19 އޮކްޓޯބަރ 2016
ޕީޕީއެމްގެ ރައީސް މައުމޫނަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި ބާރަށު ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ސުޖާއު ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ވައިބަ ގްރޫޕުން މިރޭ ބޭރުކޮށްލައިފި އެވެ.
ޕީޕީއެމްގެ ރައީސް މައުމޫނަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި ބާރަށު ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ސުޖާއު ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ވައިބަ ގްރޫޕުން މިރޭ ބޭރުކޮށްލައިފި އެވެ.
އެކަން ޕީޕީއެމްގެ އިސް ބޭފުޅަކު "މިހާރު" އަށް ކަށަވަރުކޮށްދެއްވި އެވެ.
ވަހީދާއި ސުޖާއު ވައިބަ ގްރޫޕުން ބޭރުކޮށްފައި މި ވަނީ ކޮމަންވެލްތުން ރާއްޖެ ވަކިވާން މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ސަރުކާރާ ދެކޮޅަށް ވޯޓު ދެއްވާފައި ވަނިކޮށެވެ. އެ ދެ ބޭފުޅުން ހިމެނިވަޑައިގަންނަވާ ގޮތަށް ސަރުކާރު ކޯލިޝަންގެ ހަ މެމްބަރަކު ވަނީ އެ ވޯޓުގައި ޕީޕީއެމް ކޯލިޝަނުން ނެރުނު ތްރީ ލައިން ވިޕާ ހިލާފަށް ވޯޓު ދެއްވާފަ އެވެ.
ޕީޕީއެމް ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ޕާޓީ ދެ ބައިވެ، މައުމޫންގެ ފެކްޝަނަކާއި ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނެއް އުފެދިފައި ވާއިރު، ކޮންމެ ފެކްޝަނަކުން ވެސް ދަނީ ކައުންސިލް ބައްދަލުވުންތައް ބާއްވައި އެކިއެކި ފިޔަވަޅުތައް އަޅަމުންނެވެ. އެ ގޮތުން، މައުމޫންގެ ފެކްޝަނުން ވަނީ ވަހީދު ޕާޓީގެ ނައިބު ރައީސް ކަމަށް އަދި ސުޖާއު ތަރުޖަމާނުގެ މަގާމަށް ރޭ އައްޔަންކޮށްފަ އެވެ.
އެކަމަކު، ރައީސް ޔާމީންގެ ފެކްޝަނުން އެކަން ބަލައެއް ނުގަނެ އެވެ.
ސަރުކާރަށް ފާޑު ވިދާޅުވާ އަދި ދެކޮޅަށް މަޖިލީހުގައި ވޯޓު ދެއްވާ މެމްބަރުންނާ ދެކޮޅަށް މީގެ ކުރިން ވެސް އެކި ފިޔަވަޅުތައް އަޅާފަ އެވެ. އޭގެ ތެރޭގައި، ވައިބަ ގްރޫޕުން ބޭރު ކުރުމުގެ އިތުރަށް، މުހިއްމު ކޮމިޓީތަކުން އާދައިގެ ކޮމިޓީތަކަށް ބަދަލުކުރުމާއި ޕާޓީން ވަކިކުރުން ވެސް ހިމެނެ އެވެ.
ބަދަލުވި މަންޒަރާއި އެންޓި ޑިފެކްޝަން ގާނޫނުގެ ބަހުސް
މަޖިލީހަށް ވަންނަންއުޅުނީ މެމްބަރުންތޯ ސުވާލުއުފައްދައިފި
ޕީޕީއެމް 10 މެމްބަރުންގެ ގޮނޑި ނުގެއްލޭނެ: ވަކީލުން
"ޕީޕީއެމުން ވަކިވި މެމްބަރުން ގޮނޑި ނުގެއްލޭނެ"
ފަލާހުގެ ވާހަކަތަކުން ރިޔާޒް ރަޝީދު ހިތްހަމަނުޖެހިއްޖެ!
އަޅުގަނޑަކީ ޕީޕީއެމް މީހެއް ނޫން، ސިޓީ ނުފޮނުވާތި!
ޕީޕީއެމުން ވަކިކުރި މެމްބަރުންގެ މައްސަލަތައް ބަލަނީ
މެމްބަރު ސިނާން ވެސް ޕީޕީއެމުން ވަކިވެއްޖެ
ސަލީމްގެ ބަހުރުވަ އަނެއްކާވެސް ތަފާތު ވެއްޖެ!
އެ ބޮޑު ގޯހަށް ފަހު އެމްޑީޕީން އަނެއް ކޮޅަށް!