ބޮޑު ކޯޅުންގަނޑެއްގެ ތެރޭގައި އޮތް ޕީޕީއެމްގެ ގޮތުގައި ބަލައިގަންނާނީ ރައީސް އަބްދުﷲ ޔާމީން ފެކްޝަންގެ ހުށަހެޅުންތައް ކަމަށް ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
20 އޮކްޓޯބަރ 2016
ބޮޑު ކޯޅުންގަނޑެއްގެ ތެރޭގައި އޮތް ޕީޕީއެމްގެ ގޮތުގައި ބަލައިގަންނާނީ ރައީސް އަބްދުﷲ ޔާމީން ފެކްޝަންގެ ހުށަހެޅުންތައް ކަމަށް ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރަން މި މަހުގެ 31 ވަނަ ދުވަހު އާއްމު ޖަލްސާއެއް ބާއްވަން ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ނިންމަވައިފަ އެވެ. އަދި ޖަލްސާ ބާއްވަން ދަރުބާރުގެ ނުލިބުމާ ގުޅިގެން ކާނިވާ ސަރަހައްދުގައި ޖަލްސާ ބޭއްވުމަށް މައުމޫން ފެކްޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.
ޕީޕީއެމް ހިންގުމުގެ ބާރު ރައީސް ޔާމީނަށް ލިބޭ ގޮތަށް ސިވިލް ކޯޓުން ވަނީ މިދިޔަ އާދިއްތަ ދުވަހު ހުކުމްކޮށްފަ އެވެ. މައުމޫން ފެކްޝަނުން ބުނަމުން އަންނަނީ އެއީ ކުރެވޭނެ ހުކުމެއް ނޫން ކަމަށާއި "އަސްލު ޕީޕީއެމްކީ" އެ ފެކްޝަން ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ފެކްޝަނުން ބުނެފައިވަނީ މައުމޫންގެ ފަޅިން ނިންމާ ނިންމުންތަކަކީ ބާތިލް ނިންމުންތަކެއް ކަމަށާއި އެ ނިންމުންތަކަށް އަމަލު ނުކުރާނެ ކަމަށެވެ.
އެމްޑީއޭއިން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ކައުންސިލް މެމްބަރުން. ސައްހަ ޕީޕީއެމަކީ ރައީސް ޔާމީންގެ ޒައާމަތުގެ ދަށުގައި އޮތް ޕީޕީއެމް ކަމަށް އެމްޑީއޭއިން ގަބޫލުކުރޭ. - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
އެމްޑީއޭއިން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވި ގޮތުގައި ޕާޓީގެ ލީޑާޝިޕް ކޯޓުން ވަނީ ރައީސް ޔާމީނާ ހަވާލުކުރައްވައިފަ އެވެ. އެހެންކަމުން މިނިސްޓްރީން ގަބޫލުކުރާނީ ރައީސް ޔާމީންގެ ލީޑާޝިޕްގެ ދަށުން އަންނަ ހުށަހެޅުންތައް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޕީޕީއެމް ކައުންސިލުން ނިންމާ ނިންމުންތައް ވާން ޖެހޭނީ ޕާޓީގެ މުސްތަޝާރު އަދި ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން ނިންމާ ނިންމުންތަކަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕީޕީއެމްގެ ފަރާތުން އަންނަ ހުށަހެޅުންތައް ކަމުގައި ގަބޫލު ކުރެވޭނީ ރައީސް ޔާމީންގެ ލީޑާޝިޕްގެ ދަށުން އަންނަ ހުށަހެޅުންތަކަށް،" ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން ނިންމަވާ ނިންމެވުންތައް ފިޔަވައި ދެން އަންނަ ހުށަހެޅުންތައް ބަލައިގަނެވޭނެ ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށެވެ.
މައުމޫންގެ އަމިއްލަފުޅު ހައިސިއްޔަތުން ޖަލްސާ ބާއްވަން ތަނެއް ހޯދަން އެދިވަޑައިގެންފިނަމަ، ޖަލްސާ ބާއްވަން ހުއްދަ ދޭނަންތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް މިނިސްޓަރު ސީދާ ޖަވާބެއް ނުދެއްވަ އެވެ. މުއިއްޒު ވިދާޅުވީ ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން ކަންކަން ކުރަމުންދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން ކުރަން ޖެހޭ ކަންކަން ކުރަމުން ދާނަން،"
ދެ ފަޅި ވެފައިވާ، ވެރިކަންކުރާ ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރަން ރައީސް މައުމޫން ބާއްވަވާ ޖަލްސާއަށް ހައުސިން މިނިސްޓްރީން ދަރުބާރުގެ ދޫކުރީ ސިވިލް ކޯޓުން ހުކުމް ކުރުމުގެ ކުރިންނެވެ. ނަމަވެސް މައުމޫން ފެކްޝަނުން ބުނި ގޮތުގައި ދަރުބާރުގެ ދޫކުރެވެން ނެތީ އިމްތިހާނެއް ކުރިއަށް ދާ ކަމަށް ބުނެ އެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވީ ކޯޓުގެ ހުކުމާއެކު ޖަލްސާ ބޭއްވުމަށް ދޫކޮށްފައި އޮތް އޮތުން ބަދަލު ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށެވެ.
"އެހެންވީމަ ކުރިން އެގޮތަށް ކަމެއް ހިނގާފައި އޮތްނަމަ، އެ ގޮތް ބަދަލުކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް،"
ގިނަ ދުވަސްތަކަކަށް ފަހު ޕީޕީއެމްގެ އާއްމު ޖަލްސާއެއް ބާއްވަން މައުމޫން ނިންމެވިއިރު، އެމަނިކުފާނާއި ރައީސް ޔާމީނާ ދެމެދު އުފެދުނު މައްސަލަ އިތުރަށް ހޫނުވެ ކޮންމެ ފެކްޝަނެއްގައި ވަނީ ވަކި ލީޑަޝިޕެއް އުފައްދައިފަ އެވެ. އަދި ދެ ފެކްޝަންގެ ބައްދަލުވުންތައް ބާއްވައި، ހުސްވެފައިވާ މަގާމުތަކަށް ބޭފުޅުން އައްޔަންކޮށް ބައެއް ބޭފުޅުން ޕާޓީގެ މަގާމުތަކުން ދަނީ ވަކިކުރަމުންނެވެ.
ޕީޕީއެމް ވަރުގަދަކުރަން ނައިބު ރައީސަކަށް ޣައްސާން
ކޯޓުގައި ޕީޕީއެމް ތަމްސީލްކުރަން ވަކީލުންގެ ޓީމެއް
މުއިއްޒު، ރައީސް ޔާމީނާ އެކު ސިޔާސީ މަސައްކަތަށް
ވަކިކުރި ކަމަށް ބުނީ ދަންނަ ބައެއް ނޫން: ނިހާން
ޕީޕީއެމުން މައުމޫން ވަކިކުރުމާމެދު މިރޭ ގޮތެއް ނިންމަނީ
ޕީޕީއެމްގެ މެމްބަރުކަމުން މައުމޫން ވަކިކުރަން ނިންމައިފި
ޕީޕީއެމްގެ އާ ރަޖިސްޓްރީއާ މެދު ސުވާލު އުފެދިއްޖެ!
ރައީސް ޔާމީނާ ޕީޕީއެމް ހަވާލުކުރި މައްސަލާގައި ކޯޓަށް
ފުރަތަމަ ތިބީ އަޅާނުލާ، ދެން ފެށީ ތަހުގީގެއް!
ދައުވަތުގައި އިހުލާސްތެރިކަން އެބަ ހުރިތަ؟