Roadha Mihaaru
ރޭޕްގެ މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

ކުޑަކުއްޖެއްގެ ރޭޕްގެ ތުހުމަތު ކުރެވޭ އިތުރު މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

04 ޖުލައި 2020

ކުޑަކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުކުރެވޭ މީހަކު، ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. މިއީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި، މިފަދަ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކުރި ދެވަނަ މީހާ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުޑަކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުކުރެވޭ މީހަކު، ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. މިއީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި، މިފަދަ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކުރި ދެވަނަ މީހާ އެވެ.

ފުލުހުން ބުނީ، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް، ބްލެކްމެއިލްކޮށް، ޖިންސީ ގޯނާކޮށްފައިވާ މައްސަލައިގައި މިއަދު ހައްޔަރުކޮށްފައި ވަނީ ތ. ގުރައިދޫ، މިޔަވާލި، ހުސެއިން ޒާހިން 33، ކަމަށެވެ.

ޒަހީންގެ މައްޗަށް ކުރަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތަށް ވުމުން އޭނާ ދޫކޮށްލައިފި ނަމަ މުޖުތަމައަށް ނުރައްކަލަށް ކުރިމަތިވެދާނެތީ، ޝަރީއަތުން ވަކިގޮތެއް ކަނޑައަޅަންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އޯޓިސްޓިކް ކުއްޖަކު ރޭޕްކޮށް، ބަނޑުބޮޑުވި މައްސަލައިގައި ވެސް މީހަކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރަން ފ، ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ އަމުރުކޮށްފައި ވެ އެވެ. އެ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރީ އުމުރުން 14 އަހަރުގެ އެ އަންހެން ކުއްޖާގެ ޅިޔަނެވެ. އެއީ ފ. ފީއަލީ، ފީރޯޒްގެ، އިބްރާހިމް ޝާފިއު 37، އެވެ

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ރޭޕްކުރުމުގެ މައްސަލަތައް މިދިޔަ ހަފުތާގެ ތެރޭގައި އާދަޔާ ހިލާފަށް ގިނަކަން ފާހަގަކުރެ ވެ އެވެ. ފުލުހުން ވެސް ވަނީ އެފަދަ މައްސަލަައް އިތުރުވާތީ މިހާރަށް ވުރެ ބޮޑަށް ބެލެނިވެރިން ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ.

އެފަދަ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަމްބަރު، 3000600 ނުވަތަ ޖެންޑާ މިނިސްޓްރީގެ ހިލޭ ގުޅޭ ނަމްބަރު 1412 އަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.