުތައް ހުޅުވިއަސް މިގޮތަށް ކިޔަވައިދިނުން ދެމިގެންދާނެ. މިކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ދެއްވި ހިތްވަރު ފާހަގަކޮށްލަން،" ޝައުކަތު ވިދާޅުވި އެވެ.
އެ ދަރިވަރުންނަށް ކިޔަވައިދޭން ބޭނުންކުރަނީ ގޫގުލް މީޓެވެ. ގޫގުލް ކްލާސްރޫމުގައި މަސައްކަތް ހަވާލުކުރެ އެވެ.
ދެކުނުގައި ފާހަގަކޮށްލެވޭ މި ތިން ސްކޫލުން މީގެ ކުރިން ވެސް ވަނީ ކިޔެވުމާ ގުޅޭ ކަންކަމުގައި ގުޅިގެން ހަރަކާތްތަކެއް ހިންގައިފަ އެވެ. އެގޮތުން ތަޖުރިބާ ހޯދަން ބޭއްވި ދަތުރުތައް ފާހަގަކޮށްލެވެ އެވެ.
ތަޖުރިބާ ހޯދުމުގެ ދަތުރު ކާމިޔާބު: އައްޑޫ ހައި ސްކޫލް
އައްޑޫ ހައި ސްކޫލުގެ ބޮޑު ވަފުދެއް ހަމަދު ސްކޫލަށް
އައްޑޫގައި ކިޔަވައިދޭތާ 23އަހަރުވީ ޓީޗަރަކު ނިޔާވެއްޖެ
މި އަހަރުގެ ކަލާސް އެވޯޑް ދުވުންތެރިޔާ ހިމްނާ އަށް
ހަމަދު ސްކޫލުގެ އަހަރީ ދުވަސް ތަފާތު ގޮތަކަށް!
ހަމަދު ސްކޫލުން އެއްވަނަ ޖައިލަމް އާއި ހުމެއިޝާ އަށް
އާ އުސޫލުގައި ގްރޭޑް 9އިން ފެށިގެން ތުނބުޅި ބެހެއްޓޭ
ޔުނިފޯމު 2027ގައި ބަދަލުވާ ގޮތުގެ ނަމޫނާ ފޮނުވައިފި
އަމިއްލަ ރަށުގެ ތައުލީމު ބަދަލުކޮށްލި ޕްރިންސިޕަލް
ވޮކޭޝަނަލް ތަމްރީނަށް ހާއްސަ ސްކޫލު ހުޅުވައިފި