01 ޖުލައި 2020
ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ ތަހުގީގާ މެދު ބާ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ ތަހުގީގާ މެދު ބާ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފަތިހު އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ ދިވެހި ދެ ފިރިހެނަކު ދޫކޮށްލި މައްސަލަ ހޫނުވެ، މަޖިލީހުގެ ދެ ކޮމިޓީއަކުން މިހާރު އަންނަނީ އެ މައްސަލަ ބަލަމުންނެވެ. މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީ އާއި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ އެކަމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށާއި އެ މައްސަލައިގައި ހަރަކާތްތެރިވި ފުލުހުންނާއި އަނިޔާ ލިބުނު މީހާގެ ބަސް ހޯދަން ވެސް ނިންމައިފަ އެވެ.
މި މައްސަލައިގައި ބާ ކައުންސިލުން ކުރި ޓްވީޓެއްގައިި ވަނީ މަޖިލީހުން ހިންގަމުންދާ ތަހުގީގާ ގުޅޭގޮތުން އެ ކައުންސިލުން ކަންބޮޑުވުން ފާޅުކުރާ ކަމަށާއި އެކަމުގައި ފުލުހުން އަމަލުކުރި ގޮތް ބެލެން ޖެހޭނީ ހިނގަމުންދާ ތަހުގީގަކަށް އަސަރު ނުކުރާނެ ގޮތެއްގެ މަތިން ކަމަށެވެ.
ބާ ކައުންސިލުން ބުނިގޮތުގައި، ގާނޫނުއަސާސީގެ ދަށުން ތިން ބާރު ވަކިވެފައިވާ އުސޫލުން ރައްޔިތުންގެ މަޖިލީހަށް ވެސް ލިބެނީ ވަކި ބާރުތަކެކެވެ. ޖިނާއީ ކުށްތައް ތަހުގީގު ކުރުމަކީ ފުލުހުންގެ މަސްއޫލިއްޔަތެއް ކަމަށާއި ފުލުހުން ތަހުގީގުތައް ހިންގަނީ ގާނޫނާ އެއްގޮތަށް ކަން ކަށަވަރު ކުރުމަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތެއް ކަން މަޖިލީހަށް ހަނދާންކޮށްދޭ ކަމަށް އެ ޓްވީޓްގައި ވެ އެވެ. އެހެންވެ، އެ މައްސަލަ ތަހުގީގު ކުރުމުގައި ގާނޫނުއަސާސީގެ ދަށުން މަޖިލީހަށް ތަހުގީގު ހިންގަން ލިބިދޭ ބާރުތައް ބޭނުން ކުރަން ގޮވައިލާ ކަމަށް ވެސް ބާ ކައުންސިލުން ބުނެ އެވެ.
ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ ދެ މީހުން ދޫކޮޮށްލީ ސިޔާސީ ފަރާތްތަކެއްގެ ނުފޫޒުން ކަމަށް ތުހުމަތު އަމާޒު ވެފައިވާއިރު، ފުލުހުން ބުނެފައިވަނީ އެ މީހުން ދޫކޮށްލީ ބަންދުގައި ބައިތިއްބަންޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ. އެ މައްސަލަ އިންސާފުވެރިކޮށް ތަހުގީގު ކުރާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ޖޫރިމަނާކުރަން އުޅެނީ ބިރުދައްކަން: އެޑިޓަރުން
ޖިންސީ ގޯނާ މައްސަލާގައި މަޖިލިހުން މީޑިއާތަކާ ދެކޮޅަށް
ތަހުގީގަށް ސަފާރީއަށް އެރީ މެންދުރެއްހާއިރު: ޕޮލިސް
ތުހުމަތު ކުރެވޭ ދެ މީހުން ބަނގުރަލަށް ޓެސްޓެއް ނުކުރޭ
ޖިންސީ ގޯނާގެ މައްސަލަ:ތަހުގީގު ހިނގިގޮތް ޕީޖީ ބަލަނީ
"ގޯނާގެ މައްސަލައަށް މަޖިލިސް ވަންނާތީ ކަންބޮޑުވޭ"
ވިކްޓިމް ބޭނުން ނަމަ ކޮމިޓީ އަށް ހާޒިރުކުރަނީ
ދެ މީހުން ދޫކޮށްލީ މެމްބަރެއްގެ ނުފޫޒަކުން ނޫން:ނަޝީދު
ޖިންސީ ގޯނާގެ ތުހުމަތާ ގުޅިގެން ކުއްލި މައްސަލައެއް
ސަފާރީގައި ޖިންސީ ގޯނާކުރި މައްސަލަ ކޮމިޓީން ބަލަނީ