Roadha Mihaaru
އަވަހަށް ހަގީގަތް ހާމަނުކުރާނަމަ ވާނީ ބަދުނާމު: ރައީސް

އަވަހަށް ހަގީގަތް ހާމަނުކުރާ ނަމަ ބަދުނާމު ވާނީ ފުލުހުންނާއި ސަރުކާރު: ރައީސް

05 ޖުލައި 2020

ހައްސާސް މައްސަލަތަކުގެ ހަގީގަތް ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ހާމަ ނުކުރާ ނަމަ އޭގެ ބަދުނާމު އެޅޭނީ ފުލުހުންނާއި ސަރުކާރުގެ ބޮލުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހައްސާސް މައްސަލަތަކުގެ ހަގީގަތް ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ހާމަ ނުކުރާ ނަމަ އޭގެ ބަދުނާމު އެޅޭނީ ފުލުހުންނާއި ސަރުކާރުގެ ބޮލުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އިސްކަންދަރު ކޮށީގައި ފުލުހުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެ ފުލުހުންނަށް ހުށަހަޅާ ހައްސާސް މައްސަލަތަކުގެ ތެދު މައުލޫމާތު އޭގެ ވަގުތުގައި ރައްޔިތުންނަށް ހިއްސާކުރުން އިތުރަށް މުހިއްމުވެފައިވާ ކަމަށެވެ.

އެ މަނިކުފާނު އެހެން ވިދާޅުވިއިރު، މިިދިޔަ މަހުގެ ފަހުކޮޅު ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ. މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ހިނގައިދިޔަ ހާދިސާގައި 39 އަހަރުގެ ދެ ފިރިހެނުން ހައްޔަރުކޮށް، ތަހުގީގުގެ އެންމެ ކުރީކޮޅު ދޫކޮށްލުމުން އެއީ ސިޔާސީ ނުފޫޒުން އަމަލުކުރި ގޮތެއް ކަމަށް އެތައް ބަޔަކު އަންނަނީ ތުހުމަތުކުރަމުންނެވެ.

ފުލުހުންނާ ބައްދަލުކުރެއްވުމަށް އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (ވ) އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ބައިވެރިވެވަޑައިގަންނަވަނީ،-. ފޮޓޯ:ނިޝާން އަލީ/މިހާރު

ފުލުހުންނާ ބައްދަލުކުރެއްވުމަށް އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (ވ) އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ބައިވެރިވެވަޑައިގަންނަވަނީ،-. ފޮޓޯ:ނިޝާން އަލީ/މިހާރު

މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި ތަހުގީގު ކުރިއަށްދާ ވަރަކުން މައުލޫމާތު ހާމަކުރާނެ ކަމަށް އޭރު ބުންޏެވެ. އަމާޒުވަމުންދިޔަ ފާޑުކިޔުންތަކާއެކު ފުލުހުން ބަޔާނެއް ނެރުނީ ވެސް އޭގެ އެތައް އިރެއް ފަހުންނެވެ. އެ ބަޔާނުގައި ވެސް ބުނެފައިވަނީ ނުފޫޒެއް ނެތި މައްސަލަ ބަލާނެ ކަމަށެވެ.

އެކަން އެގޮތަށް ނުކުރާ ނަމަ އޭގެ ބަދުނާމު އެޅިގެންދަނީ ދިވެހި ފުލުހުންނާއި ސަރުކާރުގެ ބޮލުގައި. އަޅުގަނޑު ހިތުން މިފަދަ ބަދުނާމެއް ބޮލުގައި އެޅޭކަށް އެންމެ ފުލުހަކު ވެސް ބޭނުމެއް ނުވާނެ. އަޅުގަނޑަށް އެނގޭ މިފަދަ ކަންކަން އިސްލާހުކުރަން ފުލުހުންގެ ތެރެއިން ވެސް މަސައްކަތް ކުރަމުން އަންނަކަން- ރައީސް

ރައީސް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް މިހާރު އެއްވެސް ހުރަހެއް ނެތަސް ބައެއް މީޑިއާތަކުން ބައެއް ފަހަރު މައުލޫމާތު ހާމަކުރާ ގޮތުން ރައްޔިތުންނަށް ކަމުގެ ހަގީގަތް ވަރަށް ބޮޑަށް އޮޅިގެންދާ ކަމަށެވެ. އެކަން އެގޮތަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެފަދަ މައްސަލަތަކުގެ ތެދު މައުލޫމާތު ރައްޔިތުންނަށް އެނގެން ބޭނުންވާ ވަގުތުގައި ހާމަނުކުރެވުމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުލުހުންނާ ބައްދަލުކުރެއްވުމަށް އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާނާއި ޕޮލިސް ކޮމިޝަނަރު ހަމީދާއި ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ--. ފޮޓޯ:ނިޝާން އަލީ/މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުލުހުންނާ ބައްދަލުކުރެއްވުމަށް އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާނާއި ޕޮލިސް ކޮމިޝަނަރު ހަމީދާއި ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ--. ފޮޓޯ:ނިޝާން އަލީ/މިހާރު

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ އިތުރުން ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެންމެ މަސްލަހަތު ހުރި ގޮތަކީ އެފަދަ ހައްސާސް މައްސަލަތަކުގެ ހަގީގަތް ވީހާ ވެސް އަވަހަކަށް ރައްޔިތުންނަށް ހާމަކުރުމެމެވެ.

"އެކަން އެގޮތަށް ނުކުރާނަމަ އޭގެ ބަދުނާމު އެޅިގެންދަނީ ދިވެހި ފުލުހުންނާއި ސަރުކާރުގެ ބޮލުގައި. އަޅުގަނޑު ހިތުން މިފަދަ ބަދުނާމެއް ބޮލުގައި އެޅޭކަށް އެންމެ ފުލުހަކު ވެސް ބޭނުމެއް ނުވާނެ. އަޅުގަނޑަށް އެނގޭ މިފަދަ ކަންކަން އިސްލާހުކުރަން ފުލުހުންގެ ތެރެއިން ވެސް މަސައްކަތް ކުރަމުން އަންނަކަން،" ރައީސް ވިދާޅުވި އެވެ.

ފުލުހުންގެ ޝިއާރަކީ ހިމާޔަތްކުރުމާއި ހިދުމަތްކުރުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އަމަލީގޮތުން އެ މުއައްސަސާއިން ސާބިތުކޮށްދެމުން އަންނަނީ އެ ޝިއާރުގެ މަތީގައި ދެމިތިބިކަން ކަމަށެވެ. ނަމަވެސް އެކަން އެންމެ ފުރިހަމަ ގޮތުގައި ދެމިހެއްޓޭނީ ތައުލީމާއި ތަމްރީނު ލިބިފައިވާ ޕްރޮފެޝަނަލިޒަމްގެ އެންމެ މަތީ މިންގަނޑުގައި ހަރަކާތްތެރިވާ މުއައްސަސާއެއްގެ ގޮތުގައި ފުލުހުން ދެމި ތިބެގެންކަމަށް ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި ވެސް ފެތުރެމުންދާ ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދިޔަ މަސައްކަތުގައި ފުލުހުންގެ ޒިންމާތައް އިތުރުވެގެންދިޔަ ކަމަށާއި އާއްމުން ގޭގައި ތިބިއިރު ފުލުހުން ދިޔައީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރަމުންކަމަށް ވިދާޅުވި އެވެ. އެއީ އަގުކުރެވޭ ވަރަށް ވުރެ އަގުބޮޑު މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.