ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހެއްގެ މައްސަލަ ބަލައި ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
19 ޖުލައި 2020
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހެއްގެ މައްސަލަ ބަލައި ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ލ. މުންޑޫ އަންނާރުމާގޭ، އަހުމަދު ނިޝާން 26، މިދިޔަ ބުދަ ދުވަހު ހައްޔަރުކުރީ އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ތުހުމަތުކުރެވޭ މައްސަލައިގެ ހާދިސާ ހިނގި ތަނުންނެވެ.
ނިޝާން ހައްޔަރުކޮށް، އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އެ ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ، ކޯޓުން އެ ނިންމުން ނިންމާފައި ވަނީ ނިޝާންގެ މައްޗަށް ތުހުމަތު ކުރެވެނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއްގައި ކަމަށް ވާތީ، އޭނާ ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބަލާފައި ކަމަށެވެ.
ފުލުހުން ބުނިގޮތުގައި، މި މައްސަލައިގެ ތަހުގީގު ވީ އެންމެ އަވަހަކަށް ނިންމައި ދައުވާކުރަން ފޮނުވުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
މިދިޔަ ދުވަސްތަކުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި މި ނޫން ވެސް ޖިންސީ ގޯނާގެ ގިނަ މައްސަަތަކެއް ވަނީ ފެންމަތި ވެފަ އެވެ. މިފަދަ މައްސަލައެއްގައި އިއްޔެ ވެސް ވަނީ، ޝަރީއަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ހުޅުމާލޭގެ ކޯޓުން އަމުރުކޮށްފަ އެވެ.
ކުޑަކުދިންނަށް ބިރުދައްކައި ބްލެކްމެއިލްކޮށްގެން ޖިންސީ ގޯނާ ކުރާ މައްސަލަތަކާއި އިންޓަނެޓްގެ ޒަރީއާ އިން ކުޑަކުދިން ގްރޫމް ކޮށްގެން ޖިންސީ ގޯނާކުރާ މައްސަލަތައް އިތުރުވަމުން ދާތީ މައިންބަފައިންނާއި ބެލެނިވެރިން މިކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ. މި ފަހަކަށް އައިސް ޖިންސީ އަނިޔާގެ މައްސަލަތައް ރިޕޯޓްކޮށް، އެ ވާހަކަތައް އާންމުންގެ ތެރޭގައި ދައްކާ މިންވަރު ވަނީ އިތުރުވެފަ އެވެ. އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް އަޑުއުފުލުންތައް ވެސް އަންނަނީ ބާއްވަމުންނެވެ.
ރޭޕްގެ މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
ކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
ގޯނާގެ މައްސަލައާއެކު ޝިދާތާ އިހުސާސްތައް ބޭރުކޮށްލައިފި
ޝިކާރަވެރިންގެ ބޮޑު ޕަސެންޓެއް ތިބީ ދޫވެފައި: ރިޕޯޓް
އަނިޔާ ލިބުނު ކުއްޖާ ދެ އަހަރު "ބަންދުގައި"!
ޓެސްޓުތަކަށް ފަހު ކުޑަ ކުއްޖާ ދޫކޮށްލައިފި
"ގައިގައި އަތެއް ނުލައެއްނު! އެވަރުގެ ކަމެއްތަ"؟
މިހާރު ވެސް އެތިބީ ކުއްޖަކަށް ނަޒަރު ހިންގަހިންގާ!
15 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް ބަލަނީ
ކުއްޖާ އަށް ކޮށްލާފައި އޮތްވަރުން ޑޮކްޓަރަށް ރޮވުނު!