ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ރަށެއްގައި މަސައްކަތްކުރާ ބިދޭސީންގެ ބަޔަކު އެ ރަށުގައި މަސައްކަތްކުރާ އެހެން މީހުންނަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގައިގެން އެކަން ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ރަށެއްގައި މަސައްކަތްކުރާ ބިދޭސީންގެ ބަޔަކު އެ ރަށުގައި މަސައްކަތްކުރާ އެހެން މީހުންނަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގައިގެން އެކަން ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ހަމަނުޖެހުން ހިންގައިގެން އުޅެނީ ވ. އަތޮޅުގެ ރަށެއްގައި ކަމަށެވެ. އެއީ ކޮން ރަށެއް ކަމަށް އަދި ހަމަނުޖެހުން އުފެދުނީ ކީއްވެގެން ކަމެއް ވެސް ފުލުހުން ނުބުނެ އެވެ. ނަމަވެސް މި ފަހަކަށް އައިސް މުސާރަ ނުލިބިގެން ބިދޭސީން ހަޅުތާލުކުރުން ވަނީ އިތުރުވެފަ އެވެ.
"އެ ރަށުގައި ހިނގި ހަމަނުޖެހުމުގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވޭ. ނަމަވެސް ހަމަނުޖެހުމުގައި އެ މީހުންގެ ސުޕަވައިޒަ ރޫމަށް ގެއްލުން ދީފައިވޭ،" ފުލުހުން މީޑިއާ އަށް ފޮނުވި މެސެޖެއްގައިވެ އެވެ.
ރަށުގައި ޖެހުނު މައްސަލަ ހައްލުކުރުމަށް ބިދޭސީންގެ ސްޕޮންސަރުން ގެންދަނީ ވާހަކަ ދައްކަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ބ. ބޮޑުފިނޮޅުގައި މިލަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ރިޒާގެ ރިޒް ކުންފުނިން ގެންގުޅުނު ބަޔަކަށް މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލާގައި ބޮޑެތި ހަމަނުޖެހުންތައް ހިނގައި މިހާރު އަންނަނީ ހިއުމަން ޓްރެފިކިންގެ މައްސަލައެއްގެ ގޮތުގައި އެކަން ތަހުގީގު ވެސް ކުރަމުންނެވެ. ހުޅުމާލޭގައި ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތްކުރާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މުވައްޒަފުން ވެސް ވަނީ މުސާރަ ނުލިބިގެން ހަމަނުޖެހުން ހިންގައިފަ އެވެ.
ބިދޭސީން ވަޒީފާއަށް ގެނައުން ކޮންޓްރޯލްކުރެވިއްޖެ:ރައީސް
ބިދޭސީންނާ ހަވާލުވެވޭނީ ކޮންބައެއްކަން އެނގިގެން: ރިޒް
ބިދޭސީން ހިންގި 11 ވިޔަފާރިއެއް ބަންދުކޮށްފި
ބަޔޯމެޓްރިކްސް ނުދޭ ބިދޭސީން ޑީޕޯޓްކުރަން ފަށަނީ
އެއް އަހަރުން 60،000 އަށްވުރެ ގިނަ ވޯކްޕާމިޓް ކެންސަލް
ހުއްދަ ނެތް މަސައްކަތްކުރާ ބިދޭސީން ފޮނުވާލަނީ!
25 ދުވަސް ތެރޭ 340 ބިދޭސީން ޑީޕޯޓުކޮށްފިން:ރައީސް
ގަވާއިދުން ބޭރުން ވިޔަފާރިކުރާ 24 މީހަކު ޑީޕޯޓުކުރަނީ
ގަވާއިދާ ހިލާފު ވިޔަފާރި ހުއްޓުވަން ބޮޑު އޮޕަރޭޝަނެއް
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއް