މި މަހު މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ރާޖްޕޫތުގެ ނަމުގައި އާއިލާ އިން ފައުންޑޭޝަނެއް ލޯންޗްކޮށްފި އެވެ.
27 ޖޫން 2020
މި މަހު މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ރާޖްޕޫތުގެ ނަމުގައި އާއިލާ އިން ފައުންޑޭޝަނެއް ލޯންޗްކޮށްފި އެވެ.
އާއިލާ އިން ނެރުނު ބަޔާނުގައި ބުނީ ސުޝާންތު ސިންގް ރާޖްޕޫތު ފައުންޑޭޝަން (އެސްއެސްއާރްއެފް) ގެ މައިގަނޑު މަސައްކަތަކަށް ވާނީ 34 އަހަރުގެ އެކްޓަރު ޝައުގުވެރިކަން ދިން ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ފުރުސަތު ހޯދައިދޭން މަސައްކަތްތައް ކުރުން ކަމަށެވެ. އެގޮތުން ފައުންޑޭޝަނުން މައިގަނޑު ތިން ދާއިރާއަކުން މަސައްކަތްކުރާނެ އެވެ. އެއީ ސިނެމާ އާއި ސައިންސާއި ކުޅިވަރެވެ.
ބަޔާނުގައި ބުނި ގޮތުގައި ބިހާރު ސްޓޭޓްގެ ޕަޓްނާގައި ސުޝާންތު ދިރިއުޅުނު ގެ ދެން ބޭނުން ކުރާނީ އޭނާގެ ހަނދާނީ ބިނާއެއްގެ ގޮތުގަ އެވެ. އެގޮތުން ސުޝާންތާ ގުޅުން ހުރި ވަރަށް ގިނަ ތަކެތި އެތަނުގައި ބަހައްޓައި ރައްކާކުރާނެ ކަމަށް ބުންޏެވެ.
#SushantSinghRajput's family will set up 'Sushant Singh Rajput Foundation' (SSRF) to support young talent in areas close to his heart - Cinema, Science & Sports.
— Sushant Singh Rajput Team (@Team_SushantSR) June 27, 2020
His childhood home in Patna will be turned into a memorial. His personal stuff will pe kept there for fans ❤️ pic.twitter.com/EZ3348y2IG
އޭގެ ތެރޭގައި އެސްޓްރޮނޮމީ އަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ދިން އެކްޓަރު ބޭނުންކުރި ޓެލެސްކޯޕާއި ފްލައިޓް ސިމިއުލޭޓަރަކާއި އެތައް ހާސް ފޮތަކާއި ފޭނުންގެ ފަރާތުން ލިބުނު އެތައް ހަނދާންތަކެއް ހިމެނެ އެވެ. މީގެ އިތުރުން ސުޝާންތުގެ ރަސްމީ ފޭސްބުކާއި އިންސްޓަގްރާމާއި ޓްވިޓާ އެކައުންޓް ވެސް އޭނާގެ ހަނދާނުގައި އާއިލާ އިން ބަލައްޓަމުން ގެންދާނެ ކަމަށް އާއިލާގެ ބަޔާނުގައި ބުންޏެވެ.
ބަޔާނުގައި ބުނެފައިވާ ގޮތުގައު އާއިލާގެ އެތައް އުންމީދުތަކާ ގުޅިފައި އޮތް އެކްޓަރުގެ ކުއްލި މަރަކީ އާއިލާ އަށް ދުވަހަކު ވެސް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް އަދި ބޮޑު ހިތާމައެކެވެ.
"އެއީ އާއިލާ އަށް އުފާވެރިކަން ގެނެސްދިން ކުއްޖެއް. އޭނަ ވަކިވުމަކީ އާއިލާ އަށް ލިބުނު ފޫނުބެއްދޭ ވަރުގެ ހިތާމައެއް. މި ދަނޑިވަޅުގައި ސުޝާންތު ދެކެ ލޯބިވި ހުރިހާ ފޭނުންނަށް އާއިލާ އިން ޝުކުރު ވެސް އަދާކުރަން،" ބަޔާނުގައި ބުންޏެވެ.
ސުޝާންތު އަމިއްލަ އަށް ދަންޖެހިގެން މަރުވީ މި މަހުގެ 14 ގަ އެވެ. އޭނާގެ އެންމެ ފަހުގެ ފިލްމު "ދިލް ބޭޗާރާ" އަންނަ މަހުގެ 24 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ސްޓްރީމްކުރާނެ އެވެ.
ހުނވެރި އެކްޓަރުގެ މަރާ ގުޅިގެން އޭނާގެ ވާހަކަ ކިޔައިދޭ ދެ ފިލްމެއް ހަދަން ވެސް ވަނީ ނިންމައިފަ އެވެ. އެއީ "ސުޝާންތު" އާއި "ސުއިސައިޑް އޯ މާޑާ؟: އަ ސްޓާ ވޯޒް ލޮސްޓް" އެވެ. މީގެ އިތުރުން "ވަންދޭ ބާރަތަމް" ގެ ނަމުގައި ސުޝާންތުގެ ހަނދާނުގައި ފިލްމެއް ހަދަން ވެސް ހަމަޖެހިފައިވެ އެވެ.
ސުޝާންތުގެ ހަޔާތުގެ ވާހަކަ ފިލްމަކަށް!
ސުޝާންތުގެ ލޯބިވެރިޔާ ރިއާ "ބިގް ބޮސް 15" އަށް؟
ސުޝާންތުގެ ލޯބިވެރިޔާ ރިއާ ހޮލީވުޑާ ދިމާއަށް
ސުޝާންތުގެ "ޕަވިތުރަ ރިޝްތާ" ގެ ކެރެކްޓާ ޝަހީރަށް
ސުޝާންތުގެ ކުރީގެ ލޯބިވެރިޔާ ކައިވެންޏަށް ތައްޔާރު
"ޝަޝަންކް" އަކީ ސުޝާންތާ ބެހޭ ފިލްމެއް ނޫން
ސުޝާންތަށް ފިލްމު ހަދާތީ އާއިލާ އިން ކޯޓަށް
ސުޝާންތަށް ބިނާކޮށް ހެދި ފިލްމެއްގެ ޓްރެއިލާ
ސުޝާންތާ ބެހޭ ފިލްމެއް އާރްޖީވީ ވެސް ހަދައިފާނެ
ސުޝާންތާއި ރިއާގެ ވާހަކަ ކިޔައިދޭ ފިލްމެއް އެޕްރީލްގައި