Roadha Mihaaru
އަބީޝެކް ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް

އަބީޝެކް ބައްޗަން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

12 ޖުލައި 2020

ބައްޕަ އަދި މަޝްހޫރު އެކްޓަރު އަމީތާބް ބައްޗަން ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފަރުވާ ދެމުން އަންނަނިކޮށް، ދަރިފުޅު އަބީޝެކް ބައްޗަން ވެސް ބައްޔަށް ޕޮޒިޓިވްވެ ފަރުވާދޭން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބައްޕަ އަދި މަޝްހޫރު އެކްޓަރު އަމީތާބް ބައްޗަން ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފަރުވާ ދެމުން އަންނަނިކޮށް، ދަރިފުޅު އަބީޝެކް ބައްޗަން ވެސް ބައްޔަށް ޕޮޒިޓިވްވެ ފަރުވާދޭން ފަށައިފި އެވެ.

ދެބަފައިންނަށް ފަރުވާ ދެމުން އަންނަނީ މުމްބާއީގެ ނަނަވަތީ ހޮސްޕިޓަލްގަ އެވެ. އަމީތާބާއި އަބީޝެކް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އާއިލާގެ އެހެން މީހުންނާއި އެ މީހުންގެ މުވައްޒަފުން ޓެސްޓްކުރުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.

އަމީތާބާއި އަބީޝެކަކީ ބޮލީވުޑްގެ އޭ-ލިސްޓް އެކްޓަރުންގެ ތެރެއިން މިހާތަނަށް ކޮވިޑް-19 އަށް އެންމެ ފުރަތަމަ ޕޮޒިޓިވް ދެ ތަރިންނެވެ. އަބީޝެކަކީ ބަތަލާ އައިޝްވާރިއާ ރާއީގެ ފިރިމީހާ އެވެ.

ދެބަފައިން ބައްޔަށް ޕޮޒިޓްވި ޚަބަރު ހިއްސާކުރުމާ އެކު އަވަސް ޝިފާއަކަށް އެދި ވަރަށް ގިނަ ފިލްމީ ތަރިން ޓްވިޓްކޮށްފައިވެ އެވެ.

އަމީތާބް، 77، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި މި ވަނީ އޭނާ ހޯސްޓްކުރާ ސޮނީ ޓީވީގެ "ކޯން ބަނޭގާ ކަރޯޑްޕަތީ" ގެ 12 ވަނަ ސީޒަން ގެނެސްދޭން ކުޑަތަންވަމުން ދަނިކޮށެވެ. ކޮވިޑާ އެކު ކުރިމަތިވި ލޮކްޑައުންއާ އެކު އަމީތާބް މިހާތަނަށް ޝޯގެ ޕްރޮމޯ އާއި ޝޯގައި ބައިވެރިވާން ގެނެސްދިން ސުވާލުތައް ގެނެސްދިނީ ގޭގައި އިނދެގެން ރެކޯޑިން ހަދައިގެންނެވެ.