ނަޒާހަތްތެރިކަމާ ފުށޫއަރާ އެއްވެސް އަމަލެއް ކަސްޓަމްސް އިން ބަލައި ނުގަންނާނެ ކަމަށް ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
18 ޖުލައި 2020
ނަޒާހަތްތެރިކަމާ ފުށޫއަރާ އެއްވެސް އަމަލެއް ކަސްޓަމްސް އިން ބަލައި ނުގަންނާނެ ކަމަށް ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ކަސްޓަމަސްގެ 130 ވަނަ އަހަރީ ދުވަހާ ގުޅިގެން ދެއްވި ހިތާބުގައި އޭނާ ވަނީ އަމާނާތްތެރިކަމާއި އިހުލާސްތެރިކަމާ އެކު ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ކަސްޓަމްސްގެ ހުރިހާ މުވައްޒަފުންނަށް އިލްތިމާސް ކުރައްވައިފަ އެވެ.
ކޮވިޑް-19އާ ގުޅިގެން މުޅި ދުނިޔޭގައި ބިރުވެރިކަން އުފެދިފައިވާ ވަގުތެއްގައި ވެސް ކަސްޓަމްސްގެ މުވައްޒަފުން ރާއްޖޭގެ މައި ދޮރާށި ބެލެހެއްޓުމަށް ކުރަމުން އަންނަ މަސައްކަތަށް ޝަރީފް ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ.
އަހަރީ ދުވަސް ފާހަގަ ކުރުމަށް މިއަދު ބޭއްވި ހަފްލާގައި ކަސްޓަމްސްގެ މުވައްޒަފުން ބައިވެރިވަނީ-- ފޮޓޯ: ކަސްޓަމްސް
އަބްދުﷲ ޝަރީފު ވިދާޅުވިގޮތުގައި ލޮކްޑައުން ތެރޭގައި ވެސް ރައްޔިތުންނަށް ބޭނުންވާ މުހިންމު ހިދުމަތްތައް ފޯރުކޮށްދެވުނީ އެ އިދާރާގެ މުވައްޒަފުންގެ ހިތްވަރުގަދަކަމުންނެވެ. އެގޮތުން، ލޮކްޑައުން ތެރޭގައި އާއިލާއާ ދުރުގައި، އެކަހެރިވެގެން ތިބެގެންނާއި ގޭގައި ތިބެގެން އަދި ކުރީ ސަފުގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރި ހުރިހާ މުވައްޒަފުންނަށް ވެސް އޭނާ ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ.
ކަސްޓަމަސްގެ އަހަރީ ދުވަހާ ގުޅިގެން ކަސްޓަމްސް ބިލްޑިންގައި ހާއްސަ ހަފްލާއެއް ވެސް މިއަދު ވަނީ ބާއްވައިފަ އެވެ. މި ހަފްލާގައި ލޮކްޑައުުން ތެރޭގައި ހިދުމަތް ދިނުމުގައި އުޅުނު ހުރިހާ މުވައްޒަފުންނަށް ވަނީ އެކަމުގެ އަގުވަޒަންކޮށް، ހަދާނީ ލިޔުން ހަވާލުކޮށްފަ އެވެ.
ޑްރަގް ފޮށްޓެއް ނުގެއްލޭ، ވީ ޝައްކެއް!
ވަޒީފާ އިޔާދަ ކުރުމާއެކު މަހުމޫދު އޮފީހަށް ނުކުމެއްޖެ
ކޮމިޓީގެ ލަފައާއެކު މަހުމޫދުރިޔާޒުގެ ވަޒީފާ އިޔާދަކޮށްފި
މަހުމޫދު ރިޔާޒުގެ މަގާމު އިޔާދަކުރަން ލަފާއަރުވައިފި
ތިން އޮފިސަރުންގެ ކަންކަން އެބަ ބަލަން: ކަސްޓަމްސް
މަހުމޫދު ވަކިކުރި މައްސަލަ އަލުން ބަލައިދޭން އެދިއްޖެ
މަހުމޫދު ރިޔާޒު ވިދާޅުވީ ކޮރަޕްޓް ނުވާ ކަމަށް
ފިޔަވަޅު އެޅީ "ސިއްރު" ވާހަކަތަކަށް ރިއާޔަތްކޮށް
ވައްކަމާ ގުޅިގެން ކަސްޓަމްސްގެ ދެ ޑެޕިއުޓީން ވަކިކޮށްފި
241 ކޮމިޓީން ހޯދީ ކަސްޓަމްސްގެ ބޮޑެތި އިހުމާލުތަކެއް