ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދްކޯން އަކީ ނަފުސާނީ މައްސަލަތަކަށް މީހުން ހޭލުންތެރިކޮށް، އެކަމަށް އެހީވެދޭން ފައުންޑޭޝަނެއް ވެސް ހިންގަމުން އަންނަ ބަތަލާއެކެވެ. މީގެ ފަސް އަހަރު ކުރިން ޑިޕްރެޝަނުގެ ތެރޭގައި އުޅެން ޖެހި ތަޖުރިބާކުރަން ޖެހުނު ކަންކަމުން ކުރިމަތިވި ވޭންތައް އޭނާ އަށް ވަރަށް ރަނގަޅަށް އެނގެ އެވެ. އެއާ އޭނާ އާންމުންނާ ހަމަ އަށް ގެނެސްދިނީ އެހީ ހޯދޭނެ ފައުންޑޭޝަނެކެވެ. އެއީ "ލިވް، ލަވް، ލާފް" އެވެ.
26 ޖޫން 2020

ދީޕިކާ ބުނަނީ މެންޓަލް ހެލްތުގެ ވާހަކަ ސިއްރުނުކޮށް ދައްކާށޭ އެވެ. އެހީ ހޯދާށޭ އެވެ.
— Deepika Padukone (@deepikapadukone) June 18, 2020
މި ވާހަކަ އޭނާ މިހާރު ވަނީ ބޮލީވުޑްގެ ޒުވާން އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު ޑިޕްރެޝަނުގެ ތެރޭގައި އުޅެ، އަމިއްލަ އަށް މަރުވި ހާދިސާ އަށް ފަހު އިތުރަށް ދައްކަން ފަށައިފަ އެވެ. ދީޕިކާ ކޮށްފައިވާ ޓްވީޓްތަކެއްގައި އޭނާ ބުނަނީ މެންޓަލް ހެލްތަކީ ވެސް ކެންސަރާއި ހަކުރުބަލި ފަދަ ބައްޔެއް ކަމަށެވެ. އަދި މިކަމަށް ފަރުވާ ވެސް ހޯދޭނެ ކަމަށް ބުންޏެވެ.
ސުޝާންތު ދަންޖެހިގެން މަރުވި ހާދިސާ އަށް އަމާޒުކޮށް، ތަޖުރިބާކާރު ޑޮކްޓަރުންތަކެއްގެ އެހީގައި ދީޕިކާ ވަނީ އެ މައްސަލައާ ބެހޭ މުހިއްމު ވާހަކަތަކެއް ތިލަކޮށް ދީފަ އެވެ. މިއީ އޭގެ ވީޑިއޯ އެވެ. މި ވީޑިއޯގައި ދީޕީކާއާ އެކު ބައިވެރި ވަނީ ޑރ. ޝާމް ބަޓާއި ޑރ. ސުމިތުރާ ޕަތާރޭ އެވެ.
#ސުއިސައިޑްޕްރިވެންޝަން ގެ ނަމުގައި ދީޕިކާ ފެށި މި ކެމްޕޭނަކީ އަމިއްލަ އަށް ފުރާނަ ދުއްވައިލަން ހުއްޓުމަކަށް ގެންނަން ފެށި މަސައްކަތެކެވެ. އޭނާއާ އެކު ދެ ޑޮކްޓަރަކު މި ދައްކާ ވާހަކަ އަޑު އަހާލަމާ ހިނގާށެވެ. ހަމަ ޔަގީނުން ވެސް މުހިއްމު ވާހަކަތަކެއް އެނގިގެންދާނެ އެވެ.
އަމިއްލަ އަށް މަރުވުން ފަދަ ގޯސް ނިންމުމެއް މީހަކު ނިންމާނީ ކަންކަން ވަރަށް ބޮޑަށް ގޯސްވުމުންނެވެ. އެހެންވެ މުހިއްމު ކަމަކީ އެހީ ހޯދުމެވެ. އަމިއްލަ ނަފުސު ކުރިމަތިލާން ޖެހިފައިވާ ކަންކަމުގެ ވާހަކަ ހިއްސާކުރުމެވެ. އެއީ ރައްޓެއްސެއް، އާއިލާ މީހެއް ނުވަތަ ކައުސެލަރެއް ނުވަތަ ޑޮކްޓަރަކަށް ހިއްސާކުރުން ކަމަށް ވެސް ވިޔަސް ތަޖުރިބާކާރުން ދޭ އިރުޝާދަކީ ހާލަތު ހިއްސާކުރުމެވެ.
ސުޝާންތުގެ ހަޔާތުގެ ވާހަކަ ފިލްމަކަށް!
"ރަނގަޅަށް ކާން ނުލިބި އެތައް އަހަރަކު އުޅުނިން"
ނަފްސާނީ މައްސަލަތަކުގެ ވާހަކަ ދައްކަން ޖެހޭ: ދީޕިކާ
ވިޖޭ ޑިޕްރެޝަންގައި، އެހީވީ އާމިރްގެ ދަރިފުޅު
ސުޝާންތުގެ ނަމުގައި ފައުންޑޭޝަނެއް އުފައްދައިފި
ޑިޕްރެޝަނަށް ދިޔަ، އެހީވީ ރައްޓެހިން: އަޝިޝް
ދީޕިކާގެ މެންޓަލް ހެލްތު ފައުންޑޭޝަނުން ލެކްޗާތަކެއް
ދީޕިކާގެ ޑިޕްރެޝަނުގެ ވާހަކަ ކުޑަކުދިންގެ ފޮތަކަށް
ޑިޕްރެޝަނަށް އަދިވެސް ފަރުވާ ހޯދަން: ޒައިރާ
ރަންބީރާއި ދީޕިކާ އެކުގައި ފިލްމެއް ކުޅެނީ