Roadha Mihaaru
ކޭއެފްސީން ލެބޯޓްރީގައި ކުކުޅުމަސް އުފައްދަނީ

ކޭއެފްސީން ލެބޯޓްރީގައި ކުކުޅުމަސް އުފައްދަނީ

20 ޖުލައި 2020

ކުކުޅުމަހުގެ ކެއުންތަކަށް ހާއްސަ އެމެރިކާގެ މަޝްހޫރު ފާސްޓްފުޑް ޗެއިން ކޭއެފްސީން އެތަނުގެ ޗިކެން ނަގެޓްސް އަށް ވަރަށް ބޮޑު ބަދަލެއް ގެންނަން ތައްޔާރުވާން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުކުޅުމަހުގެ ކެއުންތަކަށް ހާއްސަ އެމެރިކާގެ މަޝްހޫރު ފާސްޓްފުޑް ޗެއިން ކޭއެފްސީން އެތަނުގެ ޗިކެން ނަގެޓްސް އަށް ވަރަށް ބޮޑު ބަދަލެއް ގެންނަން ތައްޔާރުވާން ފަށައިފި އެވެ.

މި ބަދަލަކީ އެ ކުންފުނީގެ "ރެސްޓޯރަންޓް އޮފް ދަ ފިއުޗާ" ކޮންސެޕްޓްގެ ދަށުން، ލެބޯޓްރީގައި އުފައްދާ ޗިކެން ނަގެޓްސް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށް ދިނުމެވެ. މައިގަނޑު ބޭނުމަކީ ތިމާވެއްޓާ ރައްޓެހި އުފެއްދުމެއް ގެނެސްދިނުމެވެ.

ކޭއެފްސީން މިކަން ކުރިއަށް ގެންދަން ނިންމާފައި ވަނީ ރަޝިއާގެ ކުންފުންޏެއް ކަމަށްވާ ތްރީޑީ ބައޯޕްރިންޓިން ސޮލިއުޝަންސްއާ ގުޅިގެންނެވެ. އެގޮތުން ލެބޯޓްރީގައި ބައޯޕްރިންޓިން ޓެކްނޮލޮޖީގެ އެހީގައި ކުކުޅުގެ ސެލް އަދި ގަސްގަހާގެހީގެ މާއްދާތައް ބޭނުންކޮށްގެން ކުކުޅު މަސް އުފައްދާނެ އެވެ.

ކޭއެފްސީން ބުނި ގޮތުގައި މިކަން ގޮތަށް ކުރި ނަމަވެސް އެތަނުން މިހާރު ވެސް ކަސްޓަމަރުންނަށް ސާވްކުރާ ކުކުޅުގެ ކެއުންތަކުން ލިއްބައިދޭ އަސްލު ރަހަ ލެބޯޓްރީގައި އުފަައްދާ ކުކުޅު މަހުން ވެސް ލިބޭނެ އެވެ. އަދި މިކަން ކުރިއަށް ގެންދަނީ އެކަމަށް ވަރަށް ބޮޑަށް ބަލައިގެން ކަމަށް ބުންޏެވެ.

ކޭއެފްސީގެ މި މަސައްކަތް ކާމިޔާބުވެއްޖެ ނަމަ މިކަން ވެގެންދާނީ ރެސްޓޯރަންޓް ޗެއިނަކުން ލެބޯޓްރީގައި އުފައްދާ ޗިކެން ނަގެޓްސް ކަސްޓަމަރުންނަށް ކާން ލިބޭނެ ފުރަތަމަ ފަހަރަށެވެ. އެކަމަކު އާންމުންނަށް މި އުފެއްދުން ކާން ލިބޭނެ އިރެއް ހާމައެއްނުކުރެ އެވެ. ނަމަވެސް އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މީގެ އެންމެ ފަހުގެ ޓެސްޓިން މަރުހަލާ މޮސްކޯގައި ކުރިއަށްދާނެ ކަމަށް ބުންޏެވެ.

ތްރީޑީ ބައޯޕްރިންޓިން ސޮލިއުޝަންސްގެ އެއް ބާނީ ޔޫސުފް ޚެސޯނީ ވިދާޅުވި ގޮތުގައި ކާނާ އުފެއްދުމުގައި ބައޯޕްރިންޓިން ޓެކްނޮލޮޖީ އަކީ މިހާރު ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ކަމެކެވެ. އަދި މީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ތިމާވެއްޓާ ރައްޓެހިކޮށް އެއްގަމު މަހުގެ ބާވަތްތައް ކާން މަގުފަހިކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

"މިއީ މުސްތަގުބަލު އޮތް ދާއިރާއެއް. މިކަން ކުރިއަށް އޮތް ތަނުގައި އެއް ދުވަހުން އަނެއް ދުވަހަށް އަންނާނީ ފުޅާވެ ތަރައްގީވަމުން." އޭނާ ވިދާޅުވި އެވެ.

ޔޫސުފް ވިދާޅުވީ ކޭއެފްސީއާ ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާއަކަށް ވެގެންދާނީ ސެލް-ބޭސްޑް މީޓްގެ މާކެޓް އިތުރުވާން ފެށުމެވެ.