Roadha Mihaaru
ކޭއެފްސީ ގޭމިން ކޮންސޯލް އަކީ ޖޯކެއް ނޫން

ކޭއެފްސީ ގޭމިން ކޮންސޯލް އަކީ ޖޯކެއް ނޫން

26 ޑިސެމްބަރ 2020

އެމެރިކާގެ މަޝްހޫރު ފާސްޓް ފުޑް ކުންފުނި ކޭއެފްސީން ގޭމިން ކޮންސޯލެއް ނެރުމަކީ އެ މީހުންނާ އެހާ ގުޅޭ ކަމެއް ނޫނެވެ. ސަބަބަކީ ކޭއެފްސީ އަކީ ރަހަ މީރު ކުކުޅު މަސް ކާންދޭ ކުންފުންޏަކަށް ވުމެވެ. އެކަމަކު ޖޫން މަހުގެ ތެރޭގައި ކޭއެފްސީން ވަނީ ގޭމިން ކޮންސޯލްއެއްގެ ވާހަކަ ދައްކައިފަ އެވެ. މިކަން ބައެއް މީހުން ނެގީ ޖޯކެއްގެ ގޮތުގަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ފާސްޓް ފުޑް ކުންފުނި ކޭއެފްސީން ގޭމިން ކޮންސޯލެއް ނެރުމަކީ އެ މީހުންނާ އެހާ ގުޅޭ ކަމެއް ނޫނެވެ. ސަބަބަކީ ކޭއެފްސީ އަކީ ރަހަ މީރު ކުކުޅު މަސް ކާންދޭ ކުންފުންޏަކަށް ވުމެވެ. އެކަމަކު ޖޫން މަހުގެ ތެރޭގައި ކޭއެފްސީން ވަނީ ގޭމިން ކޮންސޯލްއެއްގެ ވާހަކަ ދައްކައިފަ އެވެ. މިކަން ބައެއް މީހުން ނެގީ ޖޯކެއްގެ ގޮތުގަ އެވެ.

ގިނަ ބަޔަކު ހީކުރީ މި އަހަރު ޕްލޭސްޓޭޝަން 5 އާއި މައިކްރޮސޮފްޓް އެކްސް ބޮކްސް ސީރީޒް އެކްސް ވަރަށް ގާތްގާތުގައި މިދިޔަ މަހުގެ ތެރޭގައި ނެރޭތީ ކޭއެފްސީން ސަމާސާކުރަނީ ކަމަށެވެ.

އެކަމަކު ކޭއެފްސީ ގޭމިންގެ ވާހަކަ އަކީ ސަމާސާއެއް އަދި ޖޯކެއް ވެސް ނޫންކަން ޔަގީންކޮށްދީފި އެވެ. ވީޑިއޯ ގޭމްތައް ކުޅެމުން ރަހަ މީރު ކުކުޅުމަސް ތައްޔާރުކުރެވޭ ކޮންސޯލްއެއް މި ވަނީ ދައްކާލައިފި އެވެ. މިއަށް ދީފައިވާ ނަމަކީ "ކޭއެފްސީ ކޮންސޯލް" އެވެ. ޓްވިޓާގައި "ކޭފްސީ ކޮންސޯލް" ދައްކައިލީ "ދަ ކޮންސޯލް ވޯ އިޒް އޯވާ. އިންޓްރޮޑިއުސިން ދަ ކޭއެފްސީ ކޮންސޯލް. #ޕަވާޔޯހަންގާ" ކެޕްޝަނަކަށް ޖަހައިފަ އެވެ.

މިއީ ސްމާޓް ޑިވައިސްތަކާ ގުޅާލައިގެން 4K ކޮލިޓީގައި ގޭމް ތަކުރިބާކޮށްލެވޭނެ އެއްޗެކެވެ. "ކޭއެފްސީ ކޮންސޯލް" ވަރަށް ރީއްޗެވެ. އެއާ ފްރަޔާއަކާ ވެސް މި ވައްތަރެވެ.

ކޭއެފްސީން ގޭމިން ކޮންސޯލެއް އުފެއްދީ ކޮމްޕިއުޓަރު ހާޑްވެއާ އުދައްދާ ކުންފުނި ކޫލާ މާސްޓާއާ ގުޅިގެންނެވެ.

"އަހަރެމެން މިހާރު މި ކަށަވަރުކޮށް ދެނީ ކޭއެފްސީ ކޮންސޯލް އަކީ ހަމަ ހަގީގަތެއްކަން،" ކޭއެފްސީގެ ޕަބްލިކް ރިލޭޝަންސް (ޕީއާރް) ހެ ހެޑް މާކް ޗީވާޒް ވިދާޅުވި އެވެ. "އަހަރެމެން ގަބޫލުކުރަން ގޭމިން ކޮންސޯލްގެ ހަނގުރާމައިގެ މައިދާން ވާދަވެރިކަން ވެސް. އެކަމަކު ކޭއެފްސީ އޮތީ މި ދާއިރާ އިން ކުރިއަށް ދާން. ކޭއެފްސީ ކޮންސޯލް އަކީ މިކަމަށް އަހަރެމެން ކުރާ ދަތުރުގެ ފެށުމަށް ވެގެންދާނީ."

އޭނާ ވަނީ ކުރިއަށް އޮތް ތަނުގައި ސޮނީ އާއި މައިކްރޮސޮފްޓުން ވެސް ގޭމިން ކޮންސޯލް ތަރައްގީކުރާ އިރު ކުކުޅު ހޫނުކޮށްލެވޭ ޗެމްބާއެއް އެ މީހުންގެ ކޮންސޯލްތަކުގައި ވެސް ހިމަނާލަން ވިސްނާ ނަމަ އެކަމުގެ ޓިޕްސް ވެސް ކޭއެފްސީން ދޭން ތައްޔާތަށް އޮތް ކަމަށް ވިދާޅުވެފަ އެވެ.

"ކޭއެފްސީ ކޮންސޯލް" ބާޒާރަށް ނެރޭނެ އިރަކާއި އަގެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު އާ އަހަރު ފެށުމާ އެކު އުފާވެރި ޚަބަރެއް ކޭއެފްސީން ދޭނެ ކަމަށް ގަބޫލުރެވެ އެވެ.