Roadha Mihaaru

ފޮނަދޫ މަގު ހެދުމުގެ މަސައްކަތުގެ 59 ޕަސެންޓު އެމްޓީސީސީން ނިންމާލައިފި

ލ. ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ 59 ޕަސެންޓު މަސައްކަތް އެމްޓީސީސީން ނިންމާލައިފި އެވެ.

ފޮނަދޫ މަގުހެދުމުގެ މަސައްކަތުގެ 59 ޕަސެންޓު ނިމިއްޖެ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

14 ޖުލައި 2020

ލ. ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ 59 ޕަސެންޓު މަސައްކަތް އެމްޓީސީސީން ނިންމާލައިފި އެވެ.

މި މަޝްރޫއުގެ ތެރެއިން، މަގުގައި ހުރި ގާތައް ނެގުމާއި މަގު އެއްވަރު ކުރުމާއި ސަބް ގްރޭޑިންގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި މަޝްރޫޢުގެ ދަށުން ފޮނަދޫގެ 12 މަގެއްގައި 27,848 އަކަ މީޓަރު ތާރު އަޅާނެ އެވެ. މިއީ ގާތްގަނޑަކަށް 3.5 ކިލޯ މީޓަރު ސަރަހައްދެކެވެ

މި މަސައްކަތުގެ ދަށުން ރަށުގައި ސްޓޯމް ވޯޓާ މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކޮށް ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެންނާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ. އަދި މަގުމަތީގެ ނިޝާންތައް ފާހަގަކޮށް ސްޕީޑު ބްރޭކަރުތައް ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.

އެމްޓީސީސީން ލ.ފޮނަދޫ މަގު ހެދުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީން ލ.ފޮނަދޫ މަގު ހެދުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ: އެމްޓީސީސީ

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 25.5 މިލިއަން ރުފިޔާ އެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން 26 ގަ އެވެ.

ފޮނަދޫގެ އިތުރުން އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އުމްރާނީ ތަރައްގީގެ މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ބިން ހިއްކުމާއި ބަނދަރު ހެދުމާއި މަގުތައް ހެދުމާއި އެއާޕޯޓްތައް ތަރައްގީ ކުރުން ފާހަގަކޮށްލެވެ އެވެ.