Roadha Mihaaru
ބިދޭސީ އަންހެނަކަށް ޖިންސީގޯނާކުރި ބަޔަކު ހައްޔަރުކޮށްފި

ސަފާރީއެއްގައި އަންހެނަަކަށް ޖިންސީ ގޯނާކުރި ދެ މީހަކު ހައްޔަރުކޮށްފި

26 ޖޫން 2020

ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތަށް ދިވެހި ދެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތަށް ދިވެހި ދެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ލިބުނީ ރޭ ފަތިހު ފަހެއް ޖަހާކަންހާއިރު ކަމަށާއި ދިވެހި ދެ ފިރިހެނުން ހައްޔަރުކުރީ ކުށުގެ ވެށިން ކަމަށެވެ. އެ މައްސަލައިގައި ހައްޔަރުކުރީ އުމުރުން 39 އަހަރުގެ ދެ މީހެކެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ މާޗް 27 ން ފެށިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރި ފަހުން ޓޫރިސްޓުންނެއް ނާދެ އެވެ. އެހެންވެ، ސަފާރީއަށް ދިޔަ އަންހެން މީހާއަކީ ބެލެވޭ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރާ މީހެކެވެ. އެކަމަކު މައްސަލައިގެ އިތުރު ތަފްސީލު އަދި ނުލިބޭތީ އެކަން ކަށަވަރެއް ނުވެ އެވެ.