07 ޖުލައި 2020
ހުޅުމާލޭގައި 25 ބުރީގެ އޮފީސް އިމާރާތެއް ހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކޮށްފައިވާ މެލޭޝިއާގެ ޑަބްލިއު.ޒެޑް.އާރު ޕްރޮޕަޓީ އަށް 22.8 މިލިއަން ޑޮލަރު (352 މިލިއަން ރުފިޔާ) ދައްކަންޖެހޭ ކަމަށް އޭޝިއަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު (އޭއައިއޭސީ) އިން ކަނޑައަޅަފި އެވެ.
ހުޅުމާލޭގައި 25 ބުރީގެ އޮފީސް އިމާރާތެއް ހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކޮށްފައިވާ މެލޭޝިއާގެ ޑަބްލިއު.ޒެޑް.އާރު ޕްރޮޕަޓީ އަށް 22.8 މިލިއަން ޑޮލަރު (352 މިލިއަން ރުފިޔާ) ދައްކަންޖެހޭ ކަމަށް އޭޝިއަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު (އޭއައިއޭސީ) އިން ކަނޑައަޅަފި އެވެ.
ޑަބްލިއު.ޒެޑް.އާރު ޕްރޮޕަޓީން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހުށަހެޅި މި މައްސަލަ ނިންމީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ.
މެލޭޝިއާ ކުންފުނިން އާބިޓްރޭޝަނަށް ހުށަހެޅީ މުޅި މަސައްކަތުގެ އަގު ކަމަށްވާ ގާތްގަނޑަކަށް 462 މިލިއަން ރުފިޔާ ހޯދުމަށެވެ. އެކަމަކު އާބިޓްރޭޝަނުން ނިންމީ ކޮށްފައިވާ މަސައްކަތަށް އަގު ދިނުމަށެވެ.
އާބިޓްރޭޝަންގެ ނިންމުމުގައި ވަނީ 2018 ވަނަ އަހަރުގެ މެއި މަހު ޑަބްލިއު.ޒެޑް.އާރު ޕްރޮޕަޓީން ކޮށްފައިވާ އިންވޮއިސް އަކަށް މިހާތަނަށް ވެސް ފައިސާ ލިބިފައި ނުވާ ކަމަށާއި މިހާރުގެ އެކްސްޗޭންޖް ރޭޓުން ބަލާ ނަމަ 22,823,432.68 ޑޮލަރު ދައްކަންޖެހޭ ކަމަށެވެ. އަދި މި ފައިސާ އެޗްޑީސީން ހަތް ދުވަސް ތެރޭގައި ދައްކަން ވަނީ އަންގައިފަ އެވެ. މި ފައިސާ އަކީ ޕްރޮޖެކްޓް ކުރިއަށް ނުގެންދަން ނިންމިއިރު މެލޭޝިއާ ކުންފުނިން ކޮށްފައިވާ މަސައްކަތަށްވާ ފައިސާ އެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކުރާ އެ އޮފީސް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް މެލޭޝިއާގެ އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 2016 ވަނަ އަހަރުގެ މާޗް މަހުގަ އެވެ. އެ ޕްރޮޖެކްޓްގެ އަގަކީ 123 މިލިއަން ޑޮލަރެވެ. އެ ޕްރޮޖެކްޓްގެ 20 ޕަސެންޓް މަސައްކަތާއި ޕައިލިންގެ 60 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ނަމަވެސް މި ސަރުކާރުން އެ މަޝްރޫއު ކުރިއަށް ނުގެންދަން ނިންމުމަށް ފަހު ބުނެފައިވަނީ އާބިޓްރޭޝަނުން ބޭރުގައި މައްސަލަ ހައްލުކުރެވޭތޯ ބަލަމުން އަންނަ ކަމަށެވެ. "މިހާރު" އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ވިދާޅުވެފައި ވަނީ މެލޭޝިއާ ކުންފުނީގެ ޝަކުވާއަކީ މާލޭގައި އަޅަން ނިންމި އިމާރާތް ހުޅުމާލޭގައި އަޅަން ބޮޑު ހޭދައެއް ހިނގުމާއި ޕައިލްކުރަން ހޭދަވި އަގު ނުލިބުމެވެ. އެކަމަކު އެ އަގުގައި އެޗްޑީސީއަށް އެއްބަސްނުވެވޭ ކަންކަން ހުރި ކަމަށް ސުހައިލް ވިދާޅުވި އެވެ.
