Roadha Mihaaru
އެކަނި ތިއްބަވާ މެންބަރުން މާސްކް ނަގަން ހުއްދަދީފި

އެކަނި ތިއްބަވާ މެންބަރުން މާސްކް ނަގަން ހުއްދަ ދެއްވައިފި

30 ޖޫން 2020

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މެންބަރުން ބައިވެރިވެ ވަޑައިގަންނަވާއިރު ކައިރީގައި އެހެން މެންބަރަކު ނެތް ނަމަ މާސްކް ނެގުމުގެ ހުއްދަ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދެއްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މެންބަރުން ބައިވެރިވެ ވަޑައިގަންނަވާއިރު ކައިރީގައި އެހެން މެންބަރަކު ނެތް ނަމަ މާސްކް ނެގުމުގެ ހުއްދަ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދެއްވައިފި އެވެ.

މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ހުއްދަ ދިން އިރު، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މެންބަރުން މާސްކް އަޅަން އޮތީ އަންގައިފަ އެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަން ފުރުސަތު ދެއްވަމުން ނަޝީދު ވިދާޅުވީ ފަހުން ލިބުނު އިރުޝާދަށް ބަލާއިރު ގާތުގައި މެމްބަރަކު ނެތް ނަމަ މާސްކް ނާޅުއްވައި މެމްބަރުންނަށް ވާހަކަ ދެއްކެވޭނެ ކަމަށެވެ.

ނަމަވެސް އެއީ ކޮން ތަނަކުން ދިން އިރުޝާދެއް ކަމެއް ނަޝީދު ވިދާޅެއް ނުވެ އެވެ.

Mask alhaigen vaahaka dhekkun membarunnah faseyha kamakah nuvi

Mask alhaigen vaahaka dhekkun membarunnah faseyha kamakah nuvi

The most trusted news source in the Maldives

Mihaaru

މާސްކާއެކު ވާހަކަ ދައްކަން ފަސޭހަ ކަމަކަށް ނުވުން

ނަޝީދު މިހެން ވިދާޅުވުމުން ވެސް ބައެއް މެމްބަރުން ބަހުސް ކުރައްވަމުން ގެންދެވީ މާސްކް އަޅުއްވައިގެންނެވެ. ރިޔާސަތުގައި އެންމެ ވަކިން އިންނަވަނީ ނަޝީދު ކަމަށް ވިޔަސް އެ މަނިކުފާނު ވެސް މާސްކެއް ނުނަންގަވަ އެވެ.

މާސްކް ނާޅުއްވައި އެންމެ ފުރަތަމަ ބަހުސް ކުރެއްވީ ކެޔޮދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ގާސިމެވެ. އޭގެ ފަހުން އެހެން ބައެއް މެމްބަރުން ވެސް އެގޮތަށް އަމަލުކުރެއްވި އެވެ.

ކޮވިޑް-19 ފެތުރޭތީ ޗެމްބަރުގައި ޖަލްސާތައް ބޭއްވުން މެދުކަނޑާލުމަށް ފަހު މިދިޔަ މަހުގެ 26 ގައި ޖަލްސާތައް ތަޅުމުގައި އަލުން ފެށިއިރު މެމްބަރުން މާސްކް އަޅުއްވައިގެން ތިއްބަވަން ޖެހުމުން ވަރަށް ބޮޑަށް ދަތިވާ ކަމަށް އޭރު ވެސް މެމްބަރުން ފާހަގަ ކުރެއްވި އެވެ. ނަމަވެސް ނަޝީދު އޭރު ވިދާޅުވީ އެޗްޕީއޭ އިން އިރުޝާދު ދީފައިވަނީ ހުރިހާ މެމްބަރުން މާސްކް އަޅުއްވައިގެން ތިއްބަވަން ޖެހޭނެ ކަމަށެވެ.

ފޯރިގަދަކޮށް ބަހުސް ކުރައްވާ މެމްބަރުންނަށް މާސްކް އަޅުއްވައިގެން ވާހަކަ ދެއްކެވުން ފަސޭހަ ކަމަކަށް ނުވެ އެވެ. އެންމެ ބޮޑަށް ދިމާވާ މައްސަލަ އަކީ ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް މާސްކް ކައްސާލައިގެން ނޭފަތުން ތިރިއަށް ސޮއްސާލުމެވެ.

ކުރިން އެއް މެންބަރު އަނެއް މެންބަރަކާ ކައިރީގައި ތިއްބަވައި ބަހުސްކުރެއްވި ނަމަވެސް މެމްބަރުން މިހާރު ވެސް ތިއްބެވީ ދުރުދުރުގަ އެވެ. މަޖިލީހުގެ ޖަލްސާ ތަޅުމުގައި ބޭއްވުމަށް އެޗްޕީއޭ އިން ހުއްދަ ދިނީ ރައްކާތެރިކަމުގެ ގޮތުން މިފަދަ ފިޔަވަޅުތައް އެޅުމަށް ޝަރުތުކޮށްފަ އެވެ.