Roadha Mihaaru
އިއްޔެ މަރުވީ އައިޖީއެމްއެޗުން ބަލި ޖެހުނު މީހެއް

ކޮވިޑްގައި އިއްޔެ މަރުވީ އައިޖީއެމްއެޗުން ބަލި ޖެހުނު މީހެއް

07 ޖުލައި 2020

ކޮވިޑް-19ގައި އިއްޔެ ފަތިހު މަރުވީ، ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގެ ތެރެއިން އެ ބަލި ޖެހުނު މީހެއް ކަމަށް އެޗުޕީއޭ އިން ރޭ ބުނެފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮވިޑް-19ގައި އިއްޔެ ފަތިހު މަރުވީ، ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގެ ތެރެއިން އެ ބަލި ޖެހުނު މީހެއް ކަމަށް އެޗުޕީއޭ އިން ރޭ ބުނެފި އެވެ.

އުމުރުން 80 އަހަރުގެ އެ މީހާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގަައި ފަރުވާދެމުން އަންނަނިކޮށް އިއްޔެ ފަތިހު 4:30 ހާއިރު އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ) ން ބޭއް ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އެއީ ދާއިމީ ބަލިތަކުގެ އިތުރުން އެހެން ބައެއް ބަލިތައް ވެސް ހުރި މީހެއް ކަމަށެވެ. އެއީ، އައިޖީއެމްއެޗުގެ އައިސީޔޫ އިން ވޯޑަށް ބަދަލުކޮށްފައި ވަނިކޮށް، ޕޮޒިޓިވްކަން އެނގުނު މީހުންގެ ތެރެއިން މީހެއް ކަމަށް ނަޒްލާ ވިދާޅުވި އެވެ.

އެއީ ޜާއްޖެ އިން ކޮވިޑް-19 ގައި މަރުވި 12 ވަނަ މީހާ އެވެ. އެއީ ހަ ދިވެއްސަކާއި ފަސް ބަންގްލަދޭޝް މީހުންގެ އިތުރަށް ފިލިޕިންސްގެ މީހަކު ވެސް ވަނީ މަރުވެފަ އެވެ.

އައިޖީއެމްއެޗުން ބަލި ޖެހުނު މީހަކު މަރުވެފައިވާ ކަމަށް ބުނެފައިވާއިރު އެ ހޮސްޕިޓަލުން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ޖުމްލަ 11 މީހުންނެވެ. އެއީ ހަތަރު މުވައްޒަފުންނާއި ފަސް ބަލި މީހުންގެ އިތުރަށް، ބަލި މީހުންގެ ދެ އެހީތެރިންނެވެ.

އައިޖީމްއެޗްއެޗުގެ އައިސީޔޫގައި ބަލި ފެތުރިފައިވާ ކަން އެނގުނީ އައިސީޔޫގައި ކެންސަރު ބައްޔަށް ފަރުވާދެމުން ދިޔަ މީހަކު ދެވަނަ ސާޖަރީއަކަށް ތައްޔާރު ކުރުމަށް ހެދި ޓެސްޓުން އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުންނެވެ. އެކަމަކު ނަތީޖާ ލިބުމުގެ ކުރިން އޭނާ ވަނީ މަރުވެފަ އެވެ.