ޖިންސީ ފުރައްސާރަކޮށް މީހެއްގެ ނުރުހުމުގައި ގަޔަށް އަތްލިކަމުގެ ތުހުމަތަށް އިންޑިއާ މީހަކު ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 10 ދުވަސް ދީފި އެވެ.
17 މެއި 2023
ޖިންސީ ފުރައްސާރަކޮށް މީހެއްގެ ނުރުހުމުގައި ގަޔަށް އަތްލިކަމުގެ ތުހުމަތަށް އިންޑިއާ މީހަކު ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 10 ދުވަސް ދީފި އެވެ.
މުހުތާރު އަންސަރީ، 22، އަށް ކޮށްފައިވާ ތުހުމަތަކީ ޖިންސީ ފުރައްސާރަ ކުރުމާއި ނުރުހުމުގައި ގައިގައި އަތްލުމެވެ.
ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާ ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވެ އެވެ. އޭނާ ހައްޔަރުކުރީ އިޖުރާއަތާ އެއްގޮތަށް ކަމަށް ވެސް އަމުރުގައި ކަނޑައަޅާފައިވެ އެވެ.
އެކި މައްސަލަތަކުގައި ރާއްޖޭގައި ހައްޔަރުކުރާ އިންޑިއާ މީހުންނަށް ފިޔަވަޅު ނާޅާ ކަމުގެ ތުހުމަތު އެކި މައްސަލަތަކާ ގުޅިގެން ކޮށްފައި އެބަހުއްޓެވެ. މިދިޔަ ފެބްރުއަރީ މަހު، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ދައުވާ ލިބުނު އިންޑިއާ މީހެއްގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި ވަނިކޮށް އިމިގްރޭޝަނުން އޭނާ ޑީޕޯޓް ވެސް ކޮށްލި އެވެ.
އޭނާ ޑީޕޯޓްކޮށްލީ މައްސަލަ ކޯޓުގައި އޮތްކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަންގާފައި ނުވާތީ ކަމަށް އިމިގްރޭޝަނުން ބުންޏަސް ޕީޖީން ބުނީ އިމިގްރޭޝަނަށް އެކަން އެންގި ކަމަށެވެ.
ޕާސްޕޯޓު ދޫކޮށްލުމުން އަލީ ވަހީދު ރާއްޖެ އިން ބޭރަށް
ފާމަސީ އެސިސްޓެންޓަކު ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތެއް
މަނީ ލޯންޑަރިންގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި
ބިރުދެއްކި މީހާއަށް ޖިންސީގޯނާގެ ތުހުމަތު ވެސް ކުރޭ
ޑްރަގް އެތެރެކުރި އިންޑިއާ މީހާގެ ބަންދަށް ތިން ދުވަސް
ބެނާ ނަގަން އަމުރު ނެރެދިން ގާޒީއަށް އިންޒާރު
ހަ އަހަރުގެ ކުއްޖާއަށް އިތުރު މީހަކު ގޯނާކުރިތޯ ބަލަނީ
އަނބިމީހާގެ ގަޔަށް ވަޅިހެރީ ނިދާފައި އޮއްވައި
ޖިންސީ ފުރައްސާރައިގެ ތުހުމަތުން ޖުނައިދު ސަލާމަތްވެއްޖެ
ސައްހަ ނޫން ކާޑަކުން ބައި މިލިއަން ދެއްކުމުން ޖަލަށް