އުތުރުގެ ރަށެއްގައި ގްރޫޕަކުން ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ފުލުހުން ބަލަން ފެށިތާ ހަފުތާއެއް ވެފައިވީ ނަމަވެސް އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
16 މެއި 2023
އުތުރުގެ ރަށެއްގައި ގްރޫޕަކުން ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ފުލުހުން ބަލަން ފެށިތާ ހަފުތާއެއް ވެފައިވީ ނަމަވެސް އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ޖިންސީ ގޯނާގެ ޝިކާރައަކަށްވީ އެނގިފައިވާ ގޮތުގައި އުމުރުން 14 އަހަރުގެ ކުއްޖެކެވެ. ގްރޭޑް 8 ގައި ކިޔަވަމުން އަންނަ އެ ކުއްޖާ އަށް އެކި ދުވަސް މަތިން ގިނަ އަދަދެއްގެ ފިރިހެނުން ޖިންސީ ގޯނާކޮށްފައިވާ ކަމަށް ވެ އެވެ.
އެ މައްސަލަ ފުލުސް އޮފީހަށް ހުށަހެޅީ މިދިޔަ މަހުގެ 29 ގަ އެވެ. ފުލުހުން މައްސަލަ ބަލަމުން އަންނަ ކަމަށް ބުނީ މި މަހުގެ 8 ވަނަ ދުވަހު އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލާގައި މީހަކު ހައްޔަރު ނުކުރިޔަސް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މީހުންގެ އަދަދު 19 އަށް އަރަ އެވެ.
އެހާ ގިނަ އަދަދެއްގެ ބަޔަކަށް ތުހުމަތު ކުރެވޭ އެ މައްސަލައިގައި އެ ރަށު އެއްވެސް މީހަކާ ސުވާލު ކޮށްފައި ނުވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.
ޖެންޑާ މިނިސްޓްރީގެ މީޑިއާ ޔުނިޓުން ކުރިން ބުނެފައި ވަނީ އެ މައްސަލާގައި ހިމެނޭ ކުއްޖާ އަށް ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެކަން ފަޅާއެރުމާ އެކު އެ ކުއްޖާ ވަނީ މާލެ ގެނެސްފަ އެވެ.
ޖިންސީ ގޯނާގެ ތުހުމަތަށް ދޮންބައްޕައަކު ހައްޔަރުކޮށްފި
11 އަހަރުގެ ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް
ކުއްޖަކަށް ޖިންސީގޯނާކުރި 73 އަހަރުގެ މީހަކު ހައްޔަރު
ހަ އަހަރުގެ ކުއްޖާއަށް އިތުރު މީހަކު ގޯނާކުރިތޯ ބަލަނީ
ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ
ޖިންސީ ގޯނާގެމައްސަލައެއްގައި ބިދޭސީއަކު ހޯދަނީ
ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މީހާގެ ފޮޓޯ އާންމުކޮށްފި
ޖިންސީގޯނާގެ ތުހުމަތުކުރެވޭ މީހަކު ދޫކޮށްލައިފި
ޖިންސީގޯނާގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދު
ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