03 ޖުލައި 2020
ހދ. ނާގޯށީގައި ރިސޯޓެއް ތަރައްގީކުރަން އަނެއްކާ ވެސް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ ހަވާލުކޮށްފި އެވެ.
ހދ. ނާގޯށީގައި ރިސޯޓެއް ތަރައްގީކުރަން އަނެއްކާ ވެސް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ ހަވާލުކޮށްފި އެވެ.
މިއީ މިރަށް އެމްޓީޑީސީއާ ހަވާލުކުރި ތިން ވަނަ ފަހަރެވެ. ޓޫރިޒަމް މިނިިސްޓްރީއާއެކު މިފަހަރު ވެވުނު އެއްބަސްވުމުގެ ދަށުން ތިން އަހަރު ތެރޭގައި ރަށް ތަރައްގީކޮށް ހިންގަން ފަށަން ޖެހޭނެ އެވެ.
އެމްޓީޑީސީއާ ނާގޯށި ފުރަތަމަ ހަވާލުކުރީ 25 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް ރިސޯޓު ތަރައްގީ ކުރަން ދިން މުއްދަތު ހަމަވިއިރު ވެސް އެ ރިސޯޓު ތަރައްގީ ނުކުރެވުމުގެ ސަަބަބުން އެއްބަސްވުން ބާތިލް ކުރި އެވެ.
އޭގެ ފަހުން އަނެއްކާ ވެސް 2017 ވަނަ އަހަރު އެ ރިސޯޓު ތަރައްގީ ކުރަން އެމްޓީޑީސީއާ ހަވާލުކުރި އެވެ. ނަމަވެސް އެ އެއްބަސްވުމުގައި، ކުރު މުއްދަތެއްގެ ތެރޭގައި ދަރަނި ދެއްކުމަށް ބުނެފައި އޮތުމުން އިންވެސްޓަރަކު ނުވެ ރަށް ތަރައްގީ ނުކުރެވުނު ކަމަށް އެމްޓީޑީސީން ބުންޏެވެ.
އެމްޓީޑީސީން 2018 ވަނަ އަހަރު ވަނީ އެންމެ ރަނގަޅު އަގެއް ހުށަހެޅި ކުންފުންޏަކަށް އެ ރަށް ވިއްކާލަން ވެސް ނިންމައިފަ އެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން އެމްޓީޑީސީއާ ހަވާލުކޮށްފައިވާ ހދ. ނާގޯށި.
މި މައްސަލަތަކާ ގުޅިގެން ނާގޯށި ތަރައްގީ ނުވެ އޮތުމުން އެ ކުންފުނީގެ އާ މެނޭޖުމަންޓުން ވަނީ ރައީސް އިބްރާހިމް މުހައްދު ސޯލިހާ މިކަން ހިއްސާ ކުރައްވައި އެ ރަށް ތަރައްގީ ކުރުމަށް ލުއިތަކެއް ހޯދައި ދިނުމަށް އެދިފަ އެވެ. އެގޮތުން އެޓާނީ ޖެނެރަލްގެ ލަފަޔާއެކު ކުރީގެ އެއްބަސްވުން ބާތިލްކޮށް އަލުން 50 އަހަރަށް އެ ރަށް އެމްޓީޑީސީއާ އިއްޔެ ހަވާލުކުރީ އެވެ.
އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު "މިހާރު" އަށް ވިދާޅުވީ ނާގޯށި ތަރައްގީ ކުރުމަށް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރާނެ ކަމަށެވެ. އެގޮތުން މިހާރުވެސް އެ ރަށް ތަރައްގީކުރަން ބައިނަލްއަގުވާމީ އިންވެސްޓަރުން ޝައުގުވެެރިކަން ފާޅުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްޓީޑީސީގެ މަސައްކަތްތައް ހަރުދަނާކޮށް ކުރިއަރުވަން ރައީސް އާއި ޓޫރިޒަމް މިނިސްޓަރުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ. ނާގޯށި އަކީ ވެސް އަޅުގަނޑުމެން ތަރައްގީކުރަން ބޭނުންވި ނަމަވެސް ބައެއް ގޮންޖެހުންތަކުގެ ސަބަބުން ތަރައްގީ ނުކުރެވި އޮތް ރަށެއް. މިކަމަށް ވެސް މިހާރު މިވަނީ ހައްލު ހޯދައިދެއްވާފައި،" ތަޒްމީލް ވިދާޅުވި އެވެ.
