ކަސްޓަމަރުންނަށް ވީހާ ވެސް އަވަހަކަށް ހިދުމަތްތައް ދިނުމަށް އެމެޒޯނުން ކުރިއަށް ގެންދާ އެމެޒޯން ޕްރައިމްއާ ވާދަކުރުމުގެ ބޭނުމުގައި، މަޝްހޫރު ކުންފުނި ވޮލްމާޓުން "ވޮލްމާޓް ޕްލަސް" ކިޔާ މެމްބަޝިޕް ޕްރޮގްރާމެއް މި މަހުގެ ތެރޭގައި ލޯންޗްކުރަން ތައްޔާރުވާން ފަށައިފި އެވެ.
14 ޖުލައި 2020
ކަސްޓަމަރުންނަށް ވީހާ ވެސް އަވަހަކަށް ހިދުމަތްތައް ދިނުމަށް އެމެޒޯނުން ކުރިއަށް ގެންދާ އެމެޒޯން ޕްރައިމްއާ ވާދަކުރުމުގެ ބޭނުމުގައި، މަޝްހޫރު ކުންފުނި ވޮލްމާޓުން "ވޮލްމާޓް ޕްލަސް" ކިޔާ މެމްބަޝިޕް ޕްރޮގްރާމެއް މި މަހުގެ ތެރޭގައި ލޯންޗްކުރަން ތައްޔާރުވާން ފަށައިފި އެވެ.
މީޑިއާތަކުން ބުނި ގޮތުގައި ވޮލްމާޓް ޕްލަސް އަކީ އަހަރަކު 98 ޑޮލަރު ދައްކަންޖެހޭ ހިދުމަތެކެވެ. މީގެ ތެރޭގައި މުދަލަށް އޯޑަރުކުރާ ދުވަހު ކަސްޓަމަރުންނަށް ފޯރުކޮށް ދިނުމާ އެކު، ޑެލިވަރީ އަށް ނަގާ ފީން އިތުރު ޑިސްކައުންޓްތަކެއް ދިނުން ހިމެނެ އެވެ.
ވޮލްމާޓް ޕްލަސްއާ ބެހޭ ގޮތުން ވޮލްމާޓުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައި ނުވާތީ ހިދުމަތް ލޯންޗްކުރާނެ އިރަކާއި ހިދުމަތް ތައާރަފުކުރާ އިރު، މުޅި އެމެރިކާ އަށް ލިބޭނެކަން ވެސް ކަށަވަރެއްނުވެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު ޖެފް ބެޒޯސްގެ އެމެޒޯން އިން ދާދި ފަހުން ބުނި ގޮތުގައި އެ ކުންފުނީ އެމެޒޯން ޕްރައިމް ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު 150 މިލިއަނަށް އަރަ އެވެ. އޭގެ އަހަރީ ފީ އަކީ 119 ޑޮލަރެވެ. އަދި އަހަރުން އަހަރަށް އެމެޒޯން ޕްރައިމް ސަބްސްކްރައިބްކުރާ މީހުން އިތުރުވަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެމެޒޯން ޕްރައިމްގެ ދަށުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި އެމެޒޯން ޕްރައިމް ވީޑިއޯގެ ސްޓްރީމިންގެ ހިދުމަތާއި އާންމު ދިރިއުޅުމަށް ގަންނަ މުދާ ދުވަހުން ދުވަހަށް ޑެލިވަރީކޮށް ދިނުމާއި އޯޑަރުކުރާ މުދާ ވަރަށް އަވަސް ހިދުމަތެއްގެ ގޮތުގައި ޝިޕިންކޮށް ދިނުން ހިމެނެ އެވެ.
"ވޮލްމާޓް ޕްލަސް" ލޯނޗްކުރާ އިރު އެ ކުންފުނިން މިހާރު ވެސް އަންނަނީ އަވަސް ޑެލިވަރީގެ ހިދުމަތް އެމެރިކާގެ ބައެއް ސިޓީތަކުގައި ޓެސްޓްކުރަމުންނެވެ. އެގޮތުން ދުވަހުން ދުވަހަށް 220،000 އަށް ވުރެ ގިނަ ބާވަތުގެ މުދާ ލަސް ވެގަސް އާއި ކެލިފޯނިއާ އާއި ޕީނިކްސްގެ ބައެއް ސަރަހައްދުތަކަށް ޑެލިވަރީކޮށް ދެ އެވެ.
އެމެޒަން އިން ޑްރޯން މެދުވެރިކޮށް ޑެލިވަރީކުރަން ފަށަނީ
އެމެޒޯންގައި މެރުއާނާ ވިއްކުމުން ދައުވާކޮށްފި
އެމެޒޯންގެ އާ ސީއީއޯ މަގާމާ ހަވާލުވެއްޖެ
ބޮޑު މަހުޖަނު 500 މިލިއަން ޑޮލަރުގެ ޔޮޓެއް ގަނެފި
އެތައް އަހަރަކަށްފަހު އެލެކްސާގެ އަޑުގެ ވެރިޔާ ހޯދައިފި
ޖެފް ބެޒޯސް އެމެޒޯންގެ ސީއީއޯގެ މަގާމު ދޫކޮށްލަނީ
ޑެލިވަރީ އަވަސްކުރަން އެމެޒޯން އިން މަތިންތާބޯޓުތަކެއް
އެމެޒޯން ފާމަސީ ތައާރަފުކޮށްފި
އެމެޒޯންގެ ޑެލިވަރީއަށް 100 ޕަސެންޓް އިލެޓްރިކް ވޭން
އެމެޒޯންގެ ޑްރޯން ޑެލިވަރީ އަށް ހުއްދަ ދީފި