ޑަބްލިއު.ޒެޑް.އާރު ޕްރޮޕަޓީއާ ހަވާލާދީ މެލޭ މެއިލް ނޫހުގައި ބުނެފައިވަނީ މި ފައިސާ ހޯދަން މެލޭޝިއާގެ ފޮރިން މިނިސްޓްރީގެ އެހީ އަށް އެދޭނެ ކަމަށެވެ.
އޮފީސް އިމާރާތުގެ މަސައްކަތް ފަށަން ޖެހޭނީ ލޯނު ހަމަޖެހުނީމާ ކަމަށް އެއްބަސްވުމުގައި އޮންނަ ކަމަށާއި އެކަމަކު ލޯނު ހަމަނުޖެހެނީސް މަސައްކަތް ފަށާފައި އޮތް ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. އެކަމަކު އެއީ ކުރީ ސަރުކާރުގެ އިހުމާލެއް ކަމަށް ކަމަށާއި އެހެންވެ އެ ފައިސާ ލިބެން ޖެހޭނެ ކަމަށް މެލޭޝިއާ ކުންފުނިން ބުނާ ކަމަށް ސުހައިލް ކުރިން ވިދާޅުވެފައިވެ އެވެ.
އޮފީސް އިމާރާތް މާލޭގައި ހެދުމަށް ނިންމައި އެ ބިމުގައި ހުރި ބައެއް އިމާރާތްތައް ތަޅައި، ބިން ވެސް ސާފުކުރި އެވެ. އެކަމަކު ފަހުން ހުޅުމާލޭގައި އެތަން އަޅާން ނިންމީ، މާލޭގައި އެފަދަ ބޮޑު އިމާރާތެއް ހަދާއިރު ދިމާވާނެ ދަތިތަކާ ގުޅިގެން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ. އެކަމަކު މި މަޝްރޫއަށް ލޯނު ލިބުމުގައި މައްސަލަ ޖެހި، އިމާރާތް އެޅުން އޮތީ ހުއްޓިފަ އެވެ.
"ޔޫ ބިލްޑިންގް"ގެ ނަމުގައި ފިނޭންސްގެ އާ އިމާރާތް ހަދަން އެއްބަސްވީ ކޮންޓްރެކްޓަރުގެ އަމިއްލަ ޚަރަދުގަ އެވެ. މި ފައިސާ ސަރުކާރުން ދައްކާ ގޮތަށް އޮތީ ތިން އަހަރުގެ ގްރޭސް ޕީރިއަޑަކާ އެކު 20 އަހަރު ދުވަހުގެ ތެރޭގަ އެވެ.
މެލޭޝިއާގެ ކުންފުންޏަށް ދޭންޖެހުނީ މަސައްކަތުގެ އަގު
އާ އޮފީސް އިމާރާތުގެ މައްސަލަ ހައްލުކުރެވޭތޯ ބަލަނީ
22 މިލިއަން ޑޮލަރު ނުދޭތީ މެލޭޝިއާ ކުންފުނިން ކޯޓަށް
30 މިލިއަން ހޯދަން މެލޭޝިޔާ ކުންފުނިން އާބިޓްރޭޝަނަށް
ފިނޭންސް އިމާރާތް އަޅާނީ ސަރުކާރުން ފައިސާ ދޭ ނަމަ
ނެކްސްބިޒަށް 15 މިލިއަން ޑޮލަރު ދައްކަން ޖެހިއްޖެ
ހުޅުމާލޭ ބިންތަކެއް 878 މިލިއަނަށް ސަރުކާރުން ގަނެފި
ނުފޫޒުން ޖާގަ ހޯދައިދިނުމަކީ މުޑުދާރު އަމަލެއް:މަބްރޫކް
މެލޭޝިޔާގަ ތިބި އާއިލާތަކަށް އެހީ ފޮނުވަން ހުޅުވާލައިފި
ނޫމަޑިއަށް 55 މިލިއަން ޑޮލަރު ދީ ޚަލާސްކޮށްފި