މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ މަގާމަށް އައްޔަން ކޮށްފައިވާ އަހުމަދު ފަޒީލަށް ޖިންސީ ގޯނާގެ ތުހުތަމުތަކެއް ކުރެވޭތީ، އެ މައްސަލަ ބަލައި ނިމެންދެން އެ ޕާޓީގެ މަސައްކަތްތަކުން އޭނާ އެކަހެރި ކޮށްފި އެވެ. އަދި އޭނާ ސަރުކާރުގެ މަގާމުން ވަކިކޮށްދިނުމަށް އެ ޕާޓީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން ވެސް ވަނީ އެދިފަ އެވެ.
19 ޖުލައި 2020
މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ މަގާމަށް އައްޔަން ކޮށްފައިވާ އަހުމަދު ފަޒީލަށް ޖިންސީ ގޯނާގެ ތުހުތަމުތަކެއް ކުރެވޭތީ، އެ މައްސަލަ ބަލައި ނިމެންދެން އެ ޕާޓީގެ މަސައްކަތްތަކުން އޭނާ އެކަހެރި ކޮށްފި އެވެ. އަދި އޭނާ ސަރުކާރުގެ މަގާމުން ވަކިކޮށްދިނުމަށް އެ ޕާޓީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން ވެސް ވަނީ އެދިފަ އެވެ.
ޒުވާން އަންހެނުންނަށާއި ކުޑަކުދިންނަށް އެކި ކަހަލަ ޖިންސީ ގޯނާކޮށްފައިވާ ކަމަށް ބުނެ ބައެއް މީހުން ދަނީ އެމްއާރުއެމްގެ އިސް މަގާމެއްގައި ހުރި ފަޒީލަށް ތުހުމަތު ކުރަމުންނެވެ. ގަޔަށް އަތްލުމާއި ބަދުއަޚުލާގީ އަމަލުތައް ހިންގާ މަންޒަރާއި އޮރިޔާން ފޮޓޯ ފޮނުވުން އެ ތުހުމަތުތަކުގެ ތެރޭގައި ހިމެނެ އެވެ.
މި ޕާޓީގެ މަޤާމެއްގައި ހުރި މީހަކާއިމެދު ޖިންސީ ފުރައްސާރައާއި އަނިޔާގެ ތުޙުމަތުތަކެއް ސޯޝަލް މީޑިއާގައި ކުރެވެމުންދާތީ އެ މައްސަލަ މި ޕާޓީއިން މިހާރު މި ދަނީ ބަލަމުންނެވެ. މައްސަލަ ބަލާ ނިމެންދެން ޕާޓީ ގެ ހަރަކާތް ތަކުން އޭނާ ވަނީ އެކަހެރި ކުރެވިފައެވެ.
— Maldives Reform Movement (MRM) ?? (@MRM_Office) July 19, 2020
1/2
އެމްއާރްއެމުން މިރޭ ކުރި ޓްވީޓު
މި ތުހުމަތުތަކާ ގުޅިގެން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމުން މިރޭ ބުނީ، އެ ޕާޓީން އަންނަނީ މި މައްސަލަ ބަލަމުން ކަމަށެވެ. ކަމާ ގުޅޭ އިދާރާތަކަށް އެކަން އަންގާފައިވާ ކަމަށާއި ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އެމްއާރުއެމުން ބުނެ އެވެ.
"ޖިންސީ ފުރައްސާރަ އާއި އަނިޔާ ފަދަ ކުށްތަކަކީ މި ޕާޓީން އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަމެއް ނޫނެވެ،" އެމްއާރްއެމްގެ ޓުވީޓުގައި ވެ ބުންޏެވެ.
ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބައެއް ބޭފުޅުން، އެ އޮފީސްތަކުގެ ބައެއް މީހުންނަށް ޖިންސީ ގޯނާކުރާ ކަމުގެ ތުހުމަތުގެ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އެ މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމުގެ ތުހުމަތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، އޭނާ މަގާމުން ވަކިކުރައްވައިފަ އެވެ. އަދި "ދި އެޑިޝަން" ގެ އެޑިޓަރު ރާއި މުނައްވަރު ވަނީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ ހަސަން އިސްމާއިލް މިދިޔަ އަހަރު ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ.
މި ދެ މައްސަލަ ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.
ފިޝަރީޒްގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ސަސްޕެންޑުކޮށްފި
18އަހަރުގެ އަންހެނަކަށް ޖިންސީގޯނާކުރި މީހަކު ހައްޔަރު
ޖިންސީ ފުރައްސާރަކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފި
ގުރޫޕް ޖިންސީގޯނާގެ މައްސަލަ: މީހަކު ހައްޔަރެއް ނުކުރޭ
ޖިންސީ ގޯނާގެ ތުހުމަތަށް ދޮންބައްޕައަކު ހައްޔަރުކޮށްފި
11 އަހަރުގެ ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް
ކުއްޖަކަށް ޖިންސީގޯނާކުރި 73 އަހަރުގެ މީހަކު ހައްޔަރު
ހަ އަހަރުގެ ކުއްޖާއަށް އިތުރު މީހަކު ގޯނާކުރިތޯ ބަލަނީ
ޖިންސީ ފުރައްސާރައިގެ ތުހުމަތުން ޖުނައިދު ސަލާމަތްވެއްޖެ
ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