ނާގޯށީގެ އެއްބަސްވުމުގައި އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް ސޮއިކުރައްވަނީ-- ފޮޓޯ:އެމްޓީޑީސީ
"މިރަށް ތަރައްގީކުރަން މިހާރުވެސް ވަރަށް ގިނަ އިންވެސްޓަރުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ. އަޅުގަނޑުމެން މި ޕްރޮޖެކްޓު ހަވާލު ކުރާނީ ކުންފުންޏަށާއި ހިއްސާދާރުންނަށް ފައިދާވާނެ ގޮތަކަށް.،" ތަޒްމީލް އިތުރަށް ވިދާޅުވި އެވެ.
އެމްޓީޑީސީ އަކީ ޓޫރިޒަމުން ރައްޔިތުންނަށް ފައިދާ ހޯދައިދިނުމުގެގޮތުން އުފެއްދި ކުންފުންޏަކަށް ވާތީ ކުރިއަށް އޮތް ތަނުގައި ކުންފުނީގެ ޕްރޮޕަޓީތައް އިތުރުކޮށް، ހިއްސާދާރުންނަަށް ފައިދާ ހޯދަައިދިނުމަށް ކުންފުނިން މަސައްކަތް ކުރާނެ ކަމަށް ތަޒްމީލް ވިދާޅުވި އެވެ.
އެމްޓީޑީސީގެ ދަށުން ތަރައްގީކޮށް، މިވަގުތު ހިންގަމުން އަންނަނީ ދެ ރިސޯޓެވެ. އެއީ މައިނާ އިންޓަނޭޝަނަލް ކުންފުނިން ސަބްލީޒްކޮށްގެން ހިންގަމުން އަންނަ އަނަންތާރާ ކިހަވަށް ވިލާސް އާއި ތުރުކީގެ އަހްމެޓް އައިދެއިޒް ކުންފުނިން ސަބްލީޒް ކޮށްގެން ހިންގާ އަޔާޑާ މޯލްޑިވްސް އެވެ.
ނާގޯށި ތަރައްގީކުރަން ދުބާއީ ކުންފުންޏަކާ ހަވާލުކުރަނީ
ރަނގަޅު އަގެއް ހުށަހަޅާ ފަރާތަކަށް ނާގޯށި ވިއްކާލަނީ
ނާގޯށީގެ މައްސަލަ ހައްލުނުވެ ރިޕޯޓް ނުނެރެވިފައި
ނާގޯށި ތަރައްގީނުކުރާތީ އަމިއްލަ އިންވެސްޓަރަކަށް ދެނީ
ނުހެދި 17 އަހަރުވީ ނާގޯށީގެ އަމަލީ މަސައްކަތް ފަށަނީ
އަގުބޮޑު ރިސޯޓެއް ހަދަން އެމްޓީޑީސީން ރަށެއް ހޯދަނީ
އެމްޓީޑީސީގެ އާ ލޯގޯ ތައާރަފްކޮށްފި
އެމްޓީޑީސީގެ މިދިޔަ އަހަރުގެ ފައިދާއަކީ 45 މިލިއަން
ނާގޯއްޓަކީ ޓޫރިޒަމްގެ އިންގިލާބަކަށް ވާނެ: އެމްޓީޑީސީ
ނެއްލައިދޫން މިނިސްޓަރު ގެންދިޔައީ ހިޔާލީ ރިސޯޓަކަށް!