Roadha Mihaaru
ފޮނަދޫ މަގުތަކުގެ ބޮޑު ބައި ހަދައި ނިމިއްޖެ

ފޮނަދޫ މަގުތަކުގެ ބޮޑު ބައި ހަދައި ނިމިއްޖެ

20 އޮކްޓޯބަރ 2020

ލ. ފޮނަދޫ މަގު ހެދުމުގެ މަޝްރޫއުގެ 64 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ލ. ފޮނަދޫ މަގު ހެދުމުގެ މަޝްރޫއުގެ 64 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި މިހާރު ކުރިއަށްދަނީ 5،200 މީޓަރުގެ ސަރަހައްދުގެ ސަބްބޭސް އެޅުމުގެ މަސައްކަތެވެ.

މި މަޝްރޫއުގެ ދަށުން 3.5 ކިލޯމީޓަރު ދިގު 12 މަގު ތަރައްގީ ކުރަން ވަނީ ނިންމައިފަ އެވެ. އެގޮތުން، 27،848 އަކަ މީޓަރު ސަރަހައްދެއްގައި ތާރު އަޅާއިރު ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި ސްޕީޑް ބްރޭކަރާއި މަގުބައްތި ވެސް ހަރުކުރާނެ އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ފެށި މި މަޝްރޫއަށް 25.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން ލަފާ ކުރެ އެވެ.