މިއީ ތިޔަ ގެންގުޅޭ ސްމާޓްފޯނުތައް ޑިސްއިންފެކްޓްކޮށްދޭ ވަޔަލެސް ޗާޖަރެކެވެ. ސަމާސާ ވާހަކައެއް ނޫނެވެ. މި ޑިވައިސް އުފައްދާފައި ވަނީ ސެމްސަންގުންނެވެ. އެކަމަކު، މިއީ ހަމައެކަނި ސެމްސަންގް ފޯނުތައް ޑިސްއިންފެކްޓްކޮށްދޭ އާލާތެއް ނޫނެވެ. ބަލާބެލުމަށް ފޮއްޓެއް ސިފަކުރެވޭ މި ޗާޖަރުގެ ތެރެ އަށް ލީ ކޮންމެ އެއްޗެއް ޑިސްއިންފެކްޓްކޮށްދެ އެވެ.
06 ޖުލައި 2020
މިއީ ތިޔަ ގެންގުޅޭ ސްމާޓްފޯނުތައް ޑިސްއިންފެކްޓްކޮށްދޭ ވަޔަލެސް ޗާޖަރެކެވެ. ސަމާސާ ވާހަކައެއް ނޫނެވެ. މި ޑިވައިސް އުފައްދާފައި ވަނީ ސެމްސަންގުންނެވެ. އެކަމަކު، މިއީ ހަމައެކަނި ސެމްސަންގް ފޯނުތައް ޑިސްއިންފެކްޓްކޮށްދޭ އާލާތެއް ނޫނެވެ. ބަލާބެލުމަށް ފޮއްޓެއް ސިފަކުރެވޭ މި ޗާޖަރުގެ ތެރެ އަށް ލީ ކޮންމެ އެއްޗެއް ޑިސްއިންފެކްޓްކޮށްދެ އެވެ.
މި އަހަރު ފެށިގެން އައިއިރު މުޅި ދުނިޔޭގައި އޮތީ ކޮރޯނާވައިރަހުގެ ވާހަކަ އެވެ. ރަނގަޅަށް ސައިބޯނިލައިގެން ގިނަގިނައިން އަތްދޮވުމުގެ ވާހަކަ އެވެ. އުފުލާ ގެންގުޅޭ ތަކެތި ޑިސްއިންފެކްޓްކުރުން އަދި ސްޓެރެލައިޒްކުރަން ތާއަބަދު އަންނަނީ ހަނދާންކޮށްދެމުންނެވެ. މި ނަސޭހަތްތައް އަޑުއަހައި، ސްމާޓް ޑިވައިސް އުފައްދާ ކުންފުނިތަކުން ވެސް އަންނަނީ އުފުލާ ގެންގުޅޭ ތަކެތި ސްޓެރެލައިޒްކުރަން ފަސޭހަ އިންތިޒާމްތައް ހަމަޖައްސައިދެމުންނެވެ.
ސެމްސަންގް ވަޔަލެސް ޗާޖަރެއް އެކަމަކު މިއީ ޑިވައިސްތައް ސްޓެރެލައިޒްކޮށްދޭ އާލާތެއް
މި ޑިވައިސް އަށް ލާ ތަކެތި ސްޓެރެލައިޒްކުރަނީ އަލްޓްރާވައިލެޓް އަލިންނެވެ. ސެމްސަންގް ވެބްސައިޓްގައި ބުނެފައި ވަނީ 10 މިނެޓް ތެރޭގައި ސްޓެރެލައިޒް ވާނެ ކަމަށެވެ. އަދި އެއީ ޗާޖްކުރަން ބޭނުން ޑިވައިސްއެއް ނަމަ، ޗާޖްކޮށްދެމުންނެވެ. މިއީ ވަަޔަލެސް ޗާޖަރަކަށް ވާތީ، ޗާޖްކުރަން އެދޭ ޑިވައިސް އަކީ ވަޔަލެސް ޗާޖިން ކުރެވޭ ފެންވަރުގެ އާލާތަކަށް ވާންޖެހެ އެވެ.
ސެމްސަންގުން ބުނާ ގޮތުގައި ހެޑްފޯން، ގެލަކްސީ ބަޑް، އަވި އައިނު އަދި އަތުކުރީ ގަޑި ފަދަ ތަކެތި ސްޓެރެލައިޒްކުރުމަށް މި ޑިވައިސް ބޭނުންކުރެވިދާނެ އެވެ. މިއީ 10 ވޮޓްގެ ޗާޖަރަކަށް ވާތީ ސްމާޓްފޯނުތައް ޗާޖްކުރުމުގައި ވަގުތުކޮޅެއް ނަގާފާނެ އެވެ.
ގޫގުލްގެ "ލޮކްޑް ފޯލްޑާ" ޕިކްސެލް ނޫން ފޯނުތަކަށް
އެންޑްރޮއިޑް އެޕްތައް ވިންޑޯޒް 10 ގައި
ގެލަކްސީ ފޯނުތަކާ އެކު ޗާޖަރު ނުދޭން ވިސްނަނީ
ގޮރިއްލާ ގްލާސްއަށް ނަންބަރުގެ ބަދަލުގައި ނަމެއް
އެންޑްރޮއިޑް ފޯނުން އެޕްލިކޭޝަނެއް ފޮރުވާނެ ގޮތް
ނޯޓް 20 އަލްޓްރާ: އަދި ދައްކާލެވެން އޮތީ ފޮޓޯއެއް
އެންޑްރޮއިޑް ގެންގުޅޭ މީހުން މި ފޮޓޯ އަށް ސަމާލުވާތި!
ޝޯމީން ފޯނެއް ފަތްޖެހޭތޯ މަސައްކަތްކުރަނީ
ސެމްސަންގަށް ކޮރޯނާވައިރަހުން އަސަރެއްނުކުރި
ވައިރަހާ ހެދި ސެމްސަންގް ފަތްޖެހި ފޯނު ފެކްޓަރީ ބަންދު